މިއަދަކީ ފުރަތަމަ ހުވަދޫ ބަޣާވާތުގައި ބަޣާވާތްތެރިންގެ ކިބައިން ގައްދޫ މިނިވަންވިތާ 50 އަހަރު ފުރުނުދުވަސް
ގައްދުއަށް ބާޣީންވަނީ 2 ފަހަރެއްގެ މަތިން އަރާ ރައްޔިތުންނަށް ބޮޑެތި އަނިޔާތަކެއް ދީފައި
މިއަދަކީ ފުރަތަމަ ހުވަދޫ ބަޣާވާތުގައި ގައްދުއަށް އަރާތިބި 200 އެއްހާ ބަޣާވާތްތެރިންގެ ކިބައިން ގައްދޫ ސަލާމަތްވިތާ 50 އަހަރު ފުރުނު ދުވަހެވެ. ސުވަލްދީބު ސަރުކާރުގެ ނަމުގައި ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން އުފައްދާފައިވާ ސަރުކާރާއި އެއްބައި ނުވުމުގެ ސަބަބުން ބަޣާވާތްތެރިންގެ ބަޔަކު ގައްދުއަށްއަރާ ގެތައްލޫޓްކޮށް އަންހެނުންގެ އިއްފަތްތެރިކަން ފޭރިގެންފައިވަނިކޮށް އެއިރުގެ ބޮޑުވަޒީރު އަލްފާޟިލް އިބްރާހިމް ނާސިރު މޯލްޑިވްސްޓަރގައި ގައްދުއަށް ވަޑައިގެން ގައްދޫގެ ރައްޔިތުން މިމީހުންގެ ކިބައިން ސަލާމަތްކުރެއްވީ 16 ޖުލައި 1959 ގައެވެ.
ފުރަތަމަ ބަޣާވާތަށްފަހު ގައްދޫގެ ރައްޔިތުންނަށް ރައްކާތެރިކަން ލިބިފައިވަނިކޮށް ހުވަދުއަތޮޅުގެ އެކި ރަށްރަށުގެ މީހުން އޮޑިފަހަރުގައި އައިސް2 ވަނަ ފަހަރަށް ގައްދުއަށް އަރާ ގައްދޫގެ ރައްޔިތުން އަޅުވެތިކޮށްފައިވަނީ 14 ޖޫން 1961 ގައެވެ. މިފަހަރު އެމީހުންވަނީ ގައްދޫގެ ރައްޔިތުންނާއި ދޭތެރޭގައި ފުރަތަމަ ބަޣާވާތުގައި އަމަލުކޮށްފައިވާ ގޮތަށްވުރެ އެތައް ދަރަޖައެއް ނުބައި ބޮޑެތި ޖަރީމާތަކެއް ހިންގައިފައެވެ. ރަށުގެ ހުރިހާ ގެތައް ލޫޓުވާ ރަނާއި އަގުބޮޑެތި މުދާތަކެއް ގެންދިޔައެވެ. އަންހެނުންނާއި ކުޑަކުދިންނަށް އެތަކެއް އަނިޔާތަކެއް ދީ ގެތަކުގައި ހުޅުޖަހާ އަންދާލިއެވެ. ބެލެވޭގޮތުގައި އޭރު ގައްދޫ ކަތީބު ކަމުގައި ހުންނެވި އިސްމާއިލް ކަލޭފާން ނިޔާވީ ބަޣާވާތްތެރިންގެ މީހަކު އޭނާގެ ބޮލަށްދިން ހަމަލާތަކަށްފަހު އެކަމަށް ބޭސްކުރަމުން ދަނިކޮށެވެ.
އިބްރާހިމް ނާސިރު ސިލްވަރ ކްރެސްޓްގައި ވަޑައިގެން މިބަޣާވާތުގެ ކަންތައް ނިންމާލެއްވީ 31 ޖެނުއަރީ 1962 ގައެވެ.



ގައްދޫ ހަސަންމަނިކު އަޅުގަނޑަށް ކިޔައިދިންގޮތުގައި: ސުވަލްދީބު ސަރުކާރުގެ ހޯމް މިނިސްޓަރ ހިތަދޫ އިބިރިހިންތައްޚާނުގެ އަހަންމާ ދީދީ ގައްދުއަށް ދުރުވުމުން، ރަށުގެ ވެރީން އޭނާއާއި ސުވާލުކުރީ މި ސަރުކާރު ހެދޭނެތޯ ނުވަތަ ނެހެދޭނެތޯ އެވެ. ވަރަށް ޞަރީޙަ ޢިބާރާތުން އޭނާ ބުނުއްވީ ނެހެދޭނެ ކަމަށެވެ. އެކަން ރައްޔިތުންނަށް އޭނާ ލައްވައި އިއުލާން ކުރުވި އެވެ. ނަތީޖާއެއްގެގޮތުން ހޯމިނިސްޓަރުގެ ހިމާޔަތުގައި
ގައްދޫގެ ބޭއްވުމަށްފަހު ރަށުގެ ބަޔަކު ސިއްރިޔާތުގައި މާލެ އަށް ގޮސް ޚަބަރު ދިނެވެ. ގައްދޫ ރައްޔިތުން ދިވެހި ސަރުކާރާ އެއްބަސްވުމަށް މެދުވެރިވި ސަބަބަކީ މިއީ އެވެ. އަތޮޅުގެ ރައްޔިތުން ގައްދޫ ލޫޓުވި ދުވަހު
އެރަށަށް އެންމެބޮޑަށް ގެއްލުންދިނީ ދާންދޫއިން ދިޔަ މީހުންނެވެ. އަތޮޅުގެ ރައްޔިތުން ގައްދުއަށް އެދިން އަނިޔާއަކީ، ޤަބޫލުކުރެވޭނެ އަނިޔާއެއް ނޫނެވެ.
ކޮމެންޓްސް ފުނުއްވާ