ނިއުސް ލެޓަރ
އީމެއިލް:
ކޮންމެ ކަމެއްވެސް ގައްދޫ ރައްޔިތުންނަށް ކޮށްދެވޭނީ މުޒާހަރާ އާއި އާދެސްދެންނެވެމުންތޯއެވެ. | ރިޕޯރޓް | ފުރަތަމަ ސަފްހާ

ކޮންމެ ކަމެއްވެސް ގައްދޫ ރައްޔިތުންނަށް ކޮށްދެވޭނީ މުޒާހަރާ އާއި އާދެސްދެންނެވެމުންތޯއެވެ.

ފޮންޓް ސައިޒް: Decrease font Enlarge font

ގައްދޫގެ އުމްރާނީ ތަރައްގީ އަށްޓަކައި ސަރުކާރުން މިހާތަނަށް މާކަ ގިނަ ކަންތައް ތަކެއް ކޮށްދީފައި ނުވިކަމުގައިވިޔަސް، ކޮށްދީފައިވާ މަދު ކަމެއް އޮތްނަމަ އޭގެތެރެއިން ގިނަކަންތައް ކޮށްދީފައިވަނީ ރައްޔިތުންގެ މުޒާހަރާއާއި ފިއްތުން ތަކުގެ ސަބަބުންނެވެ.

ގައްދޫގައި ބިންފުރި ގެދޮރު އާބާދު ކުރުމަށް ބިންނެތިގެން އުޅުނުއިރު އެންމެ ފުރަތަމަ ސަރުކާރުން ބިންހިއްކެވުމަށް ނިންމާފައިވަނީ ދިރިއުޅުމަށްޓަކައި ގޯތި ބޭނުންވާ ފަރާތްތަކަށް ބިންދެވޭ ވަރަށްވުރެވެސް ކުޑަސަރަހައްދެކެވެ. އެހެންނަމަވެސް މިކަމާއި ރައްޔިތުން ނުރުހުންވެ ކުރެވުނު މުޒާހަރާ ތަކަށް ފަހު ގައްދޫގެ ބިން މިހާރު އޮތް ސައިޒަށްވަނީ ބޮޑުކޮށްދީފައެވެ.

ގައްދޫ އެއަރޕޯރޓް ކަންތައް ވެސް ދިޔައީ ހަމަ މިކަހަލަ ގޮތަކަށެވެ. އެންމެ ފުރަތަމަ ގއ. ދިޔަދޫގައި އެއަރޕޯރޓް އެޅުމަށް އިއުލާންކުރުމަށްފަހު މިއެއަރޕޯރޓް ބަދަލު ކުރެއްވީ ގއ. ވިލިނގިލީގެ ކައިރީގައި އޮންނަ ދިގުރަށަށެވެ. މިހެން ކަންތައް ދިމާވުމުން އަނެއްކާވެސް ގައްދު އާއި ގައްދޫގެ ކައިރި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ކުރެއްވި ބުރަ މަސައްކަތްތަކެއްގެ ސަބަބުން ގދ.މާވެއްދޫ ގައި އެއަރޕޯރޓެއް ހެދުމަށް ހަމަޖެހިގެންދިޔައެވެ. ސަރުކާރުން ނިންމަވާ މިފަދަ ނިންމެވުންތައް ވާންޖެހޭނީ ވަރަށްބޮޑަށް ވިސްނެވުމަށްފަހު އާންމު މަސްލަހަތާއި ތައާރަޒް ނުވާނެ ގޮތެއްގެ މަތިން ނިންމަވާ ނިންމެވުން ތަކަށެވެ.  

ގައްދު އަކީވެސް ރާއްޖޭގެ ރަށްތަކަށް ބަލާއިރު އާބާދީ ގޮތުން ނިސްބަތުން ބޮޑު ރަށެކެވެ. އެހެންކަމަށްވީއިރު އާބާދީ ގޮތުން ގައްދުއާއި އެއްވަރު ނުވަތަ އެއަށްވުރެ މަދު އާބާދީ އެއް އޮތް ރަށްތަކަށްތަރައްގީ ގައި އިސްކަންދޭއިރު ގައްދޫގެ ތަރައްގީ އަށް ޓަކައި މިހާތަނަށް ސަރުކާރުން ކޮށްދީފައިވާ މާގިނަ ކަންތައްތަކެއް ފެންނާކަށް ނެތެވެ. ކުރީގައި ގައްދޫގެ ބިމުގެ ޖާގަ ނެތް ކަމުގައި ވިޔަސް ހަމަ ގައިމުވެސް ގައްދޫ އިން ނަރުދަމާގެ ނިޒާމް ކެންސަލް ކުރި އިރު ގައްދޫގައި ބިން އޮތެވެ.

އެހެންކްމުން މިމަސައްކަތް ދާންދުއާއި ވިލިނގިއްޔާ އެކު ފެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ ސަރވޭ ތަކެއް ނިމި މަސައްކަތް ފެއްޓުމާއި ހަމައަށް ދިޔުމުން އެއްވެސް މަގުބޫލު އުޒުރެއް ނެތި  ފަހު ވަގުތުގައި މިލިސްޓުން ގައްދޫ އުނި ކުރުމަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ނަރުދަމާ ނިޒާމް ގާއިމް ކުރާލިސްޓުން ގައްދޫ އުނިކުރުމަށްފަހު ގައްދޫގެ މަސައްކަތަށް ބޭނުންވާ ފައިސާއެއް އަދި މިހާތަނަށް ސަރުކާރަށް ލިބޭ ގޮތް ނުވެފައި ވިޔަސް އިހަކަށް ދުވަހު ތިނަދޫގެ ނަރުދަމާގެ މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ ފަންޑް ހޯދާފައެވެ. އެހެންކަމުންމިގޮތަށް ސަރުކާރުން ކަންތައް ކުރުމަކީ ގައްދުގެ ރައްޔިތުންނާއި ދޭތެރޭގައި ކަނޑައެޅިގެން ކުރެވޭ ބޭއިންސާފެއް ކަމުގައި ނޫނީ ވާނެތޯއެވެ. މިހާރު ކަންތައް ވީގޮތުން ގައްދޫގެ ނަރުދަމާގެ މަސައްކަތް ކެންސަލްކުރީ މިހާތަނަށް ތިނަދޫގައި ރަނގަޅު ނަރުދަމާ ނިޒާމެއް ނިޒާމް ގާއިމްވެފައި ނެތުމުގެ ސަބަބުން އެރަށަށްވުރެ ކުރިން ގައްދޫގައި ނަރުދަމާގެ ނިޒާމް ގާއިމްކުރެއްވުމަށް ސަރުކާރުން ބޭނުންނުވާތީ ކަމަށް ބެލެވޭނެ ޖާގަ އެބައޮތެވެ.

ގައްދޫ އަކީ ސުނާމީ ގައި ފެންތަޣައްޔަރުވުމުގެ ސަބަބުން އިންތިހާ އަށް ފެނުގެ މައްސަލަ ދިމާވެފައިވާ ރަށެކެވެ. އެހެންކަމުން މިފަދަ ރަށެއް އެކަހެރި ކުރުމަށްފަހު އެހެންރަށްތަކަށް ސަރުކާރުން އިސްކަން ދެއްވުމަކީ ގައްދޫގެ ރައްޔިތުންގެ ހިތުގައި ރުޅިވެރިކަމާއި ހިތްހަމަ ނުޖެހުން  އުފެދޭނެ މައްސަލަ އެއްކަން ޔަގީނެވެ. ސަރުކާރެއް ވާންވާނީ ރައްޔިތުންނަށް ހަމަހަމަ ކަމާއި އިންސާފްވެރި ގޮތެއްގައި ކަންތައްތައް ކޮށްދޭން ޖެހޭ ބަޔަކަށެވެ. ވީމާ ގައްދޫ ރައްޔިތުން ސަރުކާރަށް މިގޮވައިލަނީ މިފަދަ ކަންތައްތަކުގައި ހަމަހަމަ ގޮތެއްގައި ކަންތައް ކުރުމަށާއި ވަކި ބަޔަކަށް މޮޅު ގޮތް ހޯދައި ވަކި ބަޔެއް އެއްފަރާތް ނުކުރުމަށެވެ.

ކޮމެންޓްސް (9 ލިބިއްޖެ):

  14 June, 2008 01:40:41
avatar
މި ލިޔުމާއި އަޅުގަނޑު މުޅިން އެއްބަހެއް ނޫން. އެހެން ރަށްރަށަށް ވުރެ ކުރިން 24 ގަޑިއިރުގެ ކަރަންޓް ގެ ޚިދުމަތް ގައްދުއަށްވަނީ ފޯރުކޮށްދެވިފައި. އަދި ގައްދޫގެ ބަނދަރުވެސް ގިނަ ރަށްރަށަށް ވުރެކުރިން ސަރުކާރުން ހަދައިދީފައިވޭ. ތަރައްގީގެ އެހެނިހެން ކަންތައް ލަސްވުމުގައި ދެގޮތަކަށް ބެލިދާނެ. ފުރަތަމަ ސަބަބަކީ ވަރަށް ފަހަކާއި ޖެހެންދެންވެސް ތަރައްގީގެ ރޮނގުގައި ގައްދޫގެ ރައްޔިތުން މާގިނަ މަސައްކަތް ތަކެއް ކޮށްފައެއް ނުވޭ. ދެވަނަ ސަބަބަކީ އަޅުގަނޑުމެންގެ ސަރުކާރުވަނީ ރައްޔިތުންގެ ދަށުވެފައިކަން.
  16 June, 2008 09:07:42
avatar
ހަގީގަތުގަވެސް ސަރުކާރުން ގައްދޫގެ ތަރައްގީއައް ކަންތައް ނުކޮށްދެއެކޭ ބުނެވޭނެޖާގައެއްނެތް. މިއަތޮޅުގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުން ހަމަޖައްސަން އުޅުނީ ވެސް ގަމުގަ.އެކަންވެސް ހަގީގަތަކަށް ނުވީ އެއިރުތިއްބެވި ވެރިން އެކަންނުކުރުމުން. ގަމުކީ ރައްޔިތުން ދަނޑުވެރިކަންކުރާ ރަށޭ ގަމުގަ އެއަޕޯޓް އަޅައިފިއްޔާމު ގައްދޫ ރައްޔިތުން ބަނޑަށް ޖެހިދާނެޔޭ ބުނެ އަމިއްލައެދުން އިސްކުރީ. އެހެންނޫންނަމަ ގައްދޫގައި އޮންނާނީ އެއަރޕޯޓް މާކުރިންވެސް އެޅިފަ އަދި އިތުރު ތަރައްގީވެސް ލިބިފަ
  14 July, 2008 06:46:40
avatar
ގައްދު މީހުން މާމުޒާހިރާ ވެގެން ތިއުޅެނީ ކީއްވެ؟ މުޒާހިރާ ކުރިޔަސް ނުކުރިޔަސް ކަންތައް ކޮށްދޭނި ސަރުކާރަށް ފެނިލެއްވީމަ. "ކޭހާއްލާ"
  14 July, 2008 07:52:35
avatar
ކޭހާއްލާ ބުނަން. އެއީ ހަމަ އެކުދިންގެ އާދަ. ކަމެއްގެ ހަޤީޤަތް ބެލުމެއްނޯންނާނެ. ބަލާނީ ކޮންމެ ކަމަކާމެދުވެސް ދެކޮޅުހަދައި ހަޅޭއްލެވޭތޯ. އެއީ އެމީހުންގެ އިންސާފް.. އެއިން ކޮންމެ މީހަކަށް ޙައްޖުދަތުރެއް ދިނަސް އެކަމާވެސް ދެކޮޅުހަދާ މުޒާހަރާ ކުރަންފަށާނީ.. ދެން މަ ހީހީ
  14 July, 2008 08:32:15
avatar
ފާޑުފާޑުގެ ވާހަކަ ދައްކާއިރު މިހުރިހާ ދުވަހަކު ގައްދޫ ރައްޔިތުންގެ މަތިން ސަރުކާރުން އަޅާލައިފައި އެބަ އޮތްތަ؟ މުޒާހަރާ އެއްވެސް ނުރުހުމެއްވެސް ނުދައްކާނެ ރައްޔިތުން ރުއްސާފައި ބައިތިއްބާނަމަ. ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ގައްދޫ ރައްވެހިގޭގައި އަޅާފައި އޮތް ބިންގާ މިހާރު އެދަނީ ފީވެ ހަލާކުވަމުން. ގައްދު އަށް އައިސްބަލާބަލަ މިހާރުވެސް އެރަށް އެއޮތީ 1950 ގެ އަހަރުތަކުގައި ރަށް އޮތް ހާލަތުގައި. ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކޮންފުރުސަތު ތަކެއް ތަނަވަސް ކޮށްދީފައިވަނީ؟ އަދި މިއަދާއި ހަމައަށްވެސް ރައްޔިތުން ގިނަގުނަ ކަންތައްތަކަށް އާދޭސް ދަންނަވާއިރުވެސް ކަހާތަން ހިރުވާވެސް ނުލާ. ބާމިސްކިތެއް ދައްކާފައި މީ މިދައުރުގައި ތަރައްގީ އަށް ކޮށްދީފައި ހުރި ކަންތައްތަކޭ ބުންޏަސް އެވާހަކަ ގަބޫލުކުރާނީ ކާކު؟ ބަލާބަލަ ރަށުގެ ޖެޓީ ހުރި ހާލަތު. ބޭނުންވާ ރަށަކަށް ފުލުފުލުގައި ޕްރޮޖެކްޓްތައް ހިންގޭ. މި ގޮތަށް ތަފާތު ކުރުންތައް ގެންގުޅޭނަމަ މުޒާހަރާ ކީއްކުރަން އެހެންކަންތައްވެސް ކުރާނެ. ހަގީގަތް އޮޅިފައިވަނީ އަހަރެމެންނަކަށް ނޫން.
  14 July, 2008 12:31:15
avatar
ދޮންކަލޯ ބުނަން. ގައްދޫއަށް އަރާ ކަންކަން ބަލާފަ މިބުނަނީ. 1950ގައި އޮތް ޙާލަތުގައި މިހާރުވެސް އޮތްކަން ތިބުނަނީ.. އޭގެން އެއެގެނީ ރަށުގެ ރައްޔަތުންގެ ހިތްތަކުގައި ތަރައްޤީގެ ވަސްވެސް ނެތްކަން... ތަރައްޤީގެ ޚިޔާލުހުރި ރައްޔަތުން އުޅޭ ރަށްރަށް ކުރިއަރައިގެން ގޮސްފަވަނީ..... އެހެން ރަށްރަށް ކުރިއެއަރަނީ އެ ރަށްރަށުގެ މީހުންގެ ހިތްތަކުގައި ތަރައްޤީގެ ވިންދު ޖަހާތީ... ދާދި ފަހަކާ ޖެހެންދެންވެސް ގައްދޫގެ ގިނަ މީހުން ދެކެނީ ތި ރަށުގެ ތަރައްޤީއަކީ އެއުޅޭ ދެ ރާޖާ ކަމަށް... އެދެރާޖާ ރައްޔަތުން ނިންދެވި ޣާފިލްކަމުގެ ނިދިން އަދިވެސް ތިއުޅެނީ ރަނގަޅަށް ހޭނުލެވިގެން...... ދެންވެސް ހޭލާ... މޮޅެތި ވާހަކަ ދެއްކިޔަކަސް ކަމަކު ނުދާނެ... ތިމާގެ ދިރިއުޅުމާ ދިރިއުޅޭ މާހައުލު ތަރައްޤީ ކުރުމުގައި ތިމާގެ ޒިންމާ އެއްވެސް ވާކަން ޤަބޫލުކކޮށްބަލަ... މުޅި ރަށް ތިއޮތީ ހަކުރަށް ގޮސް ހުސްވެފަ... ބާރަށް ހަޅޭއްލަވާފަ އެންމެ ލަދުޙަޔާތް ކުޑަކޮށް އުޅޭ މީހާ އެއީ ގައްދޫގަ އެންމެ ގަދަ މީހާ.. ދެންބުނޭ ހަކުރު އެއީ މައުމޫން 30 އަހަރުވަންދެން ކުރިޚިދުމަތޭ. ބަލަ އެހެން ކަމަށްވާނަމަ ކީއްވެ ހަކުރުގެ ބަލާ ނެތް ރަށްރަށް މިއަދުވެސް ރާއްޖޭގަ ހުރީ... ރުޅި އަޔަސް ހެޔޮ... ތީ ހަމަ ކަޑަރަށެއް. ކޮންމެވެސް ސަބަބެއް އޮތީމައެއްނު ތި ރަށުގެ އަވައްޓެރި ރަށްރަށު މީހުންވެސް ބުނަނީ ގައްދޫ މީހުންގެ ލޭ ހުންނަނީ ރަތްކުލައިގަ އެއްނޫނޭ ފެހި ކުލައިގައޭ.. ދެން މަ ހީ ހީ
  14 July, 2008 08:23:12
avatar
ތިޔައީ ވަކި ފަރާތެއް ހިމާޔަތް ކުރަން ހަގީގަތާއި ޚިލާފަށް ވާހަކަ ދައްކާ މީހެއްހެން ހީވެ. ބަލަ މުޒާހަރާ ކުރަނީ ތަރައްގީގެ ޚިޔާލު ހުންނާތީއެއްނޫން. އެހެންރަށްރަށަށް ސަރުކާރުން ތަރައްގީ ތަބަކަކަށް ލައިގެން ގެނެސް ހަދިޔާ ކުރާގޮތަށް ގައްދު އާއި ދޭތެރޭގައި ކަންތައް ކުރާނަމަ ވާހަކަ ދައްކާނެ ފުރުސަތެއްނޯންނާނެ. ތިޔަބޭފުޅާ އަށް ފަހުމް ނުވިޔަސް ތަރައްގީގެ ޕްލޭންތައް ކަނޑައަޅާ ކަންތައް ކުރަންޖެހޭނީ ސަރުކާރުގެ ކަމާއިބެހޭ މިނިސްޓްރީ ތަކާއި ރައްޔިތުންނާއި ގުޅިގެން. ކަންކަން ނުކުރާތީ ނުކުރެއޭ ބުނަނީ.
  25 July, 2008 07:44:16
avatar
ސަރުކާރުން ކޮށްދޭ ކަންތައްތަކަކީވެސް ކުރިން ޕްލޭންކޮށްގެން ކުރާ ކަންތައްތަކަކަށްވާތީ، ވަގުތުން އެއްވެސް ރަށެއްގައި އެކަމެއް ކުރަންފެށޭނެކަމަކަށް ގަބޫލުކޮށްގެން އުޅުމަކީ ދެރަކަމެއް....ކުރިއަރާފައި ތިބި ގައުމުތަކުގެ ރައްޔިތުން މިފަދަ ކަންތައްކުރަނީ މުޒާހަރާ އަކުންނެއް ނޫން...ވީއިރު އެއީ ކޮންގޮތެއްތޯ ހޯދައި ދަނެގަނެގަންނަން މަސައްކަތް ކުރުމަކީ މުޒާހަރާ ކުރަން ބޭނުންވާ ފަރާތްތަކަށް މުހިއްމު ކަމެއް ކަމަށް ދެކެން... ތަރައްގީގެ ތެރެއިން އެންމެބޮޑު ތަރައްގީ އަކީ އިންސާނީ ވަސީލަތްތަށް ތަރައްގީ ކުރުން...ދިވެހިރާއްޖެ އަކީ މުޅި އޭޝިޔާ އިން އެއްވަނަ... ވީއިރު މައުމޫނުގެ ސަރުކާރުންވެސް ވަނީ ދުނިޔޭގެ ފެންވަރުގައިވެސް މިގައުމަށް ތަރައްގީ ގެނެސްދީފައި...ދިވެއްސަކަށް ވީތީ ހަމަގައިމުވެސް އަހަރެން އުފާވޭ... ބޮޑަށް އުފާވަނީ ގައުމުން ބޭރުގައި އެހެން ބުނެލާވަގުތު...
  07 September, 2008 02:40:50
avatar
ދެން މަ ހީހީ އަށް ބުނެލަންއޮތީ އަދިވެސް ދިވެހި ތާރީޚުގައި ރަންއަކުރުން ލިޔަންޖެހޭނެ ނަމެކޭ ގދ.ގައްދުއަކީ... އަދިމިހާތަނަށް ދާންދެންވެސް ގައްދުއަކީ ވެރިންނަށް ބޯލަނބައިގެން ތިބޭބަޔެއްކަން އަދުގެ މިކެހިވެރި ސަރުކާރު ޤަބޫލުކުރާނެ. ނަމަވެސް ދެފުށްދެގޮތް ސިޔާސަތުގެ ވެރިކަމެއްގައި ބަލާނީ އަބަދުވެސް ދެން އަތުއަޅުވާލަންވީ ކޮންބައެއްތޯ؟ ތެދެއްމެ ދިވެހި ސަރުކާރަށް ގައްދޫ ރައްޔިތުންވީ ވަފާތެރިކަމަށް ސަރުކާރުން ދިނީ ބަދަލުގައި ކޮޅުކެއްސެއް. މިއަދު މުޒާހަރާކޮށްގެން ކުރެވޭ ކަންތައް ނުފެނޭތޯ؟ ކަލޯގެޔާ އަހަރުމެން މުޒާހަރާވެސް ކުރާނަން ސަރުކާރުން ކަންތައްތައް ކުރުމަށް މަޖުބޫރުވެސް ކުރުވާނަން. ލައްކަ ދުވަހު ކުޅިކުޅެވިއްޖެނު،، ދެން އަޑުނާހާ ކުރާނެކަމެއް ނޯންނާނެ. (ހށނ)

ކޮމެންޓްސް ފުނުއްވާ comment

ރޭޓިންގ އެއް ދިނުމަށް
0