ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫ ގައި ފެނުގައި ގަސްހައްދަން ދަސްކޮށްދޭ ކޯހެއް ފައްޓައިފި

ގައްދޫ ގައި ފެނުގައި ގަސްހައްދަން ދަސްކޮށްދޭ ކޯހެއް ފައްޓައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image ކޯހުގެ ބައިވެރިން އަމަލީ މަސައްކަތުގައި

ގައްދޫގައި ފެނުގައި ގަސްހައްދަން ދަސްކޮށްދޭ  ކޯހެއް ހިނގަމުން އެބަދެއެވެ. މިކޯހަކީ ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ގައްދޫ އާއި ގަމުގައި ހިންގަން ރާވައިފާ ޕްރޮޖެކްޓް ތަކުގެ ތެރޭގައި ހިމެނޭ ބައެކެވެ. އެއް ހަފްތާ ގެ މުއްދަތަކަށް ހިންގާ މިކޯހުގައި ފެނުގައި ގަސްއިންދުމާއި ބެހޭ ގިނަ މައުލޫމާތު ތަކެއް ލިބިގެންދާނެކަމަށް ކޯހުގައި ކިޔަވައިދެއްވާ ފަރާތް ކަމުގައިވާ އަބޫބަކުރު މުހައްމަދު މި ސައިޓަށް މައުލޫމާތު ދެއްވިއެވެ. މިކޯހުގައި ޖުމްލަ 31 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މިކޯހުގެ ބައިވެރިންނަށް ކޯހުން އުގެނުނު މައުލޫމާތް ބޭނުންކޮށްގެން މުސްތަގްބަލް ގައި ގެގޭގައިވެސް ތަފާތު ވައްތަރުގެ  ގަސްހެއްދޭނެ ކަމުގައި ބަކުރު ވިދާޅުވިއެވެ. މިމަސައްކަތް ކުރުމަށް ބޭނުންވާ ސާމްޕަލް ތައްޔާރުކުރުމުގެ މަސައްކަތް ގައްދޫ ރަށްވެހިގޭގައި މިހާރުވެސް ކުރިޔަށް އެބަދެއެވެ. ކޯސް ނިމުމުން ސާމްޕަލް ގްރީންހައުސް  ހަވާލުކުރާ ގޮތަށް ހަމަޖެހިފައިވަނީ ގައްދޫ އޮފީހާއި އެވެ.   

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (1 ލިބިއްޖެ):

  09 April, 2008 10:44:18
avatar
ފުރިހަމަ މައުލޫމާތު ފޯރުކޮށް ދިނުމަކީ މިކަހަލަ ސައިޓް ތަކުގެ ވާޖިބެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އަދި ހަމަ އެފަދައިން މައުލުމާތޫ ދޭފަރާތުންދޭ މައުލޫމާތު ފުރިހަމަ ގޮތުގައި ކިއުންތެރިންނަށް ފޯރުކޮށްދިނުމަކީވެސް ނޫސްވެރިކަމުގެ ރީތިނަމޫނާއެވެ. ކިއުންތެރިއެއް
ބަރާބަރު ސަކަރާތް
0
ޖުމްލަ: 1 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 1

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ރޭޓިންގ އެއް ދިނުމަށް
3.00