ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫ ފެން ޕްލާންޓުން ކަރަންޓް ކަނޑައިލި މައްސަލަ: ފެންޕުލާންޓަށް މިއަދު އަލުން ކަރަންޓު ދީފި

ގައްދޫ ފެން ޕްލާންޓުން ކަރަންޓް ކަނޑައިލި މައްސަލަ: ފެންޕުލާންޓަށް މިއަދު އަލުން ކަރަންޓު ދީފި

ފޮންޓް ސައިޒް: Decrease font Enlarge font

ސްޓެލްކޯއިން ކަރަންޓު ދިނީ ރަށު އްފީހުން ފޮނުވި ސިޓީއަކާއި ގުޅިގެން ކަމަށްވޭ.

ސްޓެލްކޯގެ ކަރަންޓް ބިލްތަކަށް ފައިސާ ނުދައްކާތާ 6 މަސްދުވަސްވުމުގެ ސަބަބުން  އެއް ހަފްތާގެ މުއްދަތަށް  ގައްދޫ ފެންޕުލާންޓުން ކަރަންޓު ކަނޑާލާފައި އޮތުމަށްފަހު އިއްޔެ އަލުން  ކަރަންޓުދީފިއެވެ. 

އެހެން ކަމުން އެކަމާއި ބެހޭ ގޮތުން  ގައްދޫ ސްޓެލްކޯ ހިންގުމާއި ޙަވާލުވެހުންނެވި އަބުދުލް ހަމީދު ފަހުމީ އާއި ބައްދަލު ކުރެއްވުމުން   އޭނާ ވިދާޅުވީ ކަރަންޓް އަލުން ދީފައިވަނީ ސްޓެލްކޯގެ ހެޑު އޮފީހުން ކަރަންޓު ދިނުމަށް އެންގެވުމުން ކަމަށެވެ.  އަދި ވިދާޅުވި ގޮތުގައި ޕްލާންޓަށް ކަރަންޓް ދީފައިވަނީ  ވަގުތީ ގޮތުން ކަމަށާއި މިއީ ދާއިމީ ކޮށް ދިން ކަރަންޓެއްނޫންކަމަށެވެ. "މާދަމާވެސް ސްޓެލްކޯ އިން ކަރަންޓު ކަނޑާލަން އަންގަވައިފިނަމަ އަޅުގަނޑަށްޖެހޭނީ ގައްދޫ ފެންޕުލާންޓުން ކަރަންޓު ކަނޑާލަން." ހަމީދު ވިދާޅުވިއެވެ.

އެހެންކަމުން މިކަމާއިބެހޭގޮތުން  ރަށު އޮފީހުގެ ބަހެއް ހޯދާލުމަށް ކަތީބު އާއި ބައްދަލު ކުރުމުން އޭނާ ވިދާޅުވީ، ސްޓެލްކޯ އިން މިފަހަރު ގައްދޫ ފެންޕުލާންޓަށް ކަރަންޓު ކަރަންޓު ދީފައިވަނީ ގައްދޫ އޮފީހުން ސްޓެލްކޯ އަށް ފޮނުވި ސިޓީ އަކާއި ގުޅިގެންކަމަށެވެ. "އެސިޓީގައި އަޅުގަނޑުމެން އެދިފައިވާނީ،  ގައްދޫ ފެންޕުލާންޓަކީ ރައްޔިތުންނަށް މީރު ފެން ހޯއްދަވައި ދެއްވުމަށްޓަކައި ގާއިމު ކުރެވިފައިވާ ޕުލާންޓަކަށް ވާތީވެ، ޕުލާންޓުން ކަރަންޓު ކަނޑާލުމުން އޭގެދަތިކަން ރައްޔިތުން ތަހަންމަލް ކުރަމުން ދާތީ ވީހާވެސް އަވަހަކަށް އަލުން ކަރަންޓު ދެއްވުމަށް އެދި . އަދި ސުނާމީ އެރުމާއިގުޅިގެން ގައްދޫގެ ފެންފަށަލަ ލޮނުވެފައިވާތީއާއި އެކު،  މީރު ފެން ރައްޔިތުންނަށް ފޯރުކޮށްދޭ ޕްލާންޓަކުން ކަރަންޓު ކަނޑާލުމުން އޭގެ ދަތިކަން ރައްޔަތުން ތަޙައްމަލް ކުރަމުންދާ ވާހަކަ." ޝަމީމް ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން ގިނަބަޔަކުވަނީ ވަރަށް ބޮޑަށް ނުރުހުންފާޅުކޮށް ސްޓެލްކޯއާއި، ގައްދޫ އޮފީހާއި އަދި ރަށްކުރިއަރުވާ ކޮމިޓީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.  

  

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (1 ލިބިއްޖެ):

  07 June, 2008 07:51:01
avatar
ޝަމީމް އެކަމުގެ އިލްޒާމް އެޅުވީ ކޮމެޓީގެ މެމްބަރުންގެ ބޮލުގަ ޚާއްސަކޮށް އިލްހާމުގެ ބޮލުގަ ވީއިރު ޝަމީމުގެ ވާހަކައިގެ ތެދުދޮގު ރައްޔިތުންނަށް ހާމަކޮއްދިނުމަށް ޓަކައި ކޮމެޓީގެ ބަހެއް ހިމަނައިލިނަމަ ވަރަށް ފުރިހަމަ ވީސް ކަމުގައި ދެކެން.
ބަރާބަރު ސަކަރާތް
0
ޖުމްލަ: 1 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 1

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0