ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫ ރިވެޓްމެންޓް ހެދުމަށް ބޭނުންވާ ގާތައް ތިލަފުށިން ގައްދު އަށް ގެނައުމުގެ މަސްކަތްކުރުމަށް އިއުލާން ކުރައްވައިފި

ގައްދޫ ރިވެޓްމެންޓް ހެދުމަށް ބޭނުންވާ ގާތައް ތިލަފުށިން ގައްދު އަށް ގެނައުމުގެ މަސްކަތްކުރުމަށް އިއުލާން ކުރައްވައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވާ ސަރަހައްދު

މިކަމަށް އެދި މިނިސްޓްރީގެ ފަރާތުންނާއި ގައްދޫ އޮފީހުން ދަނީ އާންމު އިއުލާނެއް ކުރައްވަމުން

ގައްދޫ ބިންހިއްކުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ރިވެޓްމެންޓް ހެދުމަށްޓަކައި ގެންނަން ޖެހޭ ގާތައް ތިލަފުށިން ގައްދު އަށް ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ޕަބްލިކް ވަރކްސް ސަރވިސް ޑިވިޒަން އާއި ގައްދޫ ރަށު އޮފީހުގެ ފަރާތުން އާންމު އިއުލާނެއް ކުރައްވަމުން އެބަ ގެންދަވައެވެ.

މިކަމާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށްޓަކައި ސައިޓްގެ ފަރާތުން ގައްދޫ ކަތީބް އިސްމާއީލް ޝަމީމާއި ވާހަކަ ދައްކާލުމުން އޭނާ ވިދާޅުވީ މިމަސައްކަތާއި ބެހޭ ގޮތުން ޕަބްލިކް ސަރވިސް ޑިވިޝަންގެ ބޭފުޅެއް ކަމުގައިވާ ޖުނެއިދު ގެ ފަރާތުން އެނގިފައިވާ ގޮތުގައި މި ހިނގަމުންދާ މަސް ނިމުމުގެ ކުރިން މިކަމަށް ބޭނުންވާ ހިލަތައް ގައްދު އަށް ގެނެސް ނިންމޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިމަސައްކަތް ކުރުމަށް ބޭނުންވާ ގާތައް ތިލަފުށިން ގައްދު އަށް ގެނައުމާއި، ގައްދޫ ޖެޓީ އިން ރިވެޓްމެންޓް ޖެހުމަށް ބޭނުންވާ ސަރަހައްދަށް އުފުލުމުގެ މަސައްކަތް ކުރެއްވުމަށް އެދޭ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯމް ތައްވެސް ގައްދޫ އޮފީހާއި ޕަބްލިކް ސަރވިސް ޑިވިޝަން އިން މިހާރު ދޫކުރައްވަމުން އެބަ ގެންދަވާ ކަމަށެވެ.

 ގައްދޫގެ ރިވެޓްމެންޓް ހެދުމަށްޓަކައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެސްބްލޮކް ކޮންކްރީޓް ގަލެވެ.

 

ހިއްކުމާއި ބެހޭ ޕްލޭން ބައްލަވާލައްވާ! 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0