ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫ ކެޓްރީނާ ދޯންޏާއި ގެމަނަފުށީ މީނާ 4 ކަނޑުމަތީގައި އެކްސިޑެންޓް ވެއްޖެ

ގައްދޫ ކެޓްރީނާ ދޯންޏާއި ގެމަނަފުށީ މީނާ 4 ކަނޑުމަތީގައި އެކްސިޑެންޓް ވެއްޖެ

ފޮންޓް ސައިޒް: Decrease font Enlarge font
image މި ހާދިސާ ގައި އެކްސިޑެންޓް ވި ކެޓްރީނާ ދޯނި

ގައްދޫ ދޯނީގައި ޖައްސާފައިވަނީ މީނާ 4 ކަމަށްވޭ

ގައްދޫ ގައި ދުއްވާ މަސްދޯންޏެއް ކަމަށްވާ "ކެޓްރީނާ" ދޯންޏާއި ގއ. ގެމަނަފުށީ މީނާ 4 ގައްދޫ ބޮއި ކައިރިން މާސްބާނަން އުޅުމުގެ ތެރޭގައި މިއަދު ހެނދުނު އެކްސިޑެންޓް ވެއްޖެއެވެ. 

މިއެކްސިޑެންޓް ހިނގަން ދިމާވި ގޮތެއް ކަމަށް ކެޓްރީނާ ދޯނީގެ ކެޔޮޅު ވިދާޅު ވަނީ ދެ ދޯނިވެސް އައިނަށް އަރަން ދުއްވުމުގެ ތެރޭގައި މީނާ 4 ދޯނި ދުއްވަން އިން މީހާ އަށް ކެޓްރީނާ ދޯނިން ނައްޓާ ނުލެވިގެން ގޮސް ޖެހުނީ ކަމަށެވެ. މި ގޮތުން މީނާ 4 ދޯނީގެ ގެ މައްޔާ ޖެހިފައިވަނީ ކެޓްރީނާ ދޯނީގެ ފަހަތު ކޮޅާއި ދިމާލަށް ކަމަށް ވެއެވެ.މިއެކްސިޑެންޓްގައި ކެޓްރީނާ ދޯންޏަށް ލިބިފައިވާ ގެއްލުން މާ ބޮޑު ނޫން ކަމަށް ވިޔަސް މީނާ 4 ގެ މައްޔާ ވަނީ ފުދޭ ވަރަކަށް ހަލާކުވެފައި ކަމަށް ވެއެވެ.

މި އެކްސިޑެންޓްގެ ސަބަބުން މި ދެދޯނީގެ ދެމެދުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގި ކަމަށާއި އެ ގޮތުން އެއް ދޯނިން އަނެއް ދޯންޏާއި ދިމާ ލަށް ބައެއް އެއްޗެހިތައް އުކާ ހެދި ކަމަށް ވެސް ވެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހެނދުނު 09:30 އެހާ ކަން ހާއިރުގައެވެ. މީގެ ކުރިންވެސް މިފަދަ ހާދިސާ ތައް މީނާ 4 ގެ ފަރާތުން އެކި ދޯނިފަހަރުތަކަށް ކުރިމަތި ވެފައިވާ ކަމަށާއި މިފަދަ ހާދިސާތައް ދިމާވާން ޖެހެނީ ބަލަންވާންވީ ވަރަށް ނުބެލުމުގެ ސަބަބުބް ކަމަށް ކެޓްރީނާ ދޯނީގެ ކެޔޮޅު އަހްމަދު ރަޝީދު މިސައިޓަށް މައުލޫމާތު ދެއްވެވިއެވެ.

މިކަމާއި ގުޅޭގޮތުން މީނާ 4 ކާއި ގުޅުއްވުމަށް ކުރި މަސައްކަތް މިއަދު ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ރޭޓިންގ އެއް ދިނުމަށް
1.33