ފުރަތަމަ ސަފްހާ | ރިޕޯރޓް | ކަންކަން ބޮއްސުންލައި ރައްޔިތުންގެ ހިތުގައި ނާއުންމީދާއި ނަފްރަތު އުފެދެނީ ކަންތައް ކުރެވޭ ގޮތުގެ ސަބަބުންނެވެ.

ކަންކަން ބޮއްސުންލައި ރައްޔިތުންގެ ހިތުގައި ނާއުންމީދާއި ނަފްރަތު އުފެދެނީ ކަންތައް ކުރެވޭ ގޮތުގެ ސަބަބުންނެވެ.

ފޮންޓް ސައިޒް: Decrease font Enlarge font
image ރެޑްކްރޮސްގެ އެހީގައި ނަރުދަމާ ނިޒާމް ގާއިމްކުރާގޮތަށް ހަމަޖެހި ފަހުވަގުތުގައި އެކަން ކެންސަލްވުމުން ރައްޔިތުން މުޒާހަރާކުރަނީ

ވޭތުވެ ދިޔަ ދުވަސްތަކުގައި އެކި ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލައިގެން އަމިއްލަ މަގްސަދުތައް ހާސިލް ކުރުމަށް މަސައްކަތް ކޮށްފައިވޭ.

އެކި ކަންތައް ތަކާއި ގުޅިގެން ދޮގު ހެދުމާއި އޮޅުވާލުމުގެ މަންޒަރު ތައް ދައްކައިގެން ބޭނުންވާ މަގްސަދުތައް ހާސިލްކުރުމުގެ ސަގާފަތް އަޅުގަނޑުމެންގެ ތެރޭގައި އޮތުމުގެ ސަބަބުން ރައްޔިތުންގެ ތެރެއިން ގިނަބަޔަކުވަނީ އެކަންކަމާއި ދޭތެރޭގައި މާޔޫސްވެ އެ މާޔޫސްވެރިކަން ނަފްރަތަށް ބަދަލުވެފައެވެ.

ދާދި ފަހަކާއި ޖެހެންދެންވެސް ރިޔާސީ އިންތިޚާބަކަށް ވިޔަސް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއް ނަމަވެސް ތަފާތު ފެންވަރުގެ ބޭފުޅުން ރައްޔިތުންގެ ކައިރިއަށް އައިސް ފުއްދައި ދިނުމަށް ނުކުޅެދިފައިވާ ތަފާތު ވައުދު ތަކާއި ފޮނި ހުވަފެންތައް ދައްކައި އެކަންކަމަށް އަމަލީ ސިފަ ނައުމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންވަނީ މުޅިން އެކަންކަމާއި ދޭތެރޭގައި ފޫހިވެ މާޔޫސްވެފައެވެ.

ކަނޑައެޅިގެން ނުވާނެ ކަންތައްތަކެއްކަން އެނގި ތިބެވެސް އެވަގުތުގައި އެދުންވެރިވެފައިވާ ކަމެއް ހާސިލް ކުރުމަށް ނުވަތަ ދިމާވެފައިވާ ނުތަނަވަސް ކަމަކުން ފަސޭހައިން ބޯދަމައިގަތުމުގެ ބޭނުމުގައި ކޮށްފައިވާ ބައެއް ކަންތައް ތަކުގެ ސަބަބުން ރައްޔިތުންގެ ކުރިމަތީގައި އެފަދަ ކަންތައްތައް ކޮށްފައި ތިބި މީހުންގެ އިއްޒަތާއި އަބުރު ވަނީ ވެއްޔާއި މޮޑެވިފައެވެ.

އެންމެ ފަހުން ނިމިގެންދިޔަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ގދ. އަތޮޅުގެ މެމްބަރެއްވަނީ މަޖިލީހަށް ކެމްޕޭން ކުރެއްވުމުގެ ތެރޭގައިވެސް މިފަދަ ވައުދުތަކާއި އަހުދު ތަކެއް ރައްޔިތުންގެ ތެރޭގައި ކޮށްފައެވެ. އޭގެ ތެރޭގައި އެފަރާތެއް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކޮށްފިނަމަ ގދ.ގެ ކޮންމެ ރަށެއްގައި ހަނދާނީ ބިނާ އެއް އެޅުމާއި، ގާނޫނީ ގޮތުން ގދ. ގެ ރައްޔިތުންނަށް ދިމާވާ ކަންތައްތަކުގައި އެހީވުމަށްޓަކައި ލީގަލް ސެކްޝަނެއް އެބޭފުޅާގެ އޮފިހުގައި ހެއްދެވުމާއި، ގދ. އަތޮޅަށް ބާނާ މަހުގެ ތެރެއިން ގިނައަދެއްގެ މަސް ގަތުން ހިމެނެއެވެ. އެހެންނަމަވެސް ރައްޔިތުންނަށް މިފަދަ ހުވަފެންތައް ދެއްކުމަށް ފަހު އަދި މިއަދާއި ހަމައަށްވެސް މިކަންތައް ތައް ވަނީ ހަގިގަތަކަށް ނުވެފައެވެ.

މިފަދަ އެހެންކަމެކެވެ. މީގެ އަހަރު ތަކެއް ކުރިން ގދ. އަތޮލުމަދަރުސާގެ ހޯލްގައި ބޭއްވި ބައްދަލުވުމެއްގައި އެއިރު ގދ. އަތޮޅުގެ އަތޮޅުވެރިޔަކަށް ހުންނެވި ބޭފުޅެއް ވަނީ ގައްދޫ ރައްޔިތުން ހިތްހަމަ ޖައްސައިދީގެން އެބޭފުޅާގެ މަގްސަދު ހާސިލްކުރުމުގެ ބޭނުމުގައި ޖެހިގެން އަންނަ އަހަރު ގައްދޫ އޮތް ސައިޒަށް ވުރެ ތިން ގުނަ ބޮޑު ސަރަހައްދެއް ހިއްކުމަށް ނިމިފައިވާ ކަމަށް ބުނެ ރައްޔިތުން އޮޅުވާލާފައެވެ. މިފަދަ އެތައް ހާދިސާ ތަކެއްގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައިވަނީ ނުތަނަވަސްކަމާއި މާޔޫސްކަން ވެރިވެފައެވެ. ރިޔާސީ އިންތިޚާބްތަކާއި ރައްޔިތުންގެ މަޖްލިސް އިންތިޚާބްތައް ކައިރިވަމުން އަންނައިރު މިފަދަ ތަފާތު ހާދިސާތައް އަޅުގަނޑުމެންވަނީ ތަޖްރިބާ ކޮށްފައެވެ.

އެހެންކަމުން ރައްޔިތުންގެ ވޯޓް އިންތިޚާބް ތަކުގައި ކާމިޔާބު ކުރުމަށްޓަކައި މިފަދަ އޮޅުވާލުންތަކާއި މަކަރުވެރިކަން ނިމުމަކަށް ގެނައުމަށް އެފަރާތް ތަކަށް ގޮވައިލަމެވެ. މިފަދަ ކަންތައް ތަކުގެ ސަބަބުން ނުކުންނަމުންދާ ނޭދެވޭ މައްސަލަތައް އަޅުގަނޑުމެންގެ ލޮލުގެ ކުރިމަތިން މިހާރު މިދަނީ ފެންނަމުންނެވެ. އެއްވެސް ހާލެއްގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ދިރި އުޅޭ ރައްޔިތުންނަކީ ތަންދޮރު ނުދަންނަ ޖާހިލުންކަމުގައި ދެކިގެން މިފަދަ އަމަލުތައް ތަކުރާރު ކުރުމަށް ހިތްވަރު ލިބި ނުގެންނެވުން އެދެމެވެ. މިފަދަ ކަންތައްތައް ހިނގާފައި ނުވާނަމަ ރާއްޖޭގެ އެކި ސަރަހައްދު ތަކުން ފެންނަމުންދާ މިފަދަ މަންޒަރުތައް ފެނުމަކީ ނާދިރު ކަމެކެވެ.

އެފަދައިން ދައްކާ ވާހަކަ ތައް ގަބޫލު ކޮށް ރައްޔިތުން އެފަރާތްތަކަށް ވޯޓް ދެނީ އެބޭފުޅުންގެ ގަމާރުކަމަކުންނެއް ނޫނެވެ. ރައްޔިތުން އެބޭފުޅުންގެ އިތުބާރާއި ޔަގީންކަން ވަކި ފަރާތަކާއި އެ ހަވާލު ކުރަނީ މުސްތަގްބަލަށްޓަކައި ކުރެވޭ ފޮނި އުންމީދު ތަކެއް ހާސިލްކުރުމުގެ މަތިވެރި މަގްސަދުގައެވެ. އެހެންކަމުން ރައްޔިތުންގެ އުންމީދު ތަކުގެ ނާޖާއިޒް ފައިދާ ތައް ނަގައިގެން އެބޭފުޅެއްގެ އަމިއްލަ މަގްސަދް ތަކެއް ހާސިލް ކުރުމަކީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ.       

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (6 ލިބިއްޖެ):

  26 October, 2008 01:28:47
avatar
ކޮންމެ ގޮތެއްވިޔަސް މި ބަދަލުގެ އުއްމީދުތައް ދޫކޮށް ނުލައްވާ!މިއީ ރަނުގެ ފުރުސަތެއްކަން ދަނެގެން ހިތްވަރާ އެކު މަސައްކަތް ކުރައްވާ އަތާ އަތް އެކަތި ގަޑަކަށް ވެގެން ގަޢުމަށް ހެޔުބަދަލެއް ގެންނަށް ޖޯޝާ ހިތްވަރު ލަމާތޯ
ބަރާބަރު ސަކަރާތް
-1
  26 October, 2008 01:19:28
avatar
ދުވަހަކުވެސް އަޅުގަޑު މި ނޫން އެހެން ވެރިކަމެއް ނުދެކެން ގޮތްބަލަންވެސް ބަދަލެއް ބޭނުން،މިފަހަރު އަޅުގަޑު މެންގެ ރައްޔިތުންގެ ފަހަރަކަށް ހަދަމާ
ބަރާބަރު ސަކަރާތް
0
  26 October, 2008 01:07:52
avatar
މިހާރު ރީއްޗަށް އަރާ ބުނަންވީ އެއްނޫ ޒުވާނުންނަށް ވެރިކަން ދޫކޮންލީއޭ އެއިރުން މިހުރިހާ ކަމެއް އެއްފަހަރާ ފިނިވީއެއްނޫ ގޮތް ބަލަންވެސް އެހެން މީހަކަށް ދޫކޮށްލަންވީ
ބަރާބަރު ސަކަރާތް
0
  25 July, 2008 07:05:29
avatar
ކަންކަމާއި ދޭތެރޭ މާޔޫސް ވުމަކީ ކަމެއް ހާސިލްކުރުމުގައި އޮތް އެންމެ ނުކުޅެދޭ ބަލި... ގައްދޫ ރައްޔިތުންނަށް މިވަގުތަކީ ވަރަށް މުހިއްމު އަދި ނާޒުކް ވަގުތެއް... ވިސްނުންތެރިކަމާއި އެކު ކުރިއަށް ފިޔަވަޅު އެޅުމަކީ ވަރަށް މުހިއްމު ކަމެއް.. ސަބަބަކީ ގައްދޫގެ ބިންހިއްކުން... އެއާރޕޯޓް އަދި ބޮޑުކުރުމަށް ހަމޖެހިފައިވާ އާބާދީ އަދިވެސް އަދިވެސް... އެގިވަޑައިގަންނަވާނެ ފަދައިން ގައްދޫ އަކީ ވަރަށް ޗެލެންޖިން ޒުވަނުންތަކެއް އޮތް ގދ. ގެ ހަމައެކަނި ރަށް...ގދ. އަތޮޅު މިވަގުތު ތަމްސީލުކުރަނީ ގައްދޫ އޭ ބުނުމުން އުފާނުވާނެ ބަޔަކުވެސް ތިބެދާނެ.. އަދި ގައްދޫ ގެ ރައްޔިތުންގެ ތެރޭގައި ގައްދޫއަށް އެގިގެން ދެރައެއް ދޭނެ ބަޔަކު ނުތިބޭނެ ކަންކަށަވަރު... ދެން އޮތީ ކާބަފައިން ހޯދި ނަންބޯޑް އަނބުރާ ގައްދޫގައި ޖެހުން... މިކަމަށް އެންމެން އަތުކުރި އޮޅާލަމާތޯއެވެ.
ބަރާބަރު ސަކަރާތް
1
  13 June, 2008 07:37:43
avatar
މި އާރޓިކަލް ރަގަޅެވެ. ނަމަވެސް ކިޔަމުންދިޔައިރު އެއްޖުމްލައެއްގައި އެއްބަސް ތަކުރާރުވެފައިވާތީ ބޮލަށްވަރަށް އުނދަގޫ ވިއެވެ.
ބަރާބަރު ސަކަރާތް
0
  12 June, 2008 10:03:29
avatar
މުޖްތަމައުގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންކަން ހައްލުކުރުމަށް ގައްދޫ އޮންލައިނުން ކުރައްވަމުންދާ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ހައްގު ޝުކުރު ދަންނަވަން ބޭނުންވެއެވެ. ޚާއްސަކޮށް ގައްދޫ މުޖްތަމައުގައި ހުރި ނޭދެވޭ ކަންކަން ފާހަގަ ކޮށް އަދި އެކި ފަރާތްތަކުން ކުރަމުންދާ އަގު ހުރި މަސައްކަތް ތައް ފާހަކޮށް ތިފަރާތުން ކުރަމުން ގެންދާ މަސައްކަތް ތަކަކީ ތައުރީފް ހައްގު މަސައްކަތް ތަކެކެވެ. އެހެންކަމުން ތި ގޮތުގައި ކުރިޔަށް ދިޔުމަށް ގައްދޫގެ ރައްޔިތެއްގެ ހައިސިއްޔަތުން އެދޭ ވާހަކަ ދަންނަވާލާ ހިތްވެއެވެ.
ބަރާބަރު ސަކަރާތް
0
ޖުމްލަ: 6 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 6

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
4.33