ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫ އެއަރޕޯރޓްގެ އަމަލީ މަސައްކަތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެއްޓޭނެ ކަމަށް އުންމީދުކުރެވޭ- އެއިމް

ގައްދޫ އެއަރޕޯރޓްގެ އަމަލީ މަސައްކަތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެއްޓޭނެ ކަމަށް އުންމީދުކުރެވޭ- އެއިމް

ފޮންޓް ސައިޒް: Decrease font Enlarge font
image މާވެއްދޫގައި ތައްޔާރުކޮށްފައިވާ ބައެއް ވަގުތީ އިމާރާތްތައް

މަސައްކަތް ފެއްޓުމަށް ބޭނުންވާ މައިގަނޑު ސާމާނު މިހާރު ވަނީ ރަށަށް ގެންގޮސްފައި

ގައްދޫ ފަޅާއި އެއްވެގެން އޮންނަ ގދ.މާވެއްދޫ އެއަރޕޯރޓްގެ އަމަލީ މަސައްކަތް ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެއްޓޭނެކަމަށް އުންމީދު ކުރައްވާ ކަމަށް އެއަރޕޯރޓް އިންވެސްޓްމެންޓް މޯލްޑިވްސް (އެއިމް) އިން މި ސައިޓަށް މައުލޫމާތު ދެއްވައިފިއެވެ. އެފަރާތުން ވިދާޅުވާ ގޮތުގައި މިހާތަނަށް މަސައްކަތް ނުފެށި ލަސްވަމުންދަނީ މަސައްކަތް ފެއްޓުމުގެ ކުރިން ހަދަންޖެހޭ އީ.އައި.އޭ ރިޕޯރޓްގައި ކުޑަމައްސަލައެއް އުޅުމުގެ ސަބަބުން އެންވަޔަރަންޓް މިނިސްޓްރީން މަސައްކަތް ފެއްޓުމަށް އަދި ހުއްދަ ނުލިބުމުގެ ސަބަބުންނެވެ. ނަމަވެސް އެފަރާތުން ވިދާޅުވީ ކުރިޔަށް އޮތް ހަފްތާ އެއްހާ ހިސާބުގައި މިކަމުގެ ހުއްދަ އެންވަޔަރްންޓް މިނިސްޓްރީން ލިބޭނެކަމަށް އެފަރާތުން އުންމީދު ކުރައްވާ ކަމަށާއި ހުއްދަ ލިބުނުހާ އަވަހަކަށް ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެއްޓޭނެ ކަމަށެވެ.

 މިމަސައްކަތް ކުރުމަށް އެއިމްސް އިން ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާއި އެވެ.  އެމްޓީސީސީ އިން ވަނީ މަސައްކަތް ކުރުމަށް ބޭނުންވާ މައިގަނޑު ސާމާނުތައް ރަށަށް ގެންގޮސްފައެވެ.  އަދި ވަގުތީ އިމާރާތް ތައް ހެދުމުގެ މަސައްކަތް ވަނީ ގާތްގަނޑަކަށް މުޅިން ނިމިފައެވެ. މާވެއްދޫ ހިއްކުމުގެ މަސައްކަތް ކުރުމަށް، ގައްދޫގެ ބިން ހިއްކުމަށް ބޭނުންކުރި ބައެއް އިކުއިޕްމެންޓްސް ތައް ބޭނުންކުރެވޭނެ ކަމަށް މިސައިޓަށް ވަނީ މައުލޫމާތު ލިބިފައެވެ. 

މާވެއްދޫ އެއަރޕޯރޓެއްގެ ގޮތުގައި ތަރައްގީވެ ނިމުމުން ގައްދޫ އާއި ކައިރި ރަށްރަށުގެ ތަރައްގީ އަށް ގިނަގުނަ ފައިދާ ތަކެއް ލިބޭނޭކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވެއެވެ.   

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (4 ލިބިއްޖެ):

  15 July, 2009 10:21:36
avatar
ކުރެވެނީ އުއްމީދެވެ.އުފާވެރި ކަމުގެ އެވެ.
ދެކެނީ ކުލަރީތި ހުވަފެން ތަކެވެ.ހަގީގަތަކަށްވުމަށް އެދިއެދި އެވެ.
ރަށާއި އެތައްމޭލެއްގެ ދުރުން އުދުހިލާފައި ދާ މަތިންދާ ޕޯޓުއެވެ. މާވެއްދޫ އެއާޕޯޓުގައި ބޮސްދޭ ތަނެވެ.
މާލޭގެ ބިޒީ ،ވަޒީފާގެ މާހައުލާ ހިދުކޮޅަކަށް ހަފްތާގެ ބަންދަން ނޭވާލުމަށް ރަށުގެ ފަސްގަޑަށް ދެވޭނެ ދުވަހެކެވެ.
މާވެއްދޫ އެއާޕޯޓުގައި ބޮސްދެވޭނެ ތަނެވެ.
އަތޮޅުގެ ރިސޯޓުގެ ހަބެއްގެ ގޮތުގައި މާވެއްދޫ އަކީ ދެވަނަ އެއްނެތް ސްޕޮޓެކެވެ.
ހާދަހާ އުފާވެރި އިހުސާސެކެވެ.
މި އިހުސާސް ހަގީގަތަކަށް ހެދުމަށް އަތާ އަތް ގުޅާލަމާތޯ އެވެ.
ސިޔާސީ ބައިބައި ވުމުގެ ބަދަލުގައި މި ކަންތުގައި ހަގީގީ ކުލަ ޖެހިއްޖެ ނަމަ މި އޮތީ ތަރައްގީ ގެ ސަރާސަރު މަގު ހާމަ އަށް ފެންނާށެވެ.ސަރުކާރާއި ،ހުރިހާ ޕާޓީ ތަކުގެ އާރު ކާޓީން އަތޮޅުގެ ގިނަ ބައެއް ގެ ހުވަފެނު ގައި ކުލަ ޖއްސާލަ ދިނުމަކީ އެދޭ އެންމެ ބޮޑު އެދުމެވެ.
ކުރެވެނީ ފޮނި ފޮނި އިހުސާސެކެވެ.
މާވެއްދޫ ގައި ފުލައިޓުގައި ގޮސް ބޮސްދެވޭ މަންޒަރެވެ.
-ަ.ފހމ
ބަރާބަރު ސަކަރާތް
1
  28 May, 2008 01:58:44
avatar
ޚިޔާލަކީ އެމީހަކު ބޭނުންގޮތަކަށް ކުރެވިދާނެ އެއްޗެއް. މާވެއްދޫގައި އެއާޕޯޓެއް ހެދުމުން ފައިދާއާއި ފަސޭހަކަން އޮތީ ހަމައެކަނީ ގައްދޫ މީހުންނަކަށް އެކަންޏެއްނޫންކަންވެސް ހަނދާންކޮށްލަންޖެހޭ. 200 ކީއްކުރަން 2000 އަހަރަށްވެސް ޕްލޭންކުރެވިދާނެދޯ!
ބަރާބަރު ސަކަރާތް
0
  27 May, 2008 02:42:50
avatar
އެއަރޕޯރޓް މާވާރުލާގައި އެޅުމަކީ މައްސަލައެއް ނޫން. މީގެ 200 ވަރަކަށް އަހަރު ފަހުން އަޅުގަނޑުމެން ފެނުންމަތީގައި ދިވެހި ރާއްޖޭގައި ތިބޭނޭ ކަމުގެ ވެސް މާކަ ބޮޑު އުންމީދެއް މިހާރަކު ނެތް. އެހެންވީމާ އެހާ ހިސާބަކަށް ކޮންމެހެން ވިސްނުން މާ މުހިއްމު ކަމަކަށް ނުފެނޭ. މާވެއްދޫގައި އެއަރޕޯރޓް އެޅިޔަސް އެހިސާބަށް އާބާދީ ދިޔުމުން އެރަށާއި ކައިރި ހިސާބު ތަކުގައި އާބާދު ކުރަން ފެއްޓިދާނެ. އެހެންވީމާ ތިހާ ވަރަށް އަދި ފިކުރު ބޮޑުކުރަން ނުޖެހޭހެން ހީވަނީ.
ބަރާބަރު ސަކަރާތް
0
  27 May, 2008 01:52:26
avatar
މި ދެން ދިވެހި ސަރުކާރުގެ ވިސްނުން ހުންނަ ގޮތް ދޯ. ތި އެއާރޕޯރޓް ހެދުމަށްދާ ޚަރަދުން އަތޮޅު ތެރޭގަ އެންމެ ޒަމާނީ ފެންވަރުގެ ދަތުރުފަތުރުގެ ނިޒާމެއް ގާއިމު ކުރިއްޔާ ކީއްވާނީ. އެއިރުން މާވެއްދޫ ރިސޯޓެއްގެ ގޮތުގައިވެސް ތަރައްގީ ކުރެވިދާނެ. އަދި އެއާރޕޯޓެއް އެޅުމަކީ ތަރައްގީ އަންނާނެ ކަމެއް ނޫން. ތަރައްގީ އަންނާނީ މީހުންގެ ވިސްނުން ބަދަލުވެގެން. އެއަރޕޯރޓް އެޅުމަކީ ތަރައްގީވާ ކަމެއްނަމަ ކީއްވެ ލ. އަތޮޅު ތަރައްގީ ނުވް އޮތީ. އަތޮޅު ތެރޭ މޮބިލިޓީއޮފް ލޭބާރސް ގާއިމު ކުރުން ތިއަށްވުރެ މާ ރަނގަޅު ހެން ހީވަނީ. މާވެއްދޫގަ ތި އެއަރޕޯރޓް އެޅުމުން ތި ހަލާކުވަނީ ގައްދޫގެ މުސްތަގްބަލް. މީގެ 200 އެއްހާ އަހަރު ފަހުން އެއަރޕޯރޓް އޮންނާނީ ރަށު މެދުގަ. ކީއްތޯ ވާނީ އެއަރޕޯރޓް މާވާރެލާގަ އަޅައިފަ، ގައްދޫ މީހުންނަށް އެރަށަށް ދެވޭނެ ފަސޭހަ މަގެއް ހެދިއްޔާ. އެއިރުން ގައްދޫފަޅާއި، ކަނޑުހުޅުދޫ ފަޅު ތަރައްގީ ވެގެން އަންނައިރު އެހިސާބު އޮންނާނީ ވަރަށް ރީތި އާރބަން ޒޯން އެއްގެ ގޮތުގަ. ސަސްޓެއިނަބަލްކޮށް ކަންތައްކުރުން ބުއްދިވެރިހެން ހީވަނީ ވަގުތީ ގޮތުން ރިޔާސީ އިންތިޚާބަށް ކަންތައް ކުރުމަށްވުރެން. އޭގެ ފައިދާވެސް ބޮޑުވާނެ. ގައްދޫ ރައްޔިތުން މިކަމާއިމެދު ދެވަނަ ވިސްނުމަކުން ވިސްނާލުން ބުއްދިވެރި.
ބަރާބަރު ސަކަރާތް
-1
ޖުމްލަ: 4 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 4

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ލިޔުމާއިގުޅޭ ފޮޓޯތައް
ރޭޓިންގ އެއް ދިނުމަށް
5.00