ޑްރަގުގެ ވަބާއާއިޤަވްމުގެ އާދޭސް
ޑްރަގުގެ ސަބަބުން މުޅިގައުމު ވަނީ ބިރުވެރި ކަމެއްގެ ތެރޭގައި.
މިއަދު ޤަވްމުގެ އާދެހަކީ މަސްތުވާތަކެތީގެ ވަބާއިން ޤަވްމު ސަލާމަތް ކޮށްދޭށެވެ. ރާއްޖޭގައި ހިގަމުންމިދާ ނުރައްކާތެރި މާރާމާރީތަކުގެ އެންމެބޮޑު އަސްލަކީވެސް މަސްތުވާ ތަކެއްޗާއި ގުޅިފައިވާ ކަންތަކެވެ. ކޮންމެފަހަރަކުވެސް މިފަދަ ހަރަކާތްތައް ހިންގާ ގުރޫޕު ތަކުގެ ތަޅާފޮޅުމާއެކު މީހުން ހައްޔަރުކޮށް ޗެކު ކުރުމުން ފެންނަނީ މިލިޔަންރުފިޔާގެ މަސްތުވާތަކެއްޗެވެ. އަދި މީޑިއާ އިން މިފަދަތަކެތި އާއްމުކުރުމުން ހީކުރެވެނީ މަސްތުވާތަކެތި ރާއްޖެއިން ދެންހުސްވެދާނެހެންނެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއްގެ ފަހުން ޚަބަރުތަކުން އިވެނީ މީގެކުރިން ފެނުނު މަސްތުވާތަކެއްޗަށްވުރެ ތިންހަތަރުގުނަ އިތުރަށް ފެނުނުވާހަކައެވެ. ކޮންމެ ގޮތެއްވިޔަސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މުޅިރާއްޖެ މިއަދު ވަނީ ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައި ކަމެވެ. ހަމަޖެހިލައިގެން މަގުމަތީން ހިގާލެވެންނެތްތާގައި އަމިއްލަ ވަޒަނުގައި ހަމައަށް ނިދާލެވޭކަށްނެތެވެ. ވައްކަންކުރުން، ޓެކުން، ފޭރުން މިފަދަ އެތައްކަމެއްގެ އަސްލު ހަގީގަތަކީ މަސްތުވާތަކެތި ނޫންތޯއެވެ.؟ މާލެއާއި ރާއްޖެތެރޭގައި ގުރޫޕް ހަދައިގެން ދުވާލާއި ރޭގަޑު ކަނޑިއާއި ކަތިވަޅި ފަދަ ހަތިޔާރުތައް ހިފައިގެން މީހުންތައް ހަރަކާތްތެރިވަނީ އެއްވެސް ޖެހިލުމެއްނެތިއެވެ. މިއީ މިއަދު ޤަވްމަށް ދިމާވެފައިވާ ވަރަށް ސީރިއަސް މައްސަލައެކެވެ. މިކަންތައްތަކުގެ ފަހަތުގައިވަނީ މަސްތުވާތަކެތި ނޫންތޯއެވެ.؟ އެއްމެ ކުދިކުށްތަކުން ފެށިގެން އެއްމެ ބޮޑެތިޖަރީމާތައް ރާއްޖެ ތަޖުރިބާ މިކުރަނީ ކީއްވެތޯއެވެ؟ ޖަވާބަކީ މިހުރިހާކަމެއްގެ އަސްލަކީ "ޑުރަގު" ނޫންއެހެންދެން ކޮންއެއްޗެއްތޯއެވެ. މީހުންނާއި މުދަލުގެ ރައްކާތެރިކަމަށްޓަކައި އަދި ހަމަޖެހުމާއި އަމާންކަމަށްޓަކައި މިހާރު މިމައްސަލައަކީ ޤަވްމީ ސަލާމަތާއި ބެހޭމައްސަލައެއްކަމުގައި ވެސް ނުބަލަންވީ ސަބަބެއްނެތެވެ. މިކަމާމެދު ކަމާބެހޭ ހުރިހާފަރާތަކަކުން ވަރަށްބޮޑަށް ސަމާލުކަންދީ އިތުރުފިޔަވަޅުތައްއަޅަން އަދިވެސްނުޖެހޭތޯއެވެ. ޤަވްމުގެ އާދޭހުގެ އަޑަށް ބީރުކަންފަތެއްދޭއިރު ޤަވްމުގެ ޒުވާންޖީލު ހަލާކުވެ ނެތިދާމަންޒަރު ލޮލުންދެކޭންބޭނުންނުވަނީ ކީއްވެތޯއެވެ. ޑުރަގު އެތެރެވާގޮތާއި ރާއްޖޭގައި މިދައުރުވާގޮތާއި އަދިމިނޫނަސް ޤަވްމު ޑުރަގުގެ ވަބާއިން ސަލާމަތްކުރެވޭނެ ކަންތައްތައް ފާހަގަކޮށް ޤަވްމީފެންވަރުގައި ޒުވާންޖީލު ރައްކާތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް މަސައްކަތްކުރަން ނުޖެހޭތޯއެވެ. ދިވެހި އަދިއިސްލާމީ މުޖުތަޢު ޤަބޫލްކުރާ ރީތި އާދަތަކާއި އުސޫލްތައް ޤަބޫލުކުރާ އަދި އެއާއެއްގޮތަށް އަމަލުކުރާ ބަޔަކަށް މިއަދުގެ މުޖުތަމަޢުގައި ވިއްސިވިހާލިވަމުންދާ މީހުންވަނީ ހަދަންޖެހިފައެވެ. ހަމައެއާއެކު ޤާނޫނީ އިމުންބޭރުވެ އާއްމުންނަށް ބިރުވެރިކަމާއި ނުރައްކާ ކުރިމަތިކުރާ ފަރާތްތައް ހިފައިހައްޔަރުކޮށް އެކަށީގެންވާ އަދަބުވެސް ދޭން އެބަޖެހޭއެވެ. ޝަރުއީނިޒާމުގެ ތެރެއިންނެވެ. މިއީ އަމާންކަމާއި ރައްކާތެރިކަމުގެ އިތުބާރުކުޑަވަމުން އަދި ގެއްލަމުންދާ ދުވަސްވަރެއްގައި ސަމާލުކަންދޭންޖެހިފައިވާބޮޑު އިޖުތިމާއީ މައްސަލައެކެވެ. ބިރުވެރިކަމާއި ނާމާންކަން ތަޖުރިބާ ކުރަމުންދާ މިޤަވްމުގެ އާދޭހަކީ ޑުރަގުގެ ވަބާއިން މިޤަވްމު ސަލާމަތްކޮށްދޭށެވެ. މާތް÷ﷲ އެފަދަ ދުވަހެއްދައްކަވާށިއެވެ. އާމީން.
ރޭޓިންގ އެއް ދިނުމަށް



ކޮމެންޓްސް ފުނުއްވާ