ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫ ޕޮލިސް ސްޓޭޝަންގެކޮޓަރިއަކަށް އަންހެންކުއްޖަކު ވައްދައިގެން އުޅެނިކޮށް ބަޔަކު ގޮސް އެކުއްޖާ އެތަނުން ނެރެފި.

ގައްދޫ ޕޮލިސް ސްޓޭޝަންގެކޮޓަރިއަކަށް އަންހެންކުއްޖަކު ވައްދައިގެން އުޅެނިކޮށް ބަޔަކު ގޮސް އެކުއްޖާ އެތަނުން ނެރެފި.

ފޮންޓް ސައިޒް: Decrease font Enlarge font

އެމައްސަލައިގައި ރައްޔިތުންވަނީ ނުރުހުން ފާޅުކޮށް މުއައްސަސާގެ ހުރުމަތް ކަނޑާލައިފައިވާ ކަމަށް ބުނެފައި.

ގައްދޫ ޕޮލިސް ގެ އިންޗަރޖް ކަމާއި ހަވާލުވެ ހުންނެވި ސަރޖެންޓް މުހައްމަދު ޝިފާއު ގައްދޫ ޕޮލިސް ސްޓޭޝަންގެ ކޮޓަރި އެއްގެ ތެރެއަށް އަންހެން ކުއްޖެއް ވައްދައިގެން އުޅެނިކޮށް ރައްޔިތުންގެ ބަޔަކު ގޮސް އެކުއްޖާ އެތަނުން ނެރެލައިފި ކަމަށް ޚަބަރު ލިބިއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ކޮޓަރި ތެރެއިން ނެރުމަށް އެކުއްޖާގެ ބައްޕަ އާއި އަދި ރައްޔިތުންގެ ތެރެއިން ބަޔަކު ދިއުމުން އެއަންހެންކުއްޖާ ކޮޓަރި ތެރޭގައި ނޫޅޭ ކަމަށް ޝިފާއު ވަނީ ފުރަތަމަ އެމީހުންގެ ކައިރީގައި ވިދާޅު ވެފައެވެ. ނަމަވެސް އެންމެ ފަހުން އެ ކުއްޖާ ހޯދަން ދިޔަމީހުން އެއަންހެންކުއްޖާ އޮތް ކަމަށް ޝައްކުކުރެވޭ  ކޮޓަރި ފާސްކުރަން އުޅުމުންއޭނާ ވަނީ އެއަންހެންކުއްޖާ އެކޮޓަރިން ބޭރަށް ނެރެފައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މިމައްސަލައިގައި އަންހެން ކުއްޖާގެ ބައްޕަ ވަނީ ގައްދޫ އޮފީހަށް ހާޟިރުކޮށް އޭނާގެ އަތުން ބަޔާނެއް ނަގައިފައެވެ. އަދި ޝިފާއު ވަނީ މައްސަލަ ތަހްގީގް ކުރުމަށްޓަކައި މިއަދު ހެނދުނު ތިނަދުއަށް ގެންގޮސްފައި ކަމަށް ވެއެވެ. މިމައްސަލަ ހިނގާފައިވަނީ އަންހެން ކުއްޖާ އާއި އިނުމަށް އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާ ގައްދުއަށް އައިސް ހުއްޓާ ކަމަށްވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން ކުއްޖާ ކޮޓަރި ތެރޭގައި އިން ކަން އަންހެންކުއްޖާގެ ބައްޕައަށް އެންގީ އަންހެން ކުއްޖާ އާއި އިނުމަށް ގައްދު އަށް އައިސް ހުރި ކުއްޖާއެވެ. މި އަންހެން ކުއްޖާ އަކީ ގދ. އަތޮޅު މަދަރުސާގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ކުއްޖެއް ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ. 

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (10 ލިބިއްޖެ):

  07 June, 2008 01:38:02
avatar
ކޮބާ މިހާރު ކޮޓަރިއަކުން ފެނުނު ކުއްޖާގެ މައްސަލަ ކިހާހިސާބަކަށް ގޮއްސި ބާ ؟؟؟؟؟؟ހާދަ ހަބަރެއްނުވެޔޭ ދޯ؟؟؟؟ނިކަން ރަގަޅަށް އަޕްޑޭޓް ކޮށްލަބަލަ.........
ބަރާބަރު ސަކަރާތް
0
  24 May, 2008 10:09:16
avatar
ކީއްވެ ރަށު އޮފީހުން މި މައްސަލަ ނުބަލައިގެން އުޅެނީ؟ މި ކަހަލަ ބޮޑެތި މައްސަލަ ތަކަކީ ޤަވަޢިދުން އެކަމަށް ފިޔަވަޅު އަޅަން ޖެހޭނެ ކަންތައްތައް.
ބަރާބަރު ސަކަރާތް
0
  23 May, 2008 05:31:10
avatar
ނަން ހާމަ ކުރީމަ ކީއްކުރާނީ؟؟؟؟ ކުރެވޭނެ އެއްވެސް ކަމެއް ނޯނާނެ ކަށްނޭގޭ
ބަރާބަރު ސަކަރާތް
0
  16 May, 2008 02:41:58
avatar
އަޅުގަޑުމެން ހިތާމަ ކުރަން ގައްދޫގެ ޒުވާނުން މިކަހަލަ ކަންކަމުގައި ޝާމިލުވާތީ.... ކީއްވެތޯ އަންހެން ކުއްޖާގެ ނަން ހާމަނުކުރެވެންވީ...
ބަރާބަރު ސަކަރާތް
0
  14 May, 2008 04:26:09
avatar
ގައްދޫގައި ހިނގާ ކަންތަކުގެ ހަޤީޤަތް އަޑުއިވުނީމަ ހިތަށް ތަދުވާނެކަން އެގޭ. ބުނަން، އެއީ ހަމަ ހަޤީޤަތް. އެކަހަލަ ކަންތައް އަޑުއަހަން ހިތްނުރުހެންޏާ އަވަހަށް އިސްލާޙުކުރަން މަސައްކަތް ކުރޭ. ދެން މަ ހީ ހީ
ބަރާބަރު ސަކަރާތް
0
  13 May, 2008 04:45:59
avatar
ގައްދޫގައި އެކަންޏެއް ނޫން ތިބުނާ ކަމެއް ކޮމަންވަނީ... މާމަތީ މަޤާމް ތަކުގައި އުޅޭ ބޮޑެތިމީސްމީހުންވެސް އުޅޭގޮތް ރީއްޗެއްނޫން... އެމީހުންކުރާކަންތައް ނުފެންނާނެ.. އެހެންވީމަ ގައްދޫއަށް ނިސްބަތްވާ ކުއްޖަކަށްވިޔަސް ގައްދޫ އަށް ހަޑިހުތުރުބަސް ބުނާކަށް އަޅުގަނޑު ހިތެއް ނުރުހޭ ..
ބަރާބަރު ސަކަރާތް
0
  11 May, 2008 09:26:29
avatar
ބައްލަވާ ނަމޫނާ ދައްކަން ޖެހެނީ ހަމައެކަނި މުދައްރިސުންތޯ. އެންމެ ފުރަތަމަ ނަމޫނާ ދައްކަންޖެހެނީ މައިންބަފައިން ނޫންތޯ. ތިބުނާ މަންޖެ އެހިސާބަށް ދިޔައީ ހަމަ ކުއްލި އަކަށްތޯ. މުދައްރިސަކަށް ވެލެއްވީ ދަރިޔަކައް ނުވެތޯ. އަބަދުވެސް ވާގޮތަކީ ކުއްޖަކު ނުވަތަ މީހަކުވެސް ގޯސްކަމެއް ކޮއްފިނަމަ އެ ކުއްޖަކު ނުވަތަ އެމީހަކު ނިސްބަތްވަނީ އެއުޅޭ ތަނަކަށް. އެކަމަކު ރަނގަޅު ކަމެއް ކޮއްފިނަމަ އެވާނީ ކޮންމެވެސް މީހެއްގެ ދަރިޔަކަށް. އިންސާފައް ލޯބިކުރައްވާ. ޒާތީވެ ނުލައްވާ.
ބަރާބަރު ސަކަރާތް
0
  11 May, 2008 11:52:09
avatar
މައްސަލައަކީ އޭނާ އަކީ ސްޓޭޝަން އިންޗަރޖް ކަމަށްވެފައި އަދި އަންހެންކުއްޖާ އަކީ ކުދިންނަށް ނަމޫނާ ދައްކަން ހުރި މުދައްރިސަކަށް ވީތީ. އެހެންވީމާ މިކަމަކީ އެހާ ކޮމަން ކަމަކަށް ހަދާފައި އަޅާނުލަންވީ ވަރުގެ ކަމެއްތަ؟
ބަރާބަރު ސަކަރާތް
0
  10 May, 2008 07:59:24
avatar
ގައްދޫގަ ތީ ކޮމަން ކަމެއްނު ދޯ. ޕޮލިހެއްވީމަ ވީމަ ދޯ ތި ފުއްޕަނީ. ދަރިންކުރިމަތީގަ މައިންބަފައިން އައުގުރާނަ ގޮވައި ހަދާއިރު އެއީ މައްސަލައަކަށް ނުވޭ. ރަށުން ބޭރުން އަރާ މީހުންނަށް އަންހެން ކުދިން ހޯދައިދެނީ ވެސް ހަމަ ގައްދޫގެ ޢިއްޒަތްތެރި ރައްޔިތުން. ތިމާގެ ޙަލާލު އަނބިމީހާ ސިގިރޭޓް ފޮއްޓަކަށް ހިލޭ ފިރިހެނުންނާއި ހަވާލުކުރީވެސް ހަމަ ތި ގައްދޫގަ. ނަލަލާލަށް ދަރިން ހޯދުމުގައިވެސް ތީ ހަމަ ނަމޫނާ ރަށެއް. ފުރަތަމަ އެކަންކަން އިސްލާހު ކޮއްބަލަ.
ބަރާބަރު ސަކަރާތް
0
  08 May, 2008 11:10:57
avatar
ގައްދޫ އޮންލައިނުން އެ އަންހެން ކުއްޖާގެ ނަން ހާމަނުކުރީތީ ހިތާމަކުރަން.އަދި ޓީޗަރަކަށްވެ ހުރެ މިފަދަ ބަދުއަޚްލާގީ އަމަލެއް ހިންގީތީ ހަރުކަށި ފިޔަވަޅު އެޅުމަށް އެޑިއުކޭޝަނަށް ގޮވާލަން.
ބަރާބަރު ސަކަރާތް
0
ޖުމްލަ: 10 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 10

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
5.00