ފުރަތަމަ ސަފްހާ | ޚަބަރު | އެމްޑީޕީ ރިޔާސި ޕްރައިމަރީސްގެ ގައްދޫގެ ވޯޓް ފޮށި ގުނައި ނިމިއްޖެ

އެމްޑީޕީ ރިޔާސި ޕްރައިމަރީސްގެ ގައްދޫގެ ވޯޓް ފޮށި ގުނައި ނިމިއްޖެ

ފޮންޓް ސައިޒް: Decrease font Enlarge font
image ވޯޓް އެޅުން ނިންމާލުމަށްފަހު ގުނުމުގެ މަސައްކަތުގައި ބަޔަކު ހަރަކާތްތެރިވަނީ

ގައްދޫ ފޮށީގެ ވަގުތީ ނަތީޖާ އިން ހޮވިފައިވަނީ ރައީސް ރިޔާސީ ކެންޑިޑޭޓަކަށް އަންނި، ޗެއަރ ޕަރސަން ކަމަށް މާރިޔާ

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓެއް ހޯދުމަށާއި ހުސްވެފައިވާ ޗެއަރ ޕަރސަން ކަމުގެ މަގާމަށްމީހަކު އިންތިޚާބު ކުރުމަށް ގައްދޫ ގައި ނެގި ވޯޓް ގައި ރިޔާސީ ކެންޑިޑޭޓަކަށް މުހައްމަދު ނަޝީދު (އަންނި) އަދި ޗެއަރ ޕަރސަން ކަމުގެ މަގާމަށް މާރިޔާ އަހުމަދު ދީދީ ހޮވިއްޖެއެވެ. މިގޮތުން ނެގި ވޯޓް ގައި ޖުމްލަ 81 މީހުން ވޯޓް ލާފައިވާ އިރު ވޯޓް ފޮށްޓަށް ޖުމްލަ  83 ގަނޑު އަޅާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެމްޑީޕީ ގެ ފަރާތުން ވޯޓްގެ ކަންތައްތަކުގައި އެންމެ އިސްކޮށް ހުންނެވި ހަސަން އަހުމަދު ދީދީ ވިދާޅުވީ މިކަން ދިމާވި ސަބަބެއް ކަމުގައި ބެލެވެނީ ކޮންމެވެސް ދެ މީހަކަށް އޮޅިގެން އިތުރަށް ދެ ގަނޑު ދެވުމުން ކަމަށް ވެދާނެ ކަމަށެވެ. ގައްދު އަށް ވޯޓް ލުމަށްޓަކައި ފޮނުވި ކަރުދާހުގެ އަދަދަކި ކޮންމެ މަގާމަކަށް 300 ގަނޑެވެ. ވޯޓްގެ ނަތީޖާ ދައްކާ ގޮތުގައި އަންނި އަށް ލިބިފައިވަނީ ޖުމްލަ 49 ގަނޑެވެ. ދެވަނަ އަށް ދިޔަ މުނައްވަރަށް 27 ގަނޑު ވޯޓް ލިބުނު އިރު ރީކޯ މޫސާ މަނިކަށް ލިބިފައިވަނީ 7 ވޯޓެވެ. ބާތިލް ވޯޓްގެ ގޮތުގައި 7 ގަނޑު އަޅާފައި ވެއެވެ. މީގެ އިތުރަށް ޗެއަރޕަރސަން ކަމުގެ މަގާމަށް ހޮވުނު މާރިޔާ އަހުމަދު ދީދީ އަށް ލިބިފައިވަނީ 69 ގަނޑެވެ. މުހައްމަދު ނާޒިމަށް 11 ގަނޑު ވޯޓް ލިބުނު އިރު ބާތިލް 1 ގަނޑު އަޅާފައި ވެއެވެ. މީގެ އިތުރުން އެމްޑީޕީ ގެ ބައެއް މެމްބަރުން ވޯޓް ލާން ދިޔައިރު އެމީހުންގެ ނަން ވޯޓް ލިސްޓްގައި ނެތްކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރިކަންވެސް ފާހަގަ ކޮށްލެވެއެވެ.     

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0