ފުރަތަމަ ސަފްހާ | ޚަބަރު | ކެމްޕަސްގެ ފުރާޅުމައްޗަށް ގައްދޫގެ އަންހެންކުއްޖަކު ވެއްޓިއްޖެ

ކެމްޕަސްގެ ފުރާޅުމައްޗަށް ގައްދޫގެ އަންހެންކުއްޖަކު ވެއްޓިއްޖެ

ފޮންޓް ސައިޒް: Decrease font Enlarge font
image ފުރާޅުމައްޗަށް ވެއްޓުނު ކުއްޖާ އެމްއެންޑީއެފްގެ ފަރާތުން ސަލާމަތްކުރުމުގެ މަސައްކަތްކުރަނީ: ފޮޓޯ އެމްއެންޑީއެފް

މއ. ހުރަވީގެ 5 ވަނަ ފަންގިފިލާއިން ވެއްޓިފައިވަނީ ގައްދޫ ސަވޭރީ ފަރުޒީނާ

މއ. ހުރަވީގެ 5 ވަނަ ފަންގިފިލާއިން މަޖީދީ މަގުގައި ހުންނަ ކެމްޕަސްގެ ފުރާޅުމައްޗަށް ގައްދޫގެ އަންހެން ކުއްޖަކު ވެއްޓިއްޖެއެވެ. ރޭ ދަންވަރު 12:30 ހާއިރު ހިނގި މިހާދިސާގައި ވެއްޓިފައިވަނީ އުމުރުން 19 އަހަރުގެ ގައްދޫ ސަވޭރީ ފަރުޒީނާ އެވެ.

ކެމްޕަސްގެ ފުރާޅުމަތިން މިކުއްޖާ ބާލައިފައިވަނީ ދިގު ހަރުގަނޑެއް ބޭނުންކޮށްގެން އެމްއެންޑީއެފްގެ މޯލްޑިވްސް ފަޔަރ އެންޑް ރެސްކިއު ސަރވިސް ގެ ފަރާތުންނެވެ. ފުރާޅުމަތިން މިކުއްޖާ ބޭލުމަށްފަހު ރޭ 01:00 ހާކަންހާއިރު އައިޖީއެމްއެޗްއަށް ގެންގޮސްމިކުއްޖާއަށް މިހާރުދަނީ ފަރުވާ ދެމުންނެވެ.

ބޭރުފުށުން ހަށިގަނޑު ކޮންމެވެސް ވަރަކަށް މަށައިގެންދިޔުމުގެ އިތުރުން މާބޮޑުގެއްލުމެއް މީނައަށް ލިބިފައިނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިހާދިސާއާއި ބެހޭގޮތުން ފުލުހުން ވިދާޅުވެފައިވަނީ މިހާތަނަށް ބެލިބެލުމުން މިކުއްޖާ ވެއްޓެން ދިމާވެފައިވަނީ އެކްސިޑެންޓެއްގެ ސަބަބުން ކަމަށްލަފާކުރެވޭ ކަމަށެވެ. 

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (6 ލިބިއްޖެ):

  11 July, 2009 02:15:55
avatar
ބުރުގާ އަޅާ ކަން އޭނަޔަށް އިގޭނުން ދެން އޭނަ ނުޖެހޭ ކަން ނޭގޭ ބުރުގާ ނަގާލާފަ ހުންނާކަން. އަޙްލާގީ މިންގަޑު ދަށީ އޭ ބުނެވޭނީ. މި ފޮޓޯ މީގަ ޖެހި މީހާއެއް ނޫން ގޯހީ. ގޯހީ އަންހެން ކުޢްޖާ
ބަރާބަރު ސަކަރާތް
0
  30 June, 2009 02:15:55
avatar
މިލިޔުމުގައި ބޭނުންކޮށްފައިވާ ފޮޓޯ ފެނުމުން ވަރަށް ދެރަވެއްޖެ. އޭނައެކަންކުރި ކޮންމެ ނިޔަތެއްގައި ނަމަވެސް އޭނަގެ ވެސް ކަރާމަތެއްވޭ! އޭނައަކީ ބުރުގާ އަޅާކުއްޖެއްކަން ރާއްޖޭގެ ރައްޔިތުންނަށް ނޭނގުނަސް ގައްދޫ ރައްޔިތުންނަށް އެނގޭނެ. ޙާލަތު ނިޔާކުރިގޮތުން އެގަޑިގައި ބުރުގާ ނާޅާހުއްޓަސް ގައްދޫމީހުންނަށް ބުރުގާ އަޅާކަން އެނގިހުރެ މިލިޔުމުގައި މިފޮޓޯ ބޭނުންކޮށްގެން ނުވާނެ. ފަހަރުގަ މުސްލިމު އަންހެނާގެ އައުރަ ނޭނގޭ މީހުން އުޅޭ ރަށަކަށޤވެސް ވެދާނެ.
ބަރާބަރު ސަކަރާތް
-2
  25 June, 2009 09:14:41
avatar
ގައްދޫ ޒުވާނުންގެ އަގު ވައްޓާލަނީ ހަމަ ގައްދޫ މީހުން. މީހެއްގެ އަގު ވައްޓާލައި ބަދުނާމު ކޮށް މީހުންގެ ތެރެ އަށް ގިނަ ކޮށް ލަނީ ހަމަ ގައްދޫ މީހުން. އެކަކަށް ލިބޭ ދެރަ އަކީ އުފަލެއް ކަމުގައި ދެކެނީ ވެސް ގައްދޫ މީހުން. ތިކަންތަށް ހުއްޓާލައި ނުބެހޭ ކަންތަކާ ބެހުން ހުއްޓާލަން ވެއްޖެ އެއްނު! އެއްވެސް މީހކާ ދިމާއަށް އިނގިލި ދިގު ކޮށްލުމުގެ ކުރިނ ތިމާ އާ ދިމާލަށް އުފުލޭނީ ކިތައް އިނގިލިތޯ ބަލަން ވެއްޖެ!
ބަރާބަރު ސަކަރާތް
-1
  16 June, 2009 09:59:23
avatar
މީ ގައްދޫ ޒުވާން އަންހެން ކުދިންނަށް ލިބުނު ވަރަށް ހަޑި ބަދްނާމެއް. މިކަމުން ދޭހަވަނީ ގައްދޫ މައިންބަފައިންނަކީ ދަރިންގެ މަސްއޫލިއްޔަތު ރަނގަޅުގޮތުގައި އަދާނުކުރެވޭ ބަޔެއްކަން.
ބަރާބަރު ސަކަރާތް
-2
  13 June, 2009 02:08:18
avatar
މއ.ހުރަވީގެ އަކީ މިކުއްޖާ ދިރިއުޅޭގެ.މިގޭ ފުރާޅުމަތިން މިކުއްޖާ ގަސްތުގައި ފުއްމާލީކީނޫން. އަދި މިކުއްޖާގެ ލޯބިވެރިޔާ މި ކުއްޖާ ކޮއްޕާ ވައްޓާލީކީވެސްނޫން. މިއީ ދިމާވި އެކްސިޑެންޓެއް. މިހާދިސާ ހިނގިއިރުގައި ޓެރަސްމަތީގައި މިކުއްޖާގެ ބޭބެވެސް ހުރި.
ބަރާބަރު ސަކަރާތް
-3
  12 June, 2009 09:17:30
avatar
ރޭގަޑު ދަންވަރު ގޭގޭ ފުރާޅުމަތީގައި ކުޑަކުދީން އުޅޭކަމެއް ނުދަންނަން، ކޮބާތަ މީނަގެ މައިންބަފައިން، ފުރާޅުމަތިން ބޭލި އިރު ހަމައެފުރާޅުމަތީގައި އެހެން ފިރިހެންކުއްޖަކު ހުރިވާހަކަ ލިޔެފަ ނެތުމުން ލިޔުން އެހާ ފުރިހަމައެއްނޫން، އަދި ކިޔާބަޔަކަށް ހަގީގަތާދޭތެރޭ ވިސްނައިގަތުމަށް އުދަގޫ ވާނެ. އަދި ނިންމާލަމުން އެކްސިޑެންޓެއް ކަމަށް ލިޔެފައި އޮތުމުން ވަރަށް ހިނި އަދޭ، އެއައްވުރެން ރިތިވާނެ ފުރާޅުމަތީގައި މާބިންނަން ކުއްޖަކުހުއްޓާ ފެނިއްޖެޔޭ ލިޔުނުނަމަ، ނަމަވެސް ފުލުހުން ވިދާޅުވީ މިމައްސަލަ ތަހުގީގު ކުރާކަމަށް. ފަހަރެއްގަ ގައްދޫ މީހުންނަށް މިކަމަކީ މަޖާކަމެއްކަމަށްވިޔަސް މިފަދަ ކަންތައްތަކަކީ ގައްދޫޒުވާނުން އެހެންމީހުންގެ ތެރޭގައި ބޭޒާރުވެގެން ދާނެ ހުތުރު އަމަލަކަށް ނޫނީނުވާނެ..
ބަރާބަރު ސަކަރާތް
8
ޖުމްލަ: 6 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 6

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
މިލިޔުމަށް ޓެގެއް ނެތް
ރޭޓިންގ އެއް ދިނުމަށް
3.10