ގައްދޫގެ ކުނީގެ މައްސަލަ- ހައްލުކުރަންޖެހިފައިވާ ބޮޑު މައްސަލައެއް
ކުނިގޮނޑުގައި އަންދާލާ ކުނިން ބޭރުވާ ދުމުގެ ސަބަބުން މުޅިސަރަހައްދު އޮންނަނީ މުޅިން ތަޣައްޔަރުވެފައި
ގައްދޫ އަކީ އާބާދީގައި ގާތަގްނޑަކަށް 3000 އެއްހާ މީހުން އުޅޭ ރަށެކެވެ. ދިރިއުޅުމަށް އައިޒަމާނީ ބަދަލުތަކާއި ގުޅިގެން އުފެދޭ ކުނިތައް ގިނަވެ ގައްދޫގައި ކުނީގެ މައްސަލަ ވަނީ ވަރަށް ބޮޑު މައްސަލައަކަށް ވެފައެވެ. ގައްދޫގައި ކެނޭޑިއަން ރެޑްކްރޮސްގެ ފަރާތުން ރަށުގެ އެންމެ ދެކުނު ކޮޅުގައި ކުނިކޮށްޓެއް ހަދާފައި ހުރިކަމުގައިވިޔަސް ހުރިހާ މީހުންނެއް ކުނިއުކާލާކަށް ކުނިކޮށްޓަކަށް ނުދެއެވެ. ސަބަބެއްކަމަށް ގިނަމީހުން ބުނަނީ އުފެދޭ ކުނިތައް ކުނިކޮއްޓާއި ހަމައަށް ގެންދެވޭނެ ފަސޭހަ ގޮތެއް ގާއިމްވެފައި ނެތުމުގެ ސަބަބުން ބައެއްމީހުން ފަސޭހައަކަށް ރަށުގެ ގޮނޑު ދޮށަށް ކުނިތައް އުކާލާތީއެވެ. އަދި މިގޮތަށް ކުނިއުކާލުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށްމިހާރު ވަނީ ވަރަށް ބޮޑަށް ހަޑިވެފައެވެ. ރަށުގެ އެކިސަރަހައްދު ތަކުގައި ކުނިއެޅުމަކީ މަނާކަމެއްކަމަށް އަންގައިދޭ ބޯޑް ތަކެއް ހަރުކޮށްފައި ހުރިކަމުގައި ވިޔަސް ގިނަބަޔަކު މިބޯޑްތަކުގައި ލިޔެފައި އޮންނަ އެއްޗަކަށް މާބޮޑު ސަމާލުކަމެއް ދޭތަނެއް ނުފެނެއެވެ. މިކަމާއި ބެހޭ ގޮތުން ވިސްނާލާއިރު ރަށުގެ އެންމެ އުތުރު ކޮޅުގައި ތިބޭ މީހުންނަށް ކޮންމެވަގުތަކު ކުނިއުކާލަން ރަށުގެ އެންމެ ދެކުނު ކޮޅަށް ދިއުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެހެންކަމުން މިކަމާއި ދޭތެރޭގައި ކޮމިޓީއާއި ރަށު އޮފީހުން ތަންކޮޅެއްބޮޑަށް ވިސްނާވަޑައިގެން ރައްޔިތުންނަށް ތަންކޮޅެއް ފަސޭހައިން ކުނިކޮށްޓާއި ހަމައަށް ކުނި ގެންދެވޭނޭ ފަސޭހަ ނިޒާމެއް ރާވައިދޭންޖެހެއެވެ. ރައްޔިތުންނަށް ދަތިވާކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރުމަކީ އެފަރާތްތަކުގެ ޒިންމާއެކެވެ. ރައްޔިތުން ރަށްކުރިއަރުވާކޮޓީއަށް ބަޔަކު އިންތިޚާބު ކޮށްފައިވަނީ މިދެންނެވިފަދައިން ރައްޔިތުންނަށް ދަތިވާކަންތައްތައް ހައްލުކޮށްދިނުމަށް މަސައްކަތް ކުރުމަށާއި ރައްތިތުންނަށް ފަސޭހައާއި ލާބަ ލިބޭ ކަންތައްތަކަށް މަގުފަހި ކުރުވުށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށެވެ. އެހެން ކަމުން އެބޭފުޅުންގެ ޒިންމާތައް ފުރިހަމަ އަށް އަދާ ކުރުމަކީ އެބޭފުޅުންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. މިހާރު ރައްޔިތުން ތިބީ ކުރިޔަށް ވުރެ ބޮޑަށް ހޭލުންތެރިވެފައެވެ. ރައްޔިތުން ރަށްކުރިއަރުވާކޮޓީއަށް ބަޔަކު އިންތިޚާބު ކޮށްފައިވަނީ މިދެންނެވިފަދައިން ރައްޔިތުންނަށް ދަތިވާކަންތައްތައް ހައްލުކޮށްދިނުމަށް މަސައްކަތް ކުރުމަށާއި ރައްތިތުންނަށް ފަސޭހައާއި ލާބަ ލިބޭ ކަންތައްތަކަށް މަގުފަހި ކުރުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށެވެ. އެހެންކަމުން ކުރީގައި ކޮމެޓީ ގައި ކަންތައް ކުރާގޮތަށް އެއްބަޔަކު އަނެއްބަޔަކަށް ޖެއްސުން ކޮށް ހަމައެކަނި ބޭކާރު އަނގަތަޅަންދާ ތަނެއްގެ ބަދަލުގައި ކޮމެޓީ އަކީ އޮށްޓަރުހުރި ރައްޔިތުންނަށް ލާބައާއި މަންފާހުރި ކަންތައްތައް ކުރެވޭނޭ ގާބިލް ކަން ލިބިފައިވާ ބަޔަކަށް ވާން އެބަޖެހެއެވެ.ދެންފާހަގަކޮށްލަން އޮތް އަނެއްކަމަކީ ކުނިކޮށްޓަށް ޖަމާވާކުނިތައް ނައްތާލެވޭނޭ ގޮތެއް ތަނަވަސް ވެފައި ނެތުމެވެ. މިހާރު ހަދާ ގޮތަކީ އަންދާލެވެން ހުރި ކުނިތައް ކުނިގޮނޑުގައި އަންދާލަނީ އެވެ. ކުނިގޮނޑު ހުންނަނީ ރަށުގެ މީހުން އުޅޭހިސާބުގައި ކަމަށްވުމުން ބޭރުވާ ދުމުން މުޅިހިސާބު ހުންނަނީ އެއްކޮށް ފުރިފައެވެ. އަދި އެއާއި އެއްކޮށް ކުނިގޮނޑުން ދުވާ ނުބައި ވަހާއި ބޭރުވާދުމުގެ ސަބަބުން އެހިސާބު ގަނޑުގައި އުޅޭމީހުންގެ ސިއްހަތައް ލިބޭނޭ ގެއްލުން ތައް ވިސްނާވަޑައިގަންނަވާށެވެ. ދުމުގައި އެކުލެވޭ ކާބަންމޮނޮކްސައިޑަކީ މީހާގެ ފުރާނައަށްވެސް ނުރައްކާ ކުރުވާ ވަރަށްވިހަގަދަ މާއްދާއެކެވެ.މިމައްސަލައާއި ބެހޭ ގޮތުން ވާހަކަ ދައްކާލުމުން ރަށުއޮފީހާއި ކޮމިޓީން ދޭޖަވާބަކީ އެބޭފުޅުން ކިތަންމެ ފަހަރަކުވެސް މިހާރު ވަނީ މިމައްސަލައާއި ބެހޭގޮތުން ކަމާއިބެހޭ ފަރާތްތަކުގައި އެވާހަކަ ދަންނަވާފައި ކަމަށެވެ. އެހެންކަމުން މިކަމާއި ދޭތެރޭގައި އެބޭފުޅުންނަށް ވެސް ކުރެވޭނެ މާކަބޮޑު ކަމެއް ނެތްކަމަށެވެ. އެހެންނަމަވެސް މިހިސާބުން އަދި އެބޭފުޅުން ގެ ޒިންމާތައް ނިމުނީކަމުގައި ރައްޔިތުންނަށް ގަބޫލެއް ނުކުރެވެއެވެ. ރައްޔިތުންނަށް ދިމާވެފައިވާ އުނދަގުލުން ސަލާމަތްވަންދެން އެބޭފުޅުންގެ ޝަކުވާތަކަށް ނިމުމެއް ނާންނާނެއެވެ. މިޝަކުވާތަކަށް ބީރުކަންފަތެއް ދިނުމާއި އެކަމަށް އިޖާބަދީ މަސއްކަތް ކުރުމަކީ ރައްޔިތުން ހޮވާފައިވާ ކޮމެޓީއާއި ރަށުގެ ވެރިންގެ އަތްމަތީގައި އޮތްކަމެކެވެ.



ކޮމެންޓްސް ފުނުއްވާ