ފުރަތަމަ ސަފްހާ | ޚަބަރު | ކުއްލި ހާލަތެއް މެދުވެރި ވުމުން އަމަލު ކުރާނޭ ގޮތުގެ ޕްލޭނެއް ތައްޔާރު ކުރުމާއި ބެހޭގޮތުން މައުލޫމާތު ދީފި

ކުއްލި ހާލަތެއް މެދުވެރި ވުމުން އަމަލު ކުރާނޭ ގޮތުގެ ޕްލޭނެއް ތައްޔާރު ކުރުމާއި ބެހޭގޮތުން މައުލޫމާތު ދީފި

ފޮންޓް ސައިޒް: Decrease font Enlarge font
image ބައްދަލުވުމުގެ ތެރެއިން ބައިވެރިންނަށް މައުލޫމާތު ދެއްވަނީ

މިއީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ އާއި، ޑިޕާޓްމެންޓް އޮފް މީޓިއޮރްލޮޖީ އާއި ގުޅިގެން ހިންގަވަންހަމަޖެހިފައިވާޕްރޮގުރާމެއް.

އދ. ގެ އެކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯރ އޭޝިޔާ އެންޑް ދަ ޕެސިފިކް (ޔޫ އެން އެސް އެފް) ގެ އެހީގެދަށުން ޔޫއެންޑީޕީ އިން ހިންގަވާ ކާރިސާތަކުން ރައްޔިތުން ރައްކާތެރިވުމަށްޓަކައި ތައްޔާރުވެ ތިބުމަށާއި، ރަށު ފެންވަރުގައި ރައްޔަތުން ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި އެކުލަވާލެވިފައިވާ ޕްރޮގްރާމް މިއަތޮޅުގެ ރަށްރަށުގައި ހިންގުމަށް ވަނީ ހަމަޖެހިފައި ކަމަށާއި، މިޕްރޮގްރާމް ރާއްޖޭގެ ބައެއް އަތޮޅުތަކުގެ ރަށްރަށުގައި ހިންގުމުގެ މަސައްކަތް، މިދެފަރާތް ގުޅިގެން ކުރެވެމުންދާ ކަމަށް  އެފަރާތުން ރޭ ގދ އަތޮޅުމަދަރުސާގައި ބޭއްވި މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ވިދާޅުވެއްޖެއެވެ .އިސްވެ ދެންނެވި ގޮތުގެމަތިން ގައްދޫ އަށް އަމާޒު ކޮށްގެން މިބޭއްވޭ ޕްރޮގްރާމަކީ ޔޫ އެންޑީޕީ އާއި، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ އާއި، ޑިޕާޓްމެންޓް އޮފް މީޓިއޮރްލޮޖީ އާއި ގުޅިގެން ހިންގާ ޕޮރްގްރާމެކެވެ.

މިޕްރޮގްރާމްގެ ފުރަތަމަ ފިޔަވެހީގެ ގޮތުން ގައްދޫގެ ރައްޔަތުންނަށް އަމާޒު ކޮށްގެން ކާރިސާއަކަށް ތައްޔާރު ވުމަށާއި، ރައްކާތެރި ވުމާއި ބެހޭ މަޢުލޫމާތު ދިނުމަށާއި، ކާރިސާތަކަށް ރައްދުދޭން ރަށުފެންވަރުގައި ތައްޔާރުކުރެވޭ ޕްލޭން އެކުލަވާ ލުމަށްޓަކައި އަމާޒު ކުރެވިފައިވާ މަސައްކަތު ސިލްސިލާ ބައްދަލުވުން ތަކެއް މިއަންނަ ޖޫންމަހު، ނުވަތަ ޖުލައި މަހުގެ ތެރޭގައި ބޭއްވޭނެ ކަމަށް ޑިޒާސްޓަރ އިން  މަޢުލޫމާތު ދެއްވަން ވަޑައިގެންނެވި  އުމަރު ފިކުރީ ވިދާޅުވިއެވެ. މިކަމާއި ބެހޭ ތަޢާރަފް ދިނުމުގެ ގޮތުން ރޭބޭއްވި ބައްދަލުވުމުގައި އިތުރަށް ތަފްސީލް ދެއްވަމުން އުމަރު ވިދާޅުވީ " މިބައްދަލުވުމަކީ އެއްބަޔަކު އަނެއްބަޔަކާއި ބައްދަލުވެ ތަޢާރަފު ވުމުގެ ގޮތުން މިރޭ ބޭއްވުނު ބައްދަލުވުމެއް. އިރާދަކުރެއްވިއްޔާ ގދ. ގައި އަޅުގަނޑުމެން މިއުޅެނީ މަސައްކަތް ފަށަންވެގެން. އެގޮތުން މިއީ ފުރަތަމަ މިޕްރޮގުރާމް ފެށުނު ގޮތް ކިޔާދިނުމަށްޓަކައި ބޭއްވުނު ބައްދަލުވުމެއްވެސްމެ. ފުރަތަމަ މިޕްރޮގުރާމް ފެށުނީ ސުނާމީ ރިކަވަރީ ޕްރޮޖެކްޓެއްގެ ގޮތުގައި. ނަމަވެސް މިހާރު މިޕްރޮޖެކްޓް މިއޮތީ ދާއިމީ ޕްރޮޖެކްޓަކަށްވެފައި. މިޕްރޮޖެކްޓުގެ މަގުސަދަކީ ކުއްލި ނުރައްކާތަކުން ސަލާމަތްވެތިބުމަށް ރައްޔަތުންނަށް މަޢުލޫމާތު ދިނުން އަޅުގަނޑުމެންނަކީ ވަރަށް ނާޒުކު ބައެއް. އުދަ އެރުމާއި، ވާރޭ ވެހުމުގެ ސަބަބުން ތަފާތު ގެއްލުންތަކެއް ވަމުންދާ ބައެއް. އެގެއްލުންތައް ވީހާވެސް ކުޑަ ކުރުމުގެ ގޮތުން ރަށުފެންވަރުގައި މިފަދަ ވޯކްޝޮޕްތައް ބާއްވައި، ޕުލޭންތައް ހަދަމުން މިދަނީ. އެގޮތުން މިހާރުވެސް ސ. މަރަދޫ ފޭދޫ ގައި މިފަދަ ވޯކްޝޮޕެއް ކުރިޔަށް އެބަދޭ. މިޕުލޭން ހެދުމުގެ ވޯކްޝޮޕުގައި ރަށުގެ ތަފާތު ގިންތީތަކުގެ ބޭފުޅުން ބައިވެރި ކުރެވޭނެ. އޭގެތެރޭގައި ކުލަބު ޖަމުޢިއްޔާ ތަކާއި ކޮމެޓީތަކާއި، ސަރުކާރުގެ އެކިއެކި މުއައްސަސާ ތަކާއި، ރަށުގެ އިސްކޮށް ތިއްބަވާ ބޭފުޅުންގެ ތެރެއިން މަދުވެގެން 60 ބޭފުޅުން ބައިވެރި ކުރެވޭނެ. މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ރޭގަނޑުގައި. އެއީ ރައްޔަތުންނަށް ދުވާލަށްވުރެ ރޭގަނޑު ފަސޭހަވާނެކަމަށް ފެންނާތީ. މި ޕްރޮޖެކްޓް ނިމެންދެން ކޮންމެ ރެއަކު 8:30 – 11:30 މި ޕްލޭން އެކުލަވާލުމުގެ މަޝްވަރާ ބައްދަލުވުންތައް ދެމިގެން ދާނެ. އެގޮތުން ހަތަރު ފަސްރެ އަށް އަށް މިމަސައްކަތް ދިގުދެމިގެން ހިގައިދާނެ ކަމަށް ލަފާކުރެވޭ. އެކަމަކު ވަގުތުތައް ނިންމާނީ ބައިވެރިން އެދޭގޮތަކަށް" އޭނާ ވިދާޅުވިއެވެ.

އޭނާގެ ވާހަކަ ފުޅަށްފަހު ބައިވެރިން ނަށް ބޭނުންވާ ސުވާލް ތައް ކުރުމުގެ ފުރުސަތު ހުޅުވާލެވުނެވެ މިގޮތުން  މީގެ ކުރީގެ މިގޮތަށް ހިންގެވުމަށް ރޭވިފައިވާ ޕްރޮޖެކްޓު ތަކުން ލިބިފައިވާ ހިތި ތަޖުރިބާގެ މައްޗަށް އަލިއަޅުވާލައްވާ ބައިވެރިން ދެންވި ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ އިރާދަކުރެއްވިއްޔާ މިޕްރެޖެކްޓުން އެ ހިތި ތަޖުރިބާ ކުރަން ނުޖެހޭނެކަމަށެވެ. މި ޕްރޮޖެކްޓް ހަގީގަތަކަށް ހެދުމަށްޓަކައި ރައްޔަތުންގެ ހިއްސާ ވަރަށްވެސް މުހިންމު ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0