ފުރަތަމަ ސަފްހާ | ޚަބަރު | ރޭގަނޑު ގަމުގައި ހުއްޓާފެނިއްޖެނަމަ އެއީ ކުށެއްކަމަށްބައްލަވާ މައްސަލަ ތަހުގީގްކުރާގޮތަށް ހަމަޖައްސަވައިފި

ރޭގަނޑު ގަމުގައި ހުއްޓާފެނިއްޖެނަމަ އެއީ ކުށެއްކަމަށްބައްލަވާ މައްސަލަ ތަހުގީގްކުރާގޮތަށް ހަމަޖައްސަވައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image ގަމުގައި ބަޔަކު ކަތިލާފައިވާ ވެލައެއް: މިފަހަކަށް އައިސް ގަމުން ގިނަ އަދަދެއްގެ ވެލާކަހަނބު ދަނީ ކަތިލަމުން

ހޮނިހިރު، އަންގާރަ، ބުރާސްފަތި މި 3 ދުވަސް ފިޔަވައި އެހެން ދުވަސްދުވަހު ގަމަށްދެވޭނީ ރަށުއޮފީހުން ހުއްދަ ލިބިގެން

ގދ. ގަމުން ވެލާ، ކަހަނބު ކަތިލުމާއި އޭގެ ބިސްނެގުމާއި، ރަށުން ވެލިނެގުމާއި ރުއްގަސް ކެނޑުންފަދަ ކަންތައްތައް މިފަހަކަށް އައިސް އާންމުވެފައިވާތީ އެކަން ހުއްޓުވުމުގެ މަގްސަދުގައި ރަށު އޮފީހުން ޚާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

މިމައްސަލައާއި ބެހޭގޮތުން ރަށުއޮފީހުން މިއަދު އާންމުކޮށްފައިވާ އިއުލާނެއްގައި ވާގޮތުން މިފަދަ ކަންތައްތަކަކީ މިކަމުގެ ސަބަބުން މުޅި މުޖްތަމައަށްލިބޭ ފޫނުބެދޭ ބޮޑު ގެއްލުމެއް ކަމުގެ ސަބަބުން އެއްވެސް ފަރާތަކުން މިއަމަލު ހިންގާތޯ ބައްލަވާ ހިންގާނަމަ ހިންގާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި މިއަދުގެ ފަހުން ގައްދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ގަން ޕެޓްރޯލް ކުރައްވަމުން ގެންދަވާނެކަމަށެވެ.

"މީގެ ފަހުން އިރު އޮއްސުމާއި އިރު އެރުމާއި ދެމެދު ރޭގަނޑުގެ ހުރިހާ ވަގުތެއްގައި މިރަށަށް އެރުން މަނާކުރެވުނީ އެވެ. ވީމާ ރޭގަނޑުގެ ވަގުތެއްގައި އެއްވެސް މީހަކު ގަމަށް އަރާ ހުއްޓާ ފުލުހުންނަށް ފެނިއްޖެނަމަ  އެއީ ކުށެއްކަމަށް ބައްލަވާ އެމީހެއްގެ މައްޗަށް ތަހުގީގް ހިންގާ ޝަރީއަތް މެދުވެރިކޮށްގެން އެމައްސަލަ ނިންމާލެވޭނެއެވެ." ރަށު އޮފީހުން މިއަދު އާންމުކުރި އިއުލާނުގައި ވެއެވެ.

މީގެ އިތުރަށް މިއިއުލާންގައި ވާގޮތުން ކޮންމެ ހަފްތާއަކު ދަނޑުގޮވާން ކުރުމަށް ގައްދޫ ރައްޔިތުން ގަމަށްދާ 3 ދުވަސް ކަމުގައިވާ ހޮނިހިރު، އަންގާރަ، ބުރާސްފަތި މި 3 ދުވަސް ފިޔަވާ އެހެން ދުވަސް ދުވަހު ގަމަށް ދެވޭނީ ރަށުއޮފީހުން ހުއްދަ ލިބިގެން ކަމަށް ބަޔާންކޮށްފައިވެއެވެ.

މިކަން މިގޮތަށް ނިންމާފައިވަނީ އަޕަރ ސައުތް ޕްރޮވިންސްގެ ނައިބު މުހައްމަދު ޝަރީފް ގައްދުއަށް ވަޑައިގެން މިކަމާއި ބެހޭގޮތުން ރައްޔިތުންނާއި މަޝްވަރާކުރުމަށް ފަހު އެމީހުންގެ ރުހުން ލިބުމަށްފަހުގައި ކަމަށްވެސް ގައްދޫ ކައުންސިލަރ އަލްފާޟިލް އަބްދުލް އަޒީޒް މުހައްމަދު ސޮއިކޮށް އާންމުކޮށްފައިވާ މިއިއުލާންގައި ހާމަކޮށްފައވެއެވެ.

  

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (6 ލިބިއްޖެ):

  09 July, 2009 07:11:38
avatar
ވެލާކަހަނބު ކަތިލާ އޭގެ ބިސް ނަގަނީ ވަރަށް ނުވިސްނޭ ބައެއް. ހަގީގަތުގައެކަމަކީ މުޅިގައްދޫ ގެ ތިމާވެއްޓަށް އޭގެނޭދެވޭއަސަރު ކުރާނެކަމެއް އެހެންކަމުން އަޅުގަނޑު ގޮވާލަނީ އެކަންކުރާމީހުން އެކަން ހުއްޓާލާ ވެލާކަހަނބު އާލާކުރުމުގެ ޕްރޮގުރާމެއް ގަމުގައި ހުރިހާ ރައްޔިތުން ވެގެން ހިންގުމަށް ހާއްސަކޮށް ރަށުގެ ކުލަބު ޖަމްއިއްޔާތައް މިކަމުގައި އިސްނެގުން މުހިންމު.
ބަރާބަރު ސަކަރާތް
1
  24 June, 2009 01:12:23
avatar
ގަމައް ތިން ދުވަހު ގޮސްގެން ކިހިނެއްތޯ ދަންޑުވެރިން އެމީހުން މަސައްކައި ކުރާނީ؟؟؟؟؟؟؟؟؟؟؟؟؟؟؟
ބަރާބަރު ސަކަރާތް
0
  21 June, 2009 02:13:09
avatar
ކޮންމެހެން ނުޖެހޭ ދޯ ރޭގަނޑު ގަމަށްޑާ މީހުން ހިފަހައްތާ ކަށެއް.ވެލަކީހާ މީހުން ހިފެހެއްޓިއްޔަ މާރަނގަޅު ދޯ.ގަމައް ދަނޑުވެރިން ވެސް ދާނެ.އިހިނަގާ މީހުން ވެސް ރޭގަނޑު ގަމު ފަރުމަތިން އިހި ނަގައިގެން ވަރުބަލި ފިލުވަނީ ގަމު ބީޗުގަ.މިހެން މިކަން ކުރި އިރު މި ހުރިހާ ކަމަކަށް ވިސްނިހެން ހިޔެއްނުވޭ.އެހެން ވުމުގެ ސަބަބުން އެއްބަޔަކަށް ވަރަށޤ ބޮދު ގެއްލުމެއް ހުރިކަމެއް މިކަމަކީ
ބަރާބަރު ސަކަރާތް
0
  12 June, 2009 01:24:53
avatar
"ރޭގަނޑު ގަމުގައި ހުއްޓާފެނިއްޖެނަމަ" ލިޔުމުގެ ސުރުޚީގައި މިހެން އޮތުމުން ދޭހަވަނީ ގަމުގައި "ރޭގަނޑު" ހުންނަ ވާހަކައެވެ. އެހެން ނަމަވެސް ހަޤީޤަތަކީ ރޭގަނޑުގެ ވަގުތެއްގައި ގަމުގައި ހުންނަ އިރު ފެނިއްޖެނަމަ އެމީހަކަށް އަދަބުދޭ ވާހަކައެވެ. އެހެން ކަމަށްވާއިރު ލިޔުމުގެ ސުރުޚީ ގައި ބަސްމަގު ވަނީ އިސްފަސް ކުރެވިފައެވެ.
ނޫސްވެރިކަމުގެ އެއްވެސް ތަޖުރިބާއެއް ނެތް ނަމަވެސް ބަސް ބޭނުންކުރެއްވުމުގައި މިއަށްވުރެ ބޮޑަށް ވިސްނަވާނެ ކަމުގައި އުންމީދުކުރަމެވެ. - ނޫސްވެރިއެއް-
ބަރާބަރު ސަކަރާތް
0
  07 June, 2009 07:31:55
avatar
އޮފީހުން އެޅި މިފިޔަވަޅަށް މަރުހަބާ ކިޔަން. އެކަކުވެސް ހައްޔަރުކޮށް އަދަބުދީފިއްޔާ މިފަދަކަންތައް ކުރުމަށް ޖެހިލުންވާނެ. އެކަކުވެސް ބޭނުނެއް ނުވާނެ 5 އަހަރަށް ޖަލުހުކުމެއް ލިބޭކަށް. ގައްދޫގައި ތިބޭ ފުލުހުންގެ ރޯލްވެސް ފުޅާކުރަން އެބަޖެހޭ. އަދުގެ ހާލަތާއި އެކަށޭނަ މިންވަރަކަށް ފުލުހުންގެ ދައުރުވެސް ހަރުދަނާ ކުރަންއެބަޖެހޭ. ހިތަށް އަރަނީ ފުލުހުންނަށް މިކަން ބެލެހެއްޓުމަށް ކިހާވަރެއްގެ ދައުރެއް އަދާކުރެވިދާނެބާއޭ؟ ކްރައިމް ޕްރިވެންޝަން ކޮމިޓީގެ ދައުރުކޮބާބާ؟ މިވަގުތަކީ މިފަދަ އެންމެހާ ނޭދެވޭ ކަންތައްތަކާއި ބެހޭ ހޭލުންތެރިކަން އުފެއްދުމާއި އެންމެންގުޅިގެން މިފަދަ ކަންތަކާއި ދެކޮޅަށް ތެދުވަންވީ ވަގުތު. ގައްދޫ އޮންލައިނުން މިކަން އާންމުންގެ ސަމާލުކަމަށް ގެނެސްދެއްވީތީ ޝުކުރިއްޔާ.
ބަރާބަރު ސަކަރާތް
0
  07 June, 2009 06:53:19
avatar
މިލިޔުން ކިޔާލުމުން ހިވަނީ ޕޮރޮވިންސުގެ ނާއިބު މިކަން ހުއްޓުވަން ވެގެން އެޅިފިޔަވަޅެއްކަމަށް.ކޮބާ މިކަމުގައި ގައްދޫއޮފީހުގެ ނޫނީ ގައްދޫ ރައްޔިތުން އިންތިހާބު ކޮށްފައިވާ ރައްކުރިއަރުވާ ކޮމިޓީގެ ރައުޔު، ފަހަރެއްގަ ވެދާނެ އެމީހުންނަކީ ނަގާ ވެލާބިހުގެ ފާއިދާ ކޮންމެވެސް ވަރަކަށް ކުރާބަޔެއްކަމަށްވެސް.މީގެ ކުރިން ކަންތައްކުރަމުން އައި ގޮތަކީ ކޮންމެ ހަފުތާއްކުވެސް ތީމޫގޭ ނަމުގައި ގދ، އަތޮޅުއޮފީހަށް އެޑްރެސް ކޮށް ވެލާބިހާ އަލަޑަބިޔާ ފޮނުވާކަން، އޭރުވެސް ގައްދޫ އެންމެންނަށް އެގޭ ވެލާބިސް ނަގަނީ ކޮންބައެއްކަން، އަދި މިއަދުވެސް ހަމަ އެމީހުން ވެލާބިސް ނަގާ އޭގެ ބޭނުން ކުރާ ކަން އެންމެންނަށް އެގޭ،އެކަމަކު މިހާރު ނަމުގައި ފޮނުވާ ޕާރުސަލް ނޮފޮނުވާ. މިފަހަކަށް އައިސް އަޅުގަޑުމެންނަށް މިއިވޭ އަޑުތަކަކީ " ކިޔެވުމަށް އެންމެ ދައް މަދަރުސާ،ގަމުން ވެލާކަތިލާ ވާހަކަ،އިޖުތިމާއީ ކަންތައްތަކުގައި ބައިވެރި ނުވާ ވާހަކަ އަދި މަސްތުވާ ތަކެތި ނިސްބަތުން ބޭނުންކުރާ މީހުން އެންމެ ގިނަ ރަށް،މިފަދަ ވާހަކަ ތަކަކީ މިއޮތް ތަރައްޤީ ޒަމާނެއްގައި ގައްދޫގެ ރައްޔިތުން ލަދުގަންނަންޖެހޭ ކަހަލަ ވާހަކަތައް، މިހުރިހާ ކަމަކީ ވެސް ގައްދޫގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ޒާތީ ފިތުނައިގެ އަސްލެއްކަމަށްބެލެވޭ...
ބަރާބަރު ސަކަރާތް
1
ޖުމްލަ: 6 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 6

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0