ފުރަތަމަ ސަފްހާ | ޚަބަރު | ގދ އަތޮޅު މަދަރުސާގެ މިއަހަރުގެ ފުރަތަމަ ސްކައުޓް ކޭމްޕް އިއްޔެ ނިމިއްޖެ

ގދ އަތޮޅު މަދަރުސާގެ މިއަހަރުގެ ފުރަތަމަ ސްކައުޓް ކޭމްޕް އިއްޔެ ނިމިއްޖެ

ފޮންޓް ސައިޒް: Decrease font Enlarge font
image ގދ. ވާރެލާގައި ބޭއްވި ކޭމްޕްގެ ތެރެއިން

މިކޭމްޕް ބޭއްވިފައިވަނީ ގދ ހުޅުވާރުލާ ގައެވެ.

  ގދ އަތޮޅު މަދަރުސާގެ މިއަހަރުގެ ފުރަތަމަ ސްކައުޓް ކޭމްޕް އިއްޔެ ނިމިއްޖެއެވެ. މިމަހުގެ ހަޔަކުން ނުވަޔަކަށް ކުރިޔަށް ދިޔަ މި ކޭމްޕް ބާއްވާފައިވަނީ ހުވަދު އަތޮޅު ދެކުނުބުރީ " ވާރެލާ" ނަމަކަށް ކިޔާ ފަޅުރަށެއްގައެވެ.

ތިންދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދިޔަ މި ކޭމްޕްގެ މަޤްސަދަކީ ސްކައުޓުންގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމާއި ދިމާވާ ކޮންމެ ކަމެއްގައި އަމިއްލަޔަށް އުޅެވޭނެ ފަދަ ކަންތައް ތަކެއް ދަސްކޮށްދިނުމާއި ދިމާވާ ކޮންމެ ކަމެއްގައި ސާބިތުކަމާއެކު ކުރިމަތިލެވޭނެ ފަދަ ޤާބިލުކަމެއް އެކުދިންގެ ގައިގައި ހަރުލެއްވުމެވެ. ހަމަ އެހެންމެ ސްކައުޓް ކުދިންނަކީ އަބަދުވެސް ގަޑިޔަށް ފަރުވާތެރިވާ އިސްލާމްދީނުގެ އުސޫލުތަކަށް ލޯބިކުރާ ބަޔަކަށް ވާންޖެހޭނެތީ މިފަދަ ކަންތައްތައް ދަރިވަރުންގެ ގައިގައި ހަރުލެއްވުމަކީވެސް މި ކޭމްޕްގެ އެންމެ މުހިންމު އެއް މަޤްސަދެވެ.  

މި ކޭމްޕްގައި މުޅި ޖުމުލަ ނުވަދިހަ ސްކައުޓުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ތޭވީސް ގާލް ސްކައުޓުންގެ އިތުރުން  ސާވިސް ސްކައުޓުންނާއި ސީނިޔަރ ސްކައުޓުން އަދި މިއަހަރު އަލަށް ސްކައުޓް ހިދުމަތާއި ގުޅުނު ސްކައުޓުން ހިމެނެއެވެ. މީގެ އިތުރަށް ސުކޫލުގެ ބައެއް މުސްކުޅި ދަރިވަރުން ވެސް ވަނީ މި ކޭމްޕްގައި ވަރަށް މުހިންމު ރޯލެއް އަދާކޮށްފައެވެ.   މި ކޭޕްގައި ކުރިޔަށް ގެންދެވުނު ތަފާތު ކަންތައްތަކުގެ ތެރޭގައި ރަށާއި ކައިރި ބައެއް ފަޅުރަށްރަށް ދައްކާލުމާއި މި ރަށްރަށުގެ ތިމާވެށިގެ މާހައުލާއި ފަޅުރަށްރަށް އެތުރިފައިވާގޮތްތައް ދައްކާލުން ހިމެނެއެވެ. ހަމަ އެހެންމެ ގަޑިން ގަޑިޔަށް ނަމާދުކުރުވުމާއި، ވަކި ގަޑިތަކެއް ހަމަޖައްސައި ކެއުމުގެ ކަންތައްތައް ހަމަޖައްސައި ތަފާތު ގިނަ ލެސަންތަކެއްވެސްވަނީ ކުރިޔަށް ގެންދެވިފައެވެ. އެގޮތުން ވުޑް ކްރާފްޓް ސައިން، ފަސްޓް އެއިޑް، ނޮޓިންގް، ކޭމްޕް ފަޔަރ، ވިސިލް ކޯލްސް އެންޑް ފޯމޭޝަން ހިމެނެއެވެ. މީގެ އިތުރުން ކޭމްޕްގައި ބައިވެރިވި ހުރިހާ ޕެޓްރޯލްތަކާއި ލީޑަރުން ބައިވެރިވެގެން ވަނީ ސިކްސަސައިޑް ފުޓްބޯޅަ މުބާރާތެއް ބާއްވާފައެވެ.ހަމަ އެހެންމެ ގާލް ސަކައުޓުންނާއި ޕީޓީއޭގެ މެންބަރުން އަދި އަންހެން ލީޑަރުން ގުޅިގެންވަނީ ތަފާތު ކުޅިވަރުތަކެއް ބާއްވާފައެވެ.  

 ކޭމްޕްގެ އެންމެ ފަހު ދުވަހު ކޭމްޕް ސައިޓަށް ސްކޫލުގެ ސީނިޔަރ އެސިސްޓެންޓް ޕްރިންސިޕަލްގެ އިތުން ބެލެނެވެރިންނާއި ގިނަ އަދަދެއްގެ ޓީޗަރުން ވަނީ ޒިޔާރަތް ކޮށްފައެވެ.    ގދ އަތޮޅު މަދަރުސާގެ ޔުނިފޯމް ހަރަކާތްތަކުގެ ތެރެއިން އެންމެ ހިންގުންތެރި އެއްދާއިރާ ކަމުގައިވާ ސްކައުޓުން ވަނީ މީގެ ކުރިންވެސް ތަފާތު ކޭމްޕްތަކެއް ބާއްވާފައެވެ.   ނިމިގެންދިޔަ ސްކައުޓް ކޭމްޕަކީ ގދ އަތޮޅު މަދަރުސާގެ ހަޔާތުގައިވެސް މިހާތަނަށް ބޭއްވިފައިވާ އެންމެ ފެންވަރު ރަނގަޅު އަދި ހުރިހާ ގޮތަކުންވެސް އެންމެ ފުރިހަމަ ކޭމްޕް ކަމުގައި ޕީޓީއޭ މެންބަރުންނާއި ބެލެނެވެރިން ވަނީ ފާހަގަކޮށްފައެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވި ސްކައުޓް ކޭމްޕެވެ.   މި ކޭމްޕްގެ ސަބަބުން ދަރިވަރުންނާއި ބެލެނެވެރިންގެ ގުޅުން ވަނީ އިތުރަށް ހަރުދަނާ ވެފައި ކަމަށް ގިނަ އަދަދެއްގެ ބެލެނެވެރިން ވަނީ ފާހަގަކޮށްފައެވެ.  

ޖުމުލަ ނުވަދިހަ ކުދިން ބައިވެރިވި މި ކޭމްޕްގައި ފަސް   ސްކައުޓް ލީޑަރުންގެ އިތުރުން ގިނަ އަދަދެއްގެ މުދައްރިސުންނާއި ޕީޓީއޭގެ މެންބަރުންވަނީ ބައިވެރިވެފައެވެ. ކޭމްޕް ކުރިޔަށް ދިޔައިރު މި ކޭމްގެ ހުރިހާ ކަމެއްވެސް މޮނީޓަރ ކުރުމުގައި ޕީޓިއޭ ވަނީ ވަރަށް އިސްރޯލެއް އަދާކޮށްފައެވެ. މިކޭމްޕްގައި ޕީޓީއޭގެ ފަރާތުން ވެދެއްވާފައިވާ އެހީތެރިކަމަށްޓަކާ ސްކޫލުގެ މެނޭޖްމެންޓްގެ ފަރާތުން ވަނީ ޕީޓީއޭ އަށް ޝުކުރު އަދާކޮށްފައެވެ.   ގދ އަތޮޅު މަދަރުސާގައި ސްކައުޓް ހަރަކާތް ކުރިޔަށްދާތާ މިއަހަރަކީ ނަވާރަވަނަ އަހަރެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ލިޔުމާއިގުޅޭ ފޮޓޯތައް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
2.50