ފުރަތަމަ ސަފްހާ | ޚަބަރު | މަގުއްދުވާގެ އެހީގައި ގައްދޫގެ ބަނދަރާއި ބިންހިއްކުމަށް ފަސްނެގި ސަރަހައްދު ގުޅުވާލާގޮތަށް ހަމަޖެހިއްޖެ

މަގުއްދުވާގެ އެހީގައި ގައްދޫގެ ބަނދަރާއި ބިންހިއްކުމަށް ފަސްނެގި ސަރަހައްދު ގުޅުވާލާގޮތަށް ހަމަޖެހިއްޖެ

ފޮންޓް ސައިޒް: Decrease font Enlarge font

މިކަމަކީ ގައްދޫގެ ބަނދަރަށް ކުރިމަތިވެފައިވާ ދަތިތައް ވަގުތީގޮތުން ހައްލުކުރުމުގެ ގޮތުން އަޅާފިޔަވަޅެއް

ގައްދޫގެ ބަނދަރަށް ކުރިމަތިވެފައިވާ ޖާގައިގެ މައްސަލަ ވަގުތީގޮތުން ހައްލުކުރުމަށްޓަކައި ގައްދޫގެ ބަނދަރާއި ގައްދޫގެ ބިންހިއްކުމަށް ފަސްނެގި ސަރަހައްދު ގުޅުވާލާގޮތަށް ހަމަޖެހިއްޖެއެވެ. މިކަމަކީ ގައްދޫގެ ބައެއް މަސްވެރިންނާއި އަދި ރައްޔިތުންގެ ތެރެއިން ބައެއް މީހުން މިކަމުގެ ދަތިތައް ޕްރޮވިންސްގެ ނައިބު މުހައްމަދު ޝަރީފް އަށް ހުށަހެޅުމުން ގައްދޫގެ ކައިރީގައި ތަރައްގީކުރައްވަމުން ގެންދަވާ ރިޒޯޓެއް ކަމަށްވާ ގދ. މަގުއްދުވާގެ އެހީގެ ދަށުން ކުރުމަށް ހަމަޖެހފައިވާ މަސައްކަތެކެވެ.

ގައްދޫ އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަސައްކަތް ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފަށާގޮތަށްވަނީ ހަމަޖެހިފައެވެ. އަދި ބަނދަރުގެ މިސަރަހައްދު ބައްލަވާލެއްވުމަށް މަގުއްދުވާގެ ޕްރޮޖެކްޓް މެނޭޖަރ މރ. މުރާތް ވަނީ ގައްދުއަށް ވަޑައިގެން މިމަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. 

ގދ. މަގުއްދުވާ އަކީ އެމްޓީޑީސީގެ ފަރާތުން ކުއްޔަށްދީގެން ތުރުކީގެ ކުންފުންޏެއްކަމަށްވާ އަހުމަދު އަޔަޑަނިޒް އިސާތު ކުންފުނިން ތަރައްގީކުރައްވަމުންދާ ރިޒޯޓެކެވެ. މިރިޒޯޓްގައި 200 އެނދު ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު ރިޒޯޓް ތަރައްގީކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ. މިރިޒޯޓް ހުޅުވޭނެކަމަށް ބަލާފައިވާ ތާރީޚަކީ 2010 ވަނައަހަރުގެ މާޗްމަހުގައެވެ.

 

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (5 ލިބިއްޖެ):

  24 June, 2009 01:09:27
avatar
މިލިއުމުގައިވާ ގޮތުން ނަމަ ހަފްތާއެއްގެތެރޭގައި މިމަސައްކަތް ފައްޓާނެ.
އަޅުގަނޑުގެ ސުވާލަކި އަދިވެސް ހަފްތާ އެއް ނުވަނީ ތޯއޭ؟؟؟؟؟؟
ނޫނީ ތިބޭފުޅުންނަށް އަދި އިތުރު މައުލޫމާތު ނުލިބެނީ ތޯއޭ؟؟؟؟؟؟؟
ބަރާބަރު ސަކަރާތް
1
  16 June, 2009 12:43:32
avatar
ކްލަބް ޖަމްޢިއްޔާ ތަކަކީ ވަކި ބަޔަކަށް ޚާއްސަ ވެގެން ވާ އެއްޗެއްނޫން. ކްލަބް ޖަމްޢިއްޔާގެ ދައުރޭ ނުބުނެ އެއިން ކޮންމެވެސް ޖަމްޢިއްޔާ އަކާއި ގުޅިގެން ޢަމަލީ ގޮތުން މަސައްކަތް ކުރެއްވުން ކީއްތޯ. ރަށުގެ ކަންތައް ބޮއްސުން ލަނީ ކޮންމެ ކަމަކީ ވަކި ބަޔެއްގެ ކަމަކަށް ދެކޭތީ. ޖަމްޢިއްޔާ ތަކުގެ މެމްބާޝިޕް އޮތީ ހުޅުވިފަ. ތިމާ ގަޔާވާ ބަޔަކާއި ގުޅިވަޑައި ކުރިޔަށް ވަޑައިގަންނަވާ.

ސަރަހައްދުގެ އެނަލިސްޓް
ބަރާބަރު ސަކަރާތް
1
  16 June, 2009 12:37:07
avatar
މިކަހަލަ އެހީތަކަކީ ކޮންމެހެން ޕްރޮވިންޝަލް ސަރުކާރެއް އޮތުމަކުން ވާކަންތައްތަކެއް ނޫން. މިކަހަލަ އެހީތަކަކީ ޓްއަރިޒަމް ޕޮލިސީގެ ދަށުން ވާ ފައިދާ. ރިސޯޓްތައް ދޭ ފަރާތް ކަޑައަޅާއިރު އެމީހުން އިޖްތިމާޢީ ކަންކަމުގަ އެހީތެރިކަން ދޭ މިންވަރަށްވެސް ޕޮއިންޓް ދޭނެ.

އެނަލިސްޓް
ބަރާބަރު ސަކަރާތް
0
  16 June, 2009 11:11:29
avatar
މިފަދަ އިޖަތިމާއީ އެހީތައް ރަށުމީހުން ހެޔޮގޮތުގައި ބަލައި ނުގަންނަކަމީ ވަރަށްދެރަ ކަމެއް، މީގެ ކުރިން ގދ.ލޮނަދޫހުއްޓާ އިންވެސް ވަނީ މަސްވެރީން އެދިގެން ގައްދޫގަ މަސްވެރިންގެ ހިޔާ އެޅުމަށް ބޮޑެތި އެހީތަކެއްވެ ނަމަވެސް ތާކުންތާކު ނުޖެހޭ ގޮތަކަށް ވަނީ އެއެއްޗެހިތައްވެސް ނެތިގޮސްފަ، ވީމާ މިފަރަހުވެސް އެގޮތަށް ވިޔަ ނުދިނުމަށް ގައްދޫގެ ހުރިހާ ރައްޔިތުންނާއި ޚާއްސަކޮށް މަސްވެރީންގެ ކިބައިން އެދެން.ސަބަބަކީ އަޅުގަޑުމެން އެފަދަ އެހީތަކުގެ ބޭނުން ރަގަޅުގޮތުގައި ނުހިފާނަމަ ކުރިއަށް އޮތްތަނުގައި އެފަދަ އެހީތައްލިބުމަކީ ވާނެކަމެއްނޫން.އަދި ކުރި ކޮމެންޓުގައި ލިޔެފައިވާ ފަދައިން ކުލަބުޖަމުއިއްޔާތަކުން ރަށުގެ ޖަމާއަތަށް ފައިދާކުރުވަނިވި މަސައްކަތެއް ނުކުރާނަމަ ރަށުގެ ތަރައްޤީއަށް އެހީހޯދުމަކީ ވަރަށް އުދަގޫކަމެއްކަން ފާހަގަ ކުރަން.އބމ
ބަރާބަރު ސަކަރާތް
-1
  16 June, 2009 09:35:52
avatar
ޕްރޮވިންޝިއަލް ސަރުކާރު ގާއިމްކުރެވުމުން ލިބޭ ފަސޭހަތައް މިފެންނަނީ. ހަގީގަތުގައި އެސަރަހައްދެއްގެ ކައިރީގައި ތިބޭ ރިޒޯޓް ތަކުން ކައިރިރަށްރަށުގެ ރައްޔިތުންގެ ބައެއް ދަތިތައް ހައްލުކޮށްދިމުނަށް އެހީތެރިވުމާއި އިޖްތިމާއީ ގޮތުންނާއި ތައުލީމީ ގޮތުން އަދި ތިމާވެށީގެ ދާއިރާއިން މިފަރާތްތަކުގެ އެހީތެރިކަން ހޯދިދާނެ. ގައްދޫގައި އުފެދިފައިވާ ޖަމިއްޔާތަކުން މިފަދަ ކަންކަމުގައި ވަރަށްފުރިހަމަ ރޯލެއް ކުޅެވިދާނެ. އެހެންނަމަވެސް ޖަމިއްޔާތައްވަނީ ނަމެއްގައި އުފެދި އެއްވެސް ހަރަކާތެއް ނެތް ޖަމިއްޔާތަކަށްވެފައި. ރކ. ކޮމިޓީ އަށް މިފަދަ ދައުރެއް އަދާކުރެވިދާނެ. ނަމަވެސް އެމީހުންގެ ހާލުވެސް ﷲ ދެނެވޮޑިގަންނަވާނީ.
ބަރާބަރު ސަކަރާތް
0
ޖުމްލަ: 5 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 5

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
4.00