މަސްވެރިކަން ދަށްވުމުގެ ސަބަބުން ރައްޔިތުން ދަތި ހާލުގައި.
މަސްވެރިކަން ދަށްވުމުގެ ސަބަބުން މުޅި ރާއްޖެ އަށް ދިމާވެފައިވާ އިގްދިސާދީ މައްސަލަ ގައްދޫ އާއި އަދި ހުވަދު އަތޮޅުގެ ހުރިހާ ރަށަކަށް ވެސް ވަނީ ދިމާވެފައެވެ. މިގޮތުން ރަނގަޅަށް މަސްނުބާނާތާ މިހާރު ގާތްގަނޑަކަށް މިވަނީ އެއް އަހަރު ދުވަހެވެ. އެހެން ކަމުން ރައްޔިތުން ގެ ގިނަބަޔަކު އެކަމަކަށް ބަރޯސާވެގެން ތިބޭ ސިނާޢަތު ހީނަރު ވެގެން ދިޔުމުގެ ސަބަބުން އެކަމުގެ ގެއްލުން އެކިގޮތްގޮތަށް މުޅިރަށުގެ ހުރިހާ ރައްޔިތުންނަށް ވަނީ ކުރިމަތި ވެފައެވެ. އެގޮތުން ފިހާރަވެރިން ވިދާޅުވާ ގޮތުގައި ފިހާރަތަކުން އެކައުންޓް ބޮޑުވުމުގެ ސަބަބުން ގިނަފިހާރަތަކެއްވަނީ ބަނގުރޫޓް ވާ ހިސާބުގައެވެ. އޮޑި ދޯނިފަހަރުގެ ވެރިން ދަނީ ބޭންކް ތަކަށް ދަރާ ހުލި ވަމުންނެވެ. މަސްވެރިކަމުގެ ބަދަލުގައި ގިނަބަޔަކަށް އާމްދަނީ ހޯދުމުގެ ގޮތުން ކުރެވޭނެ މާކަބޮޑު މަސައްކަތްތަކެއް ރަށްރަށުގައެއް ނޯވެއެވެ. އެހެން ކަމުން ގިނަބައެއްގެ އުންމީދަކީ ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި ގައްދޫގެ ކައިރިން ނާއި އަދި އަތޮޅުގެ އެކި ހިސާބު ތަކުގައި ހަދަމުންދާ ރެޒޯރޓް ތައް ވީހާވެސް އަވަހަކަށް ހުޅުވޭނެ ދުވަހަކަށެވެ. އެއިރުން ރައްޔިތުންނަށް ދާއިމީ ގޮތެއްގައި ރަނގަޅު އާމްދަނީ އެއް ލިބުމުގެ ފުރުސަތު ތަނަވަސް ވެގެން ދާނެއެވެ. މަސްވެރި ކަމުގެ ބަދަލުގައި މިހާރު ގިނަ ބަޔަކު ހަރަކާތްތެރި ވަނީ އިމާރާތް ކުރުމާއި އިހިނެގުން ފަދަ ދާއިރާތަކުގައެވެ. އެހެންނަމަވެސް މިކަންތައް ތަކަކީވެސް މާފުޅާ ދާއިރާއެއްގައި ކުރާ މަސައްކަތް ތަކަށް ނުވުމުގެ ސަބަބުން މުޅި ރައްޔިތަށް އެކްމުގެ މާކަ ބޮޑު މަންފާ އެއް ނުކުރެއެވެ. އެހެންކަމުން ރައްޔިތުން ތިބީ މަސްވެރިކަން ރަނގަޅު ވާނެ ދުވަހެއްގެ އިންތިޒާރުގައެވެ.



ކޮމެންޓްސް ފުނުއްވާ