އަރބަން ޑިވެލޮޕްމެންޓް މާސްޓަރ ޕްލޭނަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެދި އިއުލާންކޮށްފި
މި ޕްލޭންގައި ގައްދޫ އަކީ ހުވަދު އަތޮޅުން ފޯކަސް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ އެއްރަށް.
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓުގެ ފަރާތުން ނޯރތް އަދި ސައުތު ޑިވެލޮޕްމެންޓް ރީޖަން ތަރައްގީ ކުރުމަށްޓަކައި ބޭނުންވާ މާސްޓަރ ޕްލޭން އެކަށައެޅުމުގެ ގޮތުން އެކަމަށް ބޭނުންވާ ޕްރޮޕޯސަލް ހުށަހެޅުމަށް އެދި ޝައުގުވެރިކަންހުރި ފަރާތް ތަކަށް ފުރުސަތު ހުޅުވާލައިފިއެވެ. މިގޮތުން 7 ވަނަ މާސްޓަރ ޕްލޭންގެ ދަށުން ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ އުތުރާއި ދެކުނުން ދެ ސަރަހައްދެކެވެ. އޭގެ ތެރޭގައި ހިމެނެނީ ހާއަލިފް، ހާދާލް، ށަވިޔަނި އަތޮޅެވެ. ދެކުނުން ތަރައްގީ ކުރާ ގޮތަށް ހަމަޖެހިފައިވަނީ ގާފްއަލިފް، ގާފްދާލް، ފުވައްމުލައް އަދި އައްޑުއަތޮޅެވެ. މިގޮތުން ހާދާލުން ތަރައްގީ ކުރެއްވުމަށް ހަމަޖެހިފައި ވާ ރަށްތަކަކީ ކުޅުދުއްފުށި، ނޮޅިވަރަމްފަރު، ހަނިމާދޫ އަދި ބާރަށެވެ. ހާއަލިފުން ތަރައްގީ ކުރައްވަނީ ދިއްދު އާއި ހޯރަފުއްޓެވެ. ށަވިޔަނި އަތޮޅުން ތަރައްގީ ކުރެއްވުމަށް ހަމަޖެހިފައިވަނީ ފުނަދުއެވެ. ގާފް އަލިފުން ވިލިނގިލި ތަރައްގީ ކުރައްވުމަށް ހމަޖެހިފައިވާއިރު ގދ. އިން ތިނަދު އާއި ގައްދޫ ތަރައްގީ ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރަށް ދެކުނުން ތަރައްގީ ކުރައްވަނީ ފޯއްމުލަކާއި އައްޑު އަތޮޅުގެ ރަށްތަކެވެ.
މިރަށްތައް ތަރައްގީ ވުމުން މި ސަރަހައްދުގައި ދިރި އުޅޭ ރައްޔިތުންނަށް ވަޒީފާ އާއި ގެދޮރު އަދި އެހެނިހެންވެސް ފަސޭހަ ތައް ލިބިގެން ދާނެކަމަށް އުންމީދުކުރެވެއެވެ.



ކޮމެންޓްސް ފުނުއްވާ