ފުރަތަމަ ސަފްހާ | ޚަބަރު | ސްޓެލްކޯއިން ގައްދޫގެ ފެންޕްލާންޓުގެ ކަރަންޓް ކަނޑާލައިފި

ސްޓެލްކޯއިން ގައްދޫގެ ފެންޕްލާންޓުގެ ކަރަންޓް ކަނޑާލައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image ރެޑްކްރޮސްގެ ފަރާތުން ގައްދޫގައި ބަހައްޓާފައިވާ ފެންޕްލާންޓް

ކަރަންޓް ބިލްތަކަށް ފައިސާ ނުދައްކާތާ 9 މަސް ވެއްޖެ.

އޮސްޓްރޭލިއަން ރެޑްކްރޮސްގެ ފަރާތުން ގައްދޫގައި ބަހައްޓާފައި ހުރި ފެންޕްލާންޓުން ސްޓެލްކޯގެ ބިލްތަކަށް ފައިސާނުދެއްކުމުން އެފަރާތުން މިއަދު އެތަނުން ކަރަންޓް ކަނޑާލައިފިއެވެ.

ޚަބަރު ލިބޭގޮތުގައި 9 މަހުގެ ބިލްތަކަށް ގާތްގަނޑަކަށް 34،000 އެއްހާ ރުފިޔާ އަރާފައިވެއެވެ. ގައްދޫ ކަތީބު އިސްމާއިލް ޝަމީމް ވިދާޅުވީ ގައްދޫގެ ފެންޕްލާންޓް ހިންގާ ބަލަހައްޓާ ގޮތަށް ހަމަޖެހިފައި އޮތީ ރައްޔިތުން ކަމަށް ވުމުގެ ސަބަބުން މިބިލް ތަކަށް ފައިސާ ދެއްކުމުގެ ކަންތައްތައް ހަމަޖައްސަން ޖެހެނީ އެފަރާތުން ކަމަށެވެ. މިގޮތުން ރެޑްކްރޮސް އާއި ގައްދޫ ރަށްކުރިއަރުވާ ކޮމިޓީއާއި ދެމެދު ކުރެވިފައިވާ އެއްބަސްވުމުގައި ޕްލާންޓްހިންގުމާއި ޕްލާންޓްގެ ޑިސްޓްރިބިއުޝަން ސިސްޓަމްހިންގާ ބެލެހެއްޓުން ގައްދޫ ރަށްކުރިއަރުވާ ކޮމިޓީގެ ފަރާތުން ބަލަހައްޓާ ގޮތަށް އެއްބަސް ވެފައި ވެއެވެ. މި އެއްބަސް ވުމުގައި ކޮމިޓީގެ ފަރާތުން ސޮއިކޮށްފައިވަނީ އިލްހާމް ރަޝީދެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި މިއެއްބަސް ވުމުގައި ޕްލާންޓް ހިންގުމަށްޓަކައި ރަށްކުރިއަރުވާ ކޮމިޓީން ދެ ޓެކްނީޝަނުންވެސް ދޭގޮތަށް އެއްބަސް ވެފައި ވެއެވެ. ނަމަވެސް ކޮމިޓީން ބަޔަކު ހަމަނުޖައްސައި ޕްލާންޓް ހިންގާނޭ ބަޔަކު ނެތުމުގެ ސަބަބުން ރަށުއޮފީސް ގެ ފަރާތުން ސަރުކާރުގެ މިނިސްޓްރީ ތަކާއި ވާހަކަ ދައްކައިގެން ވަނީ ޕްލާންޓް ބެލެހެއްޓުމަށް ޓަކައި ވަނީ މުވައްޒަފެއް ހަމަ ޖައްސަވާފައެވެ.

މިޕްލާންޓް ހިންގުމަށްޓަކައި ގޮތްތަކެއް ރޭވުމަށްޓަކައި "ފެން ކޮމިޓީ" ގެ ނަމުގައި މީގެ ކުރިން ވަނީ ކޮމިޓީއެއްވެސް އުފައްދަވާފައެވެ. މި ކޮމިޓީ އެކުލެވިގެންވަނީ މައިގަނޑު ގޮތެއްގައި މަސްވެރިންގެ މައްޗަށެވެ. ސަބަބަކީ ޕްލާންޓުން ގިނައިން ފެން ބޭނުން ކުރަނީ މަސްވެރިން ކަމަށް ވުމުގެ ސަބަބުން މިކަމަށް އެންމެ އެކަށޭނެ ބަޔަކީ އެފަރާތްތައް ހިމެނޭ ގޮތެއްގައި އެކުލެވިފައިވާ ކޮމިޓީ އެއްކަމުގައި ފެންނާތީއެވެ. މިގޮތުން މިކޮމިޓީން ވަނީ ތަން ކޮޅެއް ކުރިން ކޮންމެ ދޯންޏަކުން 400 ރުފިޔާ ނަގާގޮތަށް ނިންމާފައެވެ. ނަމަވެސް ބައެއް ދޯނިފަހަރުން ފައިސާ ނުދައްކާތީ މިކަންވަނީ މިގޮތަށް ކުރިޔަށް ނުގޮސްފައެވެ.

ޕްލާންޓް ހިންގުމަށްޓަކައި މިނިސްޓްރީގެ ފަރާތުން އެކުލަވާލައިފައިވާ ގަވާއިދުގައި ފެނުގެ ކޮލިޓީ ހުންނަން ވާނީ ޑަބްލިއު އެޗްއޯ ގަބޫލް ކުރާ މިންގަނޑެއް ގޮތުގައި ބަޔާންކޮށްފައިވެއެވެ. އަދި މީގެ އިތުރުން ޕްލާންޓްގައި ކެޕޭސިޓީ ހުރި ވަރަކަށް ގޭގެ އަށް ފެންހޮޅި ގުޅާދޭންޖެހޭނެ ކަމަށް ވެސް ލިޔެފައިވެއެވެ. ނަމަވެސް ފެނުގެ ކޮލިޓީ ޓެސްޓް ކުރުމަށް ބޭނުންވާ އިކުއިޕްމެންޓެއް ލިބިފައި ނުވާ ކަމުގައި މިސައިޓްގެ ފަރާތުން ޕްލާންޓް ހިންގުމާއި ހަވާލުވެ ހުންނެވި އަލްފާޟިލް ޒާހިރު އުސްމާނާ އި ސުވާލު ކޮށްލުމުން ވިދާޅުވެފައިވެއެވެ. އަދި މިހާތަނަށް އެއްވެސް އާންމު ގެއަކަށް ފެންހޮޅި ގުޅާދެވިފައެއްވެސް ނުވެއެވެ. ނަމަވެސް ގައްދޫ އަތޮޅުމަދަރުސާ އަށާއި ގައްދޫ ރަށްވެހިގެ އަށް ފެންހޮޅި ގުޅާދެވިފައިވާ ކަމަށް ޒާހިރު އުސްމާން ވިދާޅުވިއެވެ. ޕްލާންޓުން ކަރަންޓް ކަނޑާލިއިރުގައި ވެސް ޕްލާންޓްވަނީ ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން ޚިދުމަތް މެދުކެނޑިފައެވެ. ރެޑްކްރޮސްގެ ފަރާތުން ބެހެއްޓި މިޕްލާންޓަކީ ވާރޭނުވެހި ފެނަށް ދަތިވެއްޖެ ހާލަތެއްގައި އޮޕަރޭޓް ކުރާގޮތަށް ބެހައްޓާފައިވާ ޕްލާންޓެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިމައްސަލާގައި ސްޓެލްކޯއާއި އެނަރޖީ މިނިސްޓްރީ ގެ ބަހެއް ހޯދާލުމަށްޓަކައި ސައިޓުގެ ފަރާތުން ކުރިމަސައްކަތް ސަރުކާރުގެ ރަސްމީ ގަޑި ނިމުމުގެ ސަބަބުން ވަނީ ކާމިޔާބު ވާގޮތްނުވެފައެވެ.  

  

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (4 ލިބިއްޖެ):

  28 July, 2008 06:01:17
avatar
ޕްލާންޓް ހުއްޓި ، ޚިދުމަތް ނުދެވި ވަނީ ކަރަންޓް ކަނޑާލުމުން....ރކ.ކޮމިޓީގެ ޒިންމާއެއްކަމަށް ބުނެ ތިފަދަކަމެއް ވެނިމުނީމާ، ރަށުގެ ކަތީބު ދެއްކިވާހަކައިން އެގެނީ،އޭނާގެ މަސްއޫލިއްޔަތު ނުވަތަ ރައްޔިތުންނަށް ދޭންވާ ޚިދުމަތް ދިނުމުގެ ވިސްނުމެއް އެބޭފުޅާގެ ނެތޭ..... ނުވަތަ އެބޭފުޅާ އަކީ އެއްގޮތަކަށްވެސް ޓާސްކް އޮރިއެންޓެޑް ބޭފުޅެއްނޫނޭ... ހަމަގައިމުވެސް ރކ.ކޮމިޓީއިން ފައިސާ ނުދެވިގެން އަތޮޅު އެކައުންޓްވެސް އޮންނާނެ.. ނުވަތަ އެޓޮލްސް ޑިވެލޮޕްމެންޓާއި ވާހަކަދެއްކިއަސް ތިވަރުގެ ކަމެއް ހަމަޖެހޭނެ.. ތީ ރައްޔިތުންނާއި ސަރުކާރާއި ޖެހޭ މައްސަލަ އުފަންވާގޮތަކީ...މަސްއޫލިއްޔަތު އަދާކުރަންވާ ފަރާތްތަކުގެ އިހްމާލް ހައްތާވެސް.....
ބަރާބަރު ސަކަރާތް
0
  05 June, 2008 03:29:51
avatar
މިއީ ވަރަށް ހިތާމަ ހުރި ކަމެއް. މިފަދަ އަސާސީ ޚިދުމަތް ތަކަކީ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތެއްގައި ބޭނުން ކުރެއްވޭނެ ޚިދުމަތް ތަކަކަށް ވާން ޖެހޭނެއެވެ.. އެހެން ކަމުން މިފަދަ ކަންތައް ރައްޔިތުންނާއި ސަރުކާރާއި ގުޅިގެން ދާއިމީ ގޮތެއްގައި ޚިދުމަތް ލިބޭނެ ކަހަލަ ގޮތަކަށް ޕްލޭން ކުރުމަކީ މިފަދަ ހާދިސާ ތައް މުސްތަގްބަލް ގައި މަދުކުރެވިދާނެ ކަމެކެވެ.
ބަރާބަރު ސަކަރާތް
0
  05 June, 2008 01:08:23
avatar
ހަގީގަތުގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ކަމުގައިވާ ސްޓެލްކޯ އާއި ވޯޓަރ ސަޕްލައި އިން އެމީހުން ބޭނުންހާ އިރެއްގައި ކަރަންޓް ކަނޑާލެވިގެންނުވާނެ. ކަރަންޓް ކަނޑާލަންޖެހޭނީ ކޮމިޓީއާއި އޮފީހާއި ދެމެދު ވާހަކަތައް ދެކެވި އެކަމަށް އެއްވެސް ހައްލެއް ނައިނަމަ. މިހާރު ހާލަތު ހުރި ގޮތުން ޕްލާންޓްގެ ބިލް ރައްޔިތުންނަށް ނުދެއްކުނީ. އެހެންވިއްޖިއްޔާ ދެން ސަރުކާރުންވީ ރައްޔިތުން ފެނުން މަހުރޫމް ކުރަންތޯ؟
ބަރާބަރު ސަކަރާތް
0
  03 June, 2008 11:52:35
avatar
ފެން ޕުލާންޓުން ބޭނުން ކުރެވުނު ކަރަންޓަށް ފައިސާނުދެއްކުމުން ކަރަންޓުކަނޑާލީ. އާއްމު ރައްޔިތުންނައް ބޯފެން އަގު ނަގައިގެންވެސް ފޯރުކޮއްދެއަވުމަކީ ސަރުކާރުގެ ޒިއްމާއެއް. ރަށުގެ ކަތީބު ތިދެއްކެވި ވާހަކައަކީ ވަރައް ޒިއްމާނުއުފުލަން އުޅޭފަދަ މީހުންދައްކާ ކަހަލަ ވާހަކައެއް. ކަތީބު އަޅެ ބުނެ ދީބަލަ ރަށެއްގެ ކަތީބެއް ހުރުމުގެ ބޭނުން. އައްބަ
ބަރާބަރު ސަކަރާތް
0
ޖުމްލަ: 4 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 4

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ރޭޓިންގ އެއް ދިނުމަށް
3.91