ފުރަތަމަ ސަފްހާ | ޚަބަރު | އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓެއް އައްޔަން ކުރުމަށްޓަކައި ވޯޓްލުން ގައްދޫގައި ކުރިޔަށް އެބަދޭ.

އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓެއް އައްޔަން ކުރުމަށްޓަކައި ވޯޓްލުން ގައްދޫގައި ކުރިޔަށް އެބަދޭ.

ފޮންޓް ސައިޒް: Decrease font Enlarge font
image ވޯޓް ލުމަށް ތައްޔާރު ވުމުގެ ގޮތުން ބަޔަކު ފޮށި ކައިރީގައި ހަރަކާތްތެރި ވަނީ

ވޯޓް ފޮށި ބަހައްޓާފައިވަނީ ޝާރިއުލް އަމީން މަގުގެ ސްކޫލާ ކައިރީގައި

އެމް.ޑީ.ޕީން ހުސްވެފައިވާ ޗެއަރ ޕާސަން ގެ މަގާމަށް މީހަކު ހޮވުމާއި އަދި އެޕާރޓީން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ނަށް ވޯޓް ލުމުގެ ކަންތައް ތައް މިއަދު 14:00 އިން ފެށިގެން ގައްދޫގައި ކުރިޔަށް އެބަދެއެވެ. އެމް.ޑީ.ޕީ ގެ ފަރާތުން ރައީސް ކަމަށް ކުރިމަތި ލައްވާފައިވަނީ މިހާރުގެ އެމްޑީ.ޕީ ގެ ރައީސް ޑރ. މުނައްވަރާއި، ކުރީގެ ޗެއަރ ޕާސަން މުހައްމަދު ނަޝީދު (އަންނި) އާއި އަދި ރައްޔިތުންގެ މަޖްލިސް ގެ ލާމް އަތޮޅުގެ މެމްބަރ  ރީކޯ މޫސާމަނިކެވެ. މިކެންޑިޑޭޓުންނަށް ވޯލުމަށްޓަކައި ފޮށި ބަހައްޓާފައި ވަނީ ޝާރިއުލް އަމީން މަގު ގައި ގދ. އަތޮޅުމަދަރުސާގެ ކައިރީގައި ހަދާފައި ވާ ޓެންޓެއްގައެވެ. ވޯޓް ލުމަށްޓަކައި ގައްދޫގައި ތިބި އެމް.ޑީ.ޕީ ގެ ވަރަށް ގިނައަދަދެއްގެ ބައެއް ވޯޓްލާ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދިޔައެވެ. ގައްދޫ ގައި މިވަގުތު އެމް.ޑީ.ޕީ ގެ ދެ ގޮފި އޮންނަ ކަމަށް ވެއެވެ. މީގެ ތެރެއިން އެއްގޮފި ހަރަކާތް ތެރި ވަނީ މާލޭގައެވެ.  ވޯޓް ލުން ކުރިއަށް ދަނީ ވަރަށް އޮމާން ކަމާއި އެކު، އެއްވެސް ކަހަލަ މައްސަލަތަކެއް ކުރިމަތި ނުވެ ކަމަށް ވެސް މިސައިޓަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0