ފުރަތަމަ ސަފްހާ | ޚަބަރު | ތިނަދޫ އަދި ގައްދޫ ގެ ސީއެފުންގުޅިގެން ގައްދޫގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި.

ތިނަދޫ އަދި ގައްދޫ ގެ ސީއެފުންގުޅިގެން ގައްދޫގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި.

ފޮންޓް ސައިޒް: Decrease font Enlarge font
image ހަވީރު ބައްލަވާލެއްވުމަށްޓަކައި ގިނަ އަދަދެއްގެ ބައެއް ކުޅިވަރު އިންތިޒާމްކޮށްފައިވާ ސަރަހައްދަށް ވަޑައިގެންނެވި.

އިވެންޓްގައި ކުޑަކުދިންނަށް ޚާއްސަކޮށް ގިނަ ހަރަކާތްތަކެއް އިންތިޒާމް ކޮށްފައިވޭ

ރެޑްކްރޮސްގެ ފަރާތުން ގދ ތިނަދޫ އާއި ގދ.ގައްދޫގައި ތަމްރީން ކޮށްފައިވާ ކޮމިއުނިޓީ ފެސިލިޓޭޓަރުން ގުޅިގެން ގދ ގައްދޫ ގައި އިއްޔެ  ހަވީރު ވަނީ ކުޑަކުދިންގެ ހަވީރެއް ބާއްވައިފައެވެ.

މިހަވީރު ބޭއްވުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ މައިންނާއި ދަރިންގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށާއި، ތިނަދު އާއި ގައްދު އާއި ދެރަށުގެ ގުޅުން މިހާރަށްވުރެ އިތުރަށް ވަރުގަދަކޮށް ބަދަހި ކުރުމަށާއި، އަދި ކުޑަ ކުދިންނާއި މައިންބަފައިންނަށް އުފާވެރިވަގުތުކޮޅެއް  އެކުގައި ހޭދަކޮށްލުމުގެ ފުރުސަތު ދިނުމުގެ މަގްސަދުގައެވެ.

ކުޑަކުދިންގެ މިހަވީރު ގައި ތަފާތު ގިނަ ސްޓޯލުތަކާއި ކުޑަކުދިންނަށް ޚާއްސަ ތަފާތު ގިނަ ހަރަކާތްތަކެއް އިންތިޒާމް ކޮށްފައި ވެއެވެ. މިގޮތުން ބޭއްވި ބައެއް ހަރަކާތްތަކުގެ ތެރޭގައި ފޭސް ޕެއިންޓިންގ، ހޫލަރ ހޫޕަރގެ އިތުރުން ތަފާތު ވައްތަރުގެ ސްޓޭޖް ހަރަކާތް ތަކެއް ފެނިގެންދިޔައެވެ. މި ސްޓޭޖް ހަރަކާތް ތަކުގައި ސްކޫލް ކުދިން ގެ ތަފާތު އިވެންޓް ތަކާއި ގައްދޫ އަދި ތިނަދޫ ސީއެފުންގެ ވަރަށް ފުރިހަމަ ހަރަކާތްތަކެއް ވެސް ފެނިގެން ދިޔައެވެ. ގައްދޫ ސިއްހީ މަރުކަޒުން މިއިވެންޓްގައި ފަސްޓް އެއިޑް ސްޓޯލެއް ގާއިމްކޮށްފައިވާއިރު ގައްދޫ ޕޮލިސްގެ ފަރާތުން ވަނީ އެމީހުންގެ ވެހިކަލްގައި ކުދިންނާއި ބެލެނިވެރިން އެކުގައި ފޮޓޯ ނެގޭނެ އިންތިޒާމް ހަމަ ޖައްސައި ދީފައެވެ. އަދި މީގެ އިތުރަށް ގައްދޫ ސްކައުޓުން ވަނީ މިހަވީރުގައި ތަފާތު ސްޓޯލްތައް ގާއިމް ކުރުމުގެ އިތުރަށް ތަން ތައްޔާރުކުރުގައި ވެސް ގައްދޫ ސީއެފުންނާއި އެކު ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ.

މިހަވީރު ބައްލަވާލެއްވުމަށްޓަކައި ތިނަދޫގެ ގިނަ އަދަދެއްގެ ބައެއް ގައްދު އަށް ވަޑައިގެންނެވިއިރު ގައްދޫގެ ގިނައަދަދެއްގެ ކުދިންނާއި ބެލެނެވެރިން ހަވީރު ބައްލަވާލެއްވުމަށްޓަކައި އިވެންޓްސްތައް އިންތިޒާމް ކޮށްފައިވާ ސަރަހައްދަށް ވަޑައިގެންނެވިއެވެ. މި އިވެންޓްގައި ދެރަށުގެ މީހުން ވަނީ އިވެންޓާއި މެދު އެމީހުން ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި މުސްތަގްބަލްގައި މިފަދަ އިތުރު ފުރުސަތް ތަކެއް ލިބޭނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. މި ހަވީރު ގާތްގަނޑަކަށް އިރު އޮއްސި 06:30 އާއި ހަމައަށް ކުރިޔަށް ދިޔައެވެ.   

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (2 ލިބިއްޖެ):

  21 May, 2008 11:57:33
avatar
ބަލަ އެއީ އާއިލީ ހަވީރެކޭ. ކުދިންނާއި އެކުދިންގެ އާއިލާއަށް އަމާޒުކޮށްގެން ބޭއްވި ހަވީރެއް އެއީ.
ބަރާބަރު ސަކަރާތް
0
  21 May, 2008 10:51:06
avatar
ކޮމޮއުނިޓީ ފެސިލިޓޭޓަރުންނަށް އެނގެނީ ހަމައެކަނި ކުޑަކުދިންގެ ހަވީރެއް ބާއްވާލަންދޯ؟ މިހާރު ތިބުނާ ރަށުގައި ސީ.އެފުންނޭ ކިޔާ ބަޔަކު ގިނަ އެހެން ކަމަކަށްވުރެން... ބޮޑެތި މީހުންނަށް ވެސް ރާވާލައިގެން ކަމެއްބާއްވަބަލަ ނިކަން .. އޭރުން ވާނެގޮތްވެސް އެނގިދާނެތާ؟ ގޯހެއްނޫން އިނގޭ މިހެންބުންޏަސް .. ގައްދޫ ސީ އެފުންނަށް ހަމަ ސާބަސް އެކަމަކު ބުނަން ނަމަނަމަ މީހުން ހާސްކުރުވާ ކަހަލަ އެއްޗެކޭ ނުބުނައްޗޭ މީގެ ފަހުންވެސް. ބައި
ބަރާބަރު ސަކަރާތް
0
ޖުމްލަ: 2 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 2

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ލިޔުމާއިގުޅޭ ފޮޓޯތައް
ރޭޓިންގ އެއް ދިނުމަށް
0