ފުރަތަމަ ސަފްހާ | ރިޕޯރޓް | ޒާތީ ތައައްސަބުތައް ދުރުކޮށް އެންމެން އެކަތިގަޑަކަށް ވަމާހިނގާށެވެ.

ޒާތީ ތައައްސަބުތައް ދުރުކޮށް އެންމެން އެކަތިގަޑަކަށް ވަމާހިނގާށެވެ.

ފޮންޓް ސައިޒް: Decrease font Enlarge font

ގައްދޫގެ މުސްތަގްބަލަށްޓަކައި މިއީ ހަގީގަތުގައިވެސް ކުރަންޖެހިފައިވާ ކަމެކެވެ

ތަރައްޤީއަށްޓަކާ ކުރެވޭ އެއްވެސް ކަމެއްގައި ސިޔާސީ ކުލަ ޖެހިގެން ނުވާނެއެވެ.  އަޅުގަނޑުމެން ފަޚުރުވެރިކަމާއެކު އެރަށަކަށް ނިސްބަތްވާ ގައްދޫއަކީ މީގެ އެތަކެއް  އަހަރުތަކެއްކުރިން ދިވެހި ރާއްޖޭގައި ތަރައްޤިއާއި ތަހުޒީބުގެ ގޮތުން އެންމެ ކުރިއަރާފައިވާ އެއް ރަށެވެ. އެއް ޒަމާނެއްގައި ހުވަދު އަތޮޅުގެ ވެރިކަން ކުރި ރަށްވެސް މެއެވެ. އެންމެ ފުރަތަމަ ދިވެހި ރާއްޖޭގައި އުފެދުނު ސައުދާގަރު ގެ އުފަން ރަށެވެ. އެންމެ ފުރަތަމަ ރަން "ފައުލާއެއް" ގެންގުޅުނު މީހާގެ ވެސް އުފަން ރަށެވެ. ދިވެހި ސަރުކާރަށް އެންމެ ފުރަތަމަ ނައިލޯނު ވަލެއް ގަނެދިން މުއްސަނދި މަހުޖަނުގެ އުފަން ރަށެވެ. ކުރުކޮށް ދަންނަވާނަމަ ދިވެހި ރާއްޖޭގައި އެ ޒަމާނުގައި އެންމެ މުއްސަދި އެއް ރަށެވެ. އެހެން ނަމަވެސް މިއަދު އެހެންތޯއެވެ؟ އެ މުއްސަނދިކަން ކޮބައިބާއެވެ.؟ 

ގައްދޫއަކީ ދެކުނުގެ ބޮޑު ބަޣާވާތުގައި ދިވެހި ސަރުކާރާ އެއްކޮޅަކަށް އޮތް ހަމައެކަނި ރަށޭ ބުނާތީ އަހަމެވެ. ކައިރި ރަށް ރަށުގެ މީހުން ފިހުނު ތޮޅި މަހާއި މަޝަންދަތި ފަދަ ތަކެތި ހިފައިގެން ރިޔަލު އޮޑީގައި ގައްދުއަށް އައިސް އެތަކެތި ވިއްކި ހަނދާން އިއްޔެ ވީ ކަމެއްހެން ހަނދާނުގައި އެބަހުއްޓެވެ. އެހެންނަމަވެސް މިއަދު އެ މުއްސަނދިކަން ކޮބައިތޯއެވެ.؟  ރަށް މިވަނީ ބައިބައިވެފައެވެ. މުއްސަދިންނާއި ފޯރާ މީހުން އެބަތިއްބެވެ. އެހެން ނަމަވެސް ރަށަށް އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ މުޅި ރަށަށް މިއަދު މިވަނީ ސިޔާސީ ވައިރަސްއެއް ފެތުރިފައެވެ. ތަރައްޤީގެ މަގުގައި ކުރެވެމުންދާ ކޮންމެ ކަމަކަށް " ސިޔާސީ ވައިރަސް" ދަނީ ވަންނަމުންނެވެ.   އެހެން ނަމަވެސް މިއީ ކަންތައް ހިނގަން ޖެހޭ އުސޫލެއް ނޫނެވެ. އިންތިޚާބު ތަކުގައި ފައިސާވެރިން ވާދަކުރުމަކީ މައްސަލައެއް ނޫނެވެ. އަދި އެ ރަށެއްގެ އުފަން ދަރިޔަކު އެއިންތިޚާބުގައި ވާދަކުރުމުން އެ ކަމަށް ތާއީދުކޮށް ހޮވުންވެސް އެއީ ޤައުމީ އަދި ފަރުދީ ވާޖިބެއް ކަމުގައި ދެކެމެވެ. އެހެން ނަމަވެސް އޭގެ ނަތީޖާ ފެންނަން ޖެހޭނީ ވަކި ބަޔަކަށް ނޫނެވެ. މުޅި ރަށަށެވެ. މިއަދު ގައްދޫގައި މުއްސަނދިންތަކެއް ތިބިއިރު އެމުއްސަދި ކަމުގެ އެއްވެސް ކުލަވަރެއް ގައްދޫއިން ފެންނާކަށްނެތެވެ. އެކަކު ގައްދޫ އަށް ތަރައްޤިގެ މަގުގައި ޚިދުމަތެއް ކޮށްދޭން އުޅެފިނަމަ ދެންތިބި ބައެއްގެ މޫނު ދާނީ ފޭއަށެވެ. އެކަކަށް ނުވި ކަމެއް އަނެކަކު ކުރުމަކަށް ހުއްދައެއް ނެތެވެ. މިއީ މިއަދު އަޅުގަނޑުމެންގެ ހާލަތު ހުރި ގޮތެވެ.

   ލޯބިވާ ގައްދޫގެ ފަރުދުންނެވެ. ސިޔާސީ ވާދަވެރިކަމާއި ޒާތީ ތަޢައްސުބަކީ އޮންނަން ޖެހޭނެ އެއްޗެއްނޫނެވެ. އެހެން ނަމަވެސް ރަށުގެ ތަރައްޤިއަށް ކުރެވޭ ކަންތައްތަކުގައި އެންމެ ނިކަމެތި މީހާ އާއި މަހުޖަނުންވެސް އެއްގަލަކަށް އަރަންޖެހެއެވެ. މަޒީގައިވެސް ކަން ހިނގާފައިވަނީ އެފަދަ ގޮތަކަށެވެ. ހުވަދޫ ބަޢާވާތެވެ. މުޅި ތިން އަތޮޅުގެ މައްޗަށް ގައްދޫ ކުރި ހޯދި ގޮތުގެ ވާހަކަ އެއީ މަޝްހޫރު ވާހަކައެކެވެ.   މިފަދަ ހާދިސާތަކުން އިބްރަތް ހާސިލް ކުރުމަކީ މިއަދު އަޅުގަނޑުމެން ކުރަން ޖެހޭ ކަމެކެވެ. އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ. ވަކިވެގަތުމަކީ ނިކަމެތި ކަމެކެވެ.

އެޑް ކުރޭ : Add to your del.icio.us del.icio.us | Digg this story Digg

ކޮމެންޓްސް (5 ލިބިއްޖެ):

  27 June, 2008 07:15:53
avatar
އަޅުގަނޑުމެންގެ މި ޖީލުގެ ވިސްނުން ގާތްގަނޑަކަށް ވަރަށް އެއްގޮތް ކަމަށް ފާހަނގަ ކުރެވޭ. ހުރިހާ އެންމެންނަށްވެސް ކަންތައް ކުރަންޖެހޭނީ މި ލިޔުމުގައިވާ ގޮތަށް ކަމަށް ގަބޫލު ކުރެވޭ. އެކަމަކު ގައްދޫ ގައި މިފަދަ ކަންތައްތަކާއި މެދު ވިސްނާ ފިކުރު ކުރާ ޒިންމާދާރު ބައެއް އެބަ އުޅޭބާ؟ ގައްދޫގައި ތިބި ޖަމްއިއްޔާ ތައްވެސް ރަނގަޅަށް ހިންގަން ބޭނުންވޭ މިފަދަ ކަންތައް ކާމިޔާބު ކުރަން ބޭނުންވިއްޔާ. މިފަދަ ކަންތައްތައް އިސްލާހު ކުރެވޭނީ އަމިއްލަ އެދުން ދޫކޮށް އެއް ރޫހެއްގައި މަސައްކަތް ކޮށްގެން. ނޫނީ އިސްލާހަށް އެދޭ ބައަކު އުޅެންޏާ އެއެންމެންވެގެން އާ ޖަމްއިއްޔާ އެއް އުފެއްދުން ބުއްދިވެރި.
0
ރައްޔިތެއް   01 July, 2008 11:47:41
avatar
ގައްދޫއަކީ އެހެން ރަށްރަށަށް ނަމޫނާ ބަޔަކު ދިރިއުޅޭ ރަށެކެވެ. މި ލިޔުން ލިޔެފައިވާ ލިޔުންތެރިޔާއަކީ މިކަމަށް ވަރަށް ޤާބިލް މީހެއް ކަމުގައި މިލިޔުން ކިޔާލުމުން ފާހަގަ ކުރެވެއެވެ. މިހާރަށްވުރެ ބޮޑަށް މި ލިޔުންތެރިޔާ ލައްވާ ލިޔުންތަކެއް ލިޔުމަކީ އިތުރު މައުލޫމާތު ލިބިގެންދާނެ ކަމެއް ކަމުގައި ދެކެމެވެ.
0
ނީރު   25 July, 2008 06:05:03
avatar
މިލިޔުމުގެ ސުރުޚީއަށް އައްސަރިބަހާ ސާބަސް... އަދި ސިޔާސީ ގޮތުން ވާދަކުރުމަކީ ޒާތީ މައްސަލައެއްނޫން....މައްސަލައަކީ އެފަދަ ވާދަވެރިކަމަކުގައި ހުންނަންޖެހޭ ރޫހުގެ މާނަ އޮޅުން... ވާދަވެރިކަމަކީ ނިމުމެއް އޮންނަކަމެއް....ބަލިވިމީހަކު މޮޅުވިމީހާ އާއި ވަގުތުން ސަލާމްކޮށް މަރުހަބާކިޔުމަށްފަހު ބަލިވިމީހާގެ ސަޕޯޓަރުންނަށް ވަރަށް ސާފްކޮށް "މިފަހަރު ބަލިވީކަމަށް ގަބޫލުކުރަން" އަދި މޮޅުވިމީހާ އާއި އެކުވެގެން ރަށުގެ ކުރިއެރުމަށް މަސައްކަތްކުރުމަށް ގޮވާލަންޖެހޭނެ... މިސާލަކަށް ގައްދޫ ޒާހިރު އާދަމާއި ވާދަކުރި ލިސްޓަކުން ގައްދޫ މުހައްމަދު ޒާހިރުގެ ނަންފުޅެއްނެތް. އެހެން ވެއްޖިއްޔާ އެތާކު ވާދަވެރިކަމުގެ މައްސަލައެއް މުހައްމަދު ޒާހިރުގެ ފަރާތުން އުފައްދާނެ ޖާގައެއްނެތް ...ދެންއޮތީ ކަތީބު ކަމުގެ ވާހަކަ ... މިއީ ރޭހެއްނޫން .. ސަރުކާރުން ގެންނެވި ބަދަލެއް.. ޝަމީމުއަކީ ގައްދޫގެ ރައްޔިތެއް ...އޭނައަށް އެއްބާރުލުންދީގެން އެކަން ކުރަން ގައްދޫގެ ރައްޔިތުން ފުރުސަތުދިނުމަކީ މިހާރު އޮތް އެންމެ ރަގަޅު ހައްލު...
0
ހށނ   06 August, 2008 10:39:39
avatar
އަޅުގަނޑުމެންގެ މައްސަލައަކީ ހަމަ އެއް މައްސަލައެއް، ހުރިހާ އެންމެންވެސް ރަނގަޅުގޮތް ބޭނުންވޭ.. ރަށުގެ ކަމުވޮށިގެންވާ ގިނަ މީހުންނަކީ ހޮޓާ ތެރޭގައި އަޑުގަދަކޮށް އެހެން މީހުންނަށް ކަންތައް ނުކުރެވޭ ވާހަކަ ދައްކައި އެހެން މީހުންގެ ބަލިފައި ހާމަކުރަން މަސައްކަތް ކުރާމީހުން... މިފަދަ މީހުންގެ ވާހަކަތައް ވަރަށް ސަޅިވެފައި ފޮނިވާނެ. އެކަމަކު އަމަލީ ގޮތުން ކަމެއްގައި ބައިވެރިވާން ވެއްޖެނަމަ ދެން އެއޮތީ ގިވަޕް ދޭންވެފަ . ރަށުގެ ތަރައްޤީއަށް އެދެވޭ ގޮތުގައި ކަމެއް ނުކުރެވެނީ މިހެންވީމަ. އަޅެ ތިމާ މީހާއަށް ކަމެއް ނުކޮށްދެވޭ ތާނގައި އެހެން މީހުންކުރާ ކަންތައްތަކަށް ޖެއްސުންބަސް ބުނުމުގެ ބަދަލުގައި ހިތްވަރުދީ، ކަންކުރަންވީ ރަނގަޅުގޮތް ކިޔާދެވިދާނެ.... މީކަންނޭނގެ ކަންކަން ކުރަންވީ ގޮތަކީ. އަޅުގަނޑުމެން އެބަޖެހޭ ކަމެއް ކުރަން ތެދުވާ މީހާއަށް ތެދުވެވި ރަނގަޅަށް ރޫދެމިލުމުގެ ފުރުސަތު ދޭން... ފާޑު ކިޔުމަކީވެސް އޮތްކަމެއް އަދި މީހަކާދިމާލަށް ބުނަންޖެހޭ ބަސް ރަނގަޅުގޮތުގައި ބުނުމަކީވެސް އޮތްކަމެއް...
0
  10 August, 2008 12:57:20
avatar
ގައްދޫގެ މަސްރަޙަށް ބަލާލުމުން ފެންނަނީ ނާތަހުޒީބު ރައްޔިތުންތަކެއް. ރަށުގައި ވަނީ ސިޔާސީ ގްރޫޕްތަކެއް އުފެދިފައި. އެއްބަޔަކު ކުރާކަމަކަށް އަނެއްބަޔަކު ތާއީދެއް ނުކުރޭ. ވެރިކަމަށް އަރަން ކޮންމެ ގްރޫޕަކުންވެސް މަސައްކަތްކުރަނީ ރަށުގެ ތަރައްޤީއަށް ހުރަސް އަޅަމުން. ގައްދޫއަށް އެކި މުނާސަބަތުތަކުގައި ދިޔަ މީހެއްގެ ހައިސިއްޔަތުން ބުނެވޭނީ ޒުވާނުންނަށް މިޒާތީ ތައައްސުބު ނައްތާލެވިދާނޭ.
0

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ރޭޓިންގ އެއް ދިނުމަށް
3.75