ގދ.ގައްދޫ އެއަރޕޯރޓް އެޅުމުގެ މަސައްކަތް ފަށައިފި
ގދ. ގައްދޫ އެއަރޕޯރޓް ހެދުމުގެ މަސައްކަތް އަމަލީ ގޮތުން ފައްޓައިފިއެވެ. މިގޮތުން މިހާރު ކުރިޔަށް ދަނީ ސްޓާފުން ތިބޭ ވަގުތީ ބްލޮކް ތައްޔާރު ކުރުމުގެ މަސައްކަތް ކަމަށް މައުލޫމާތު ލިބެއެވެ. އެމްޓީސީސީގެ ފަރާތުން ނަން ހާމަނުކުރުމަށް އެދެމުން މިސައިޓަށް މައުލޫމާތު ދިން ގޮތުގައި ގައްދޫ ގެ ބިން ހިއްކުމަށް ބޭނުން ކުރި ޑްރެޖަރާއި އެހެނިހެން ސާމާނު ތައް މިހާރު ވަނީ އެއަރޕޯޓް އެޅުމަށް ހަމަޖެހިފައިވާ ރަށް ކަމުގައިވާ ގދ. މާވެއްދޫއާ އަށް ގެންގޮސްފައެވެ. އަދި އެއަރޕޯރޓް ގެ މަސައްކަތް ކުރުމަށް ގައްދޫގައި މަސައްކަތް ކުރިމީހުންގެ އިތުރަށް ވިލިގިނގިލީގައި މަސައްކަތް ކުރި ބައެއްމީހުންވެސް ވަނީ ގދ. މާވެއްދުއާ އަށް ބަދަލުވެފައެވެ. ގދ މާވެއްދުއާ އަކީ ގައްދު އާއި އެއްފަޅެއްގެ ގޮތުގައި އެންމެ ކައިރީގައި އޮންނަ ރަށެވެ. މިރަށް އެއަރޕޯރޓެއްގެ ގޮތުގައި ތަރައްގީ ކޮށް ނިމުމުން ގައްދޫގެ ރައްޔިތުންނަށް ވަރަށް ގިނަގުނަ ފައިދާ ތަކެއް ލިބިގެން ދާނެކަމަށް ގަބޫލު ކުރެވެއެވެ. ޚާއްސަ ކޮށް ޒަރޫރީ ބޭނުން ތަކުގައި މާލެ އަށް ދާ މީހުންނަށް ދަތުރުފަތުރު ކުރުމުގައިމިއެއަރޕޯރޓް ގެ ސަބަބުން ވަރަށް ބޮޑު ފަސޭހައެއްލިބިގެންދާނެ ކަމުގައި ޔަގީން ކުރެވެއެވެ. ގައްދޫގެ ކައިރީގައި އެއަރޕޯރޓެއް އެޅުމަކީ ގައްދޫ ރައްޔިތުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރަމުން އަންނަ އުންމީދެއްގައި ހަގީގީ ކުލަ ޖެހިގެން ދާނެ ކަމެކެވެ. މިކަމުގެ ސަބަބުން ގައްދޫގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.



ކޮމެންޓްސް ފުނުއްވާ