ފުރަތަމަ ސަފްހާ | ރިޕޯރޓް | ގައްދު އަށް އަގުހުރި ޚިދުމަތް ތަކެއް ކޮށްދީފައިވާ ޚިދުމަތްތެރިޔާ

ގައްދު އަށް އަގުހުރި ޚިދުމަތް ތަކެއް ކޮށްދީފައިވާ ޚިދުމަތްތެރިޔާ

ފޮންޓް ސައިޒް: Decrease font Enlarge font
image

ދޮންދީދީ އަކީ ބޭސްވެރިއެއް، ފޫޅުމައެއް، ކަށުހިނަވާ މީހެއް، އަދި ކުޑަކުދިންގެ އުސްތާޒެއް

ދިވެހިބޭސްވެރިކަމާއި ފޫޅުމައެއްގެ ގޮތުގައި މުޅި ގައްދު އަށް މަޝްހޫރު އެކަކީ ގައްދޫ ބަހާރުގެ ކަރީމާ އިބްރާހީމް ނުވަތަ އެންމެން ދަންނަ ގޮތުންނަމަ ދޮންދީދީ އެވެ. ސިވިލް ސަރވިސްގެ ގާނޫނުގެ ދަށުން އުމުރުން 65 އަހަރަށް ވުރެ މަތީ މީހުން ވަޒީފާ އިން މުސްކުޅި ކުރެއްވުމާއި ހަމައަށް އޭނާ ވަޒީފާ އަދާ ކުރައްވަމުން ގެންދެވީ ގައްދޫ ސިއްހީ މަރުކަޒުގެ ފޫޅުމައެއް ގެ ގޮތުގައެވެ.

ދޮންދީދީ އަކީ އުމުރުން ގާތްގަނޑަކަށް 30 ވަރަކަށް އަހަރުން ފެށިގެން ފޫޅުމައެއް ގެ ގޮތުގައި ގައްދޫ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ފެއްޓެވި ޚިދުމަތް ތެރިއެކެވެ. އޭނާގެ މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން އައީ ކޮންމެހެން އުޖޫރައެއް ކަނޑައްޅައިގެން  ނޫން ކަމަށާއި އެހެން ނަމަވެސް އޭނާގެ ޚިދުމަތާއި ދޭތެރޭގައި ހިތްހަމަ ޖެހިގެން އެއްޗެއް ދީފިނަމަ އޭގައި ހިފާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދޮންދީދީގެ ޚިދުމަތް ގައްދޫ ރައްޔިތުންނަށް ލިބެމުންދިޔައީ ހަމަ އެކަނި ބޭސްވެރިކަމާއި ފޫޅުމައެއް ގެ ގޮތުގައެއް ނޫނެވެ. އެއާއި އެކު އޭނާ އަކީ ކަށުކަމާއި ކެމީގެ މަސައްކަތާއި އަދި ކުޑަކުދިން ނަށް ކީރިތި ގުރުއާން އުނގަންނައި ދިނުމުގެ މަސައްކަތް ސަރުކާރުގެ ވަޒީފާ އަށް ވަނުމާއި ހަމައަށް ކުރެއްވި ޚިދުމަތް ތެރިއެވެ. ކޮންމެ ވަގުތެއްގައި އޭނާގެ ޚިދުމަތަށް ބަޔަކު އެދުނު ނަމަވެސް އެއްވެސް ވަރުބަލި ކަމެއް ފޫހި ކަމެއް ނެތި ގާތްގަނޑަކަށް 40 އަހަރު ވަންދެން ޚިދުމަތުގައި ދެމި ހުންނެވި ބޭފުޅެކެވެ.

ދޮންދީދީ ވިދާޅުވި ގޮތުގައި އޭނާ އެންމެ އުފާވީ އޭނާގެ ދަރިފުޅު އަހުމަދު ފަހުމީ އަލަށް ކާވެނި ބައްލަވައިގެންނެވި ދުވަހުގައެވެ. އަދި އެންމެ ހިތާމަ ވެރި ދުވަހަކަށް ދިމާވީ ބޭފުޅަކު ހޯދުމަށްޓަކައި 15 އަހަރު ވަންދެން ކުރި މަސައްކަތަށް ފަހު ލިބުނު ފިރިހެން ދަރިފުޅު ނިޔާވި ދުވަހެވެ. 

 15 އަހަރު ވަންދެން ސަރުކާރުގެ ވަޒީފާގައި އުޅުއްވުމަށްފަހު ވަޒީފާ އިން މުސްކުޅި ކުރެއްވި ނަމަވެސް އަދިވެސް އޭނާ ހުރީ ގައްދޫ ގެ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގެ މަތިވެރި ރޫހުގައެވެ. އެގޮތުން އޭނާ ދެން ކުރައްވަމުން ގެންދަވާނެ މަސައްކަތަކީ ކުރިންވެސް ކުރއްވަމުން ވަމުން ގެންދެވި ކުދިންނަށް ގުރުއާން އުނގަންނައި ދިނުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އަދިވެސް މީހަކު ދިވެހި ބޭސް ކުރުމަށްއެދި އޭނާގެ ކައިރިއަށް އައިސްފިނަމަ އެޚިދުމަތް ވެސް ފޯރު ކޮށްދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅު ވިއެވެ. 

ދޮންދީދީ ކުރެއްވި ހުރިހާ މަސައްކަތް ތަކަކީ ވެސް އޭނާގެ މަންމަގެ ފަރާތުން ދަސްވި މަސައްކަތް ތަކެއް ކަމަށް ދޮންދީދީ ވިދާޅު ވިއެވެ.  އަޅުގަނޑުމެން އޭނާގެ މި އަގުހުރި ޚިދުމަތް ތައް ފާހަގަ ކޮށް ރައްޔިތުންނަށް ޓަކައި އުފުއްލެވި ބުރައާއި ކޮށްދެއްވި އަގުހުރި މަސައްކަތްތައް އުފަލާއި އެކު ބަލައިގަންނަމެވެ.

  

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (5 ލިބިއްޖެ):

  20 August, 2011 02:15:08
avatar
މި ލިޔުމުގައި އެބައިން ކުށެއް."ދޮންދީދީ އަކީ ބޭސްވެރިއެއް، ފޫޅުމައެއް، ކަށުހިނަވާ މީހެއް، އަދި ކުޑަކުދިންގެ (އުސްތާޒެއް)" މިތާގަ އިންނާނީ (އުސްތާޒާ).އުސްތާޒް އެއީ ފިރިހެން
ބަރާބަރު ސަކަރާތް
0
  02 November, 2008 07:44:19
avatar
މާމަދައްތާޓެ އައްސަރިބަހާ ސާބަސް. މާމާދައްތާގެ ފެމިލީގެ އެންމެންގެ ފަރާތުން ވަކިން ޚާއްސަ ކޮޓެ ހުތާއި ދިޔެގެ އާއިލާގެ ފަރާތުން.
ބަރާބަރު ސަކަރާތް
0
  20 June, 2008 01:44:01
avatar
މީހަކުކުރާ ރަނގަޅުކަމެއް އަދި ކޮށްދެއްވާ އަގުހުރި ޚިދުމަތްތަކެއްގެ އަގު ވަޒަންކޮށް ޝުކުރުގެ ބަސްތައް ރައްދުކުރުން ވެގެންދާނީ އެމީހެއްގެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް އަދި މަސައްކަތުގެ ކުރިއެރުމަކަށް ކަމުގައި ޤަބޫލުކުރަންޖެހޭ. ތިފަރާތުގެ މަސައްކަތް އަދި ހަމަ ރަނގަޅު. އައްޔޯއި....
ބަރާބަރު ސަކަރާތް
0
  04 June, 2008 01:30:59
avatar
ދޮންދީދީއަށް ސާބަސް؟ ތިޔަވަރުގެ ހިދުމަތްތެރިއަކު މިގައުމުގައި އުޅޭކަންވެސް އަލުގަނޑުމެންނަށް މި އެގުނީ ގައްދޫ އޮންލައިނުން. އަދި ގައްދޫ އޮންލައިންގައި މަސައްކަތްކުރައްވާ ހުރިހާ ބޭޅުންނަށް ސާބަސް ދަންނަވަމުން އަދިވެސް ތިޔަ ކަހަލަ ހިދުމްތްތެރިންގެ މަޢުލޫމާތު ގެސްދޭނެކަމުގައި ހީކުރަން. ދޮންދީދީ ނުވަތަ ދޮންދައްތަ މުޅިއުމުރުގައި ތިޔަކުރެއްވި ހިދުމަތަށް ސާބަސް ދަންނަވަން.
ބަރާބަރު ސަކަރާތް
0
  31 May, 2008 06:56:13
avatar
ގައްދޫ އޮންލައިނުން ތިޔަ ކުރެއްވީ ވަރަށް ރަނގަޅު ކަމެއް. މިފަދަ ޚިދުމަތް ތެރިންގެ އަގުހުރި ޚިދުމަތް ތައް ފާހަގަ ކުރަން ޖެހޭނެ. އަދިވެސް ތި ރަށުގައި ތިފަދަ އެތައް ބަޔަކު ތިބޭނެ. އެހެން ވީމަ އެމީހުންގެ ރިޕޯރޓެއް ވެސް ވަރަށް އަވަހަށް ފެންނާނެ ކަމަށް އުންމީދު ކުރަން.
ބަރާބަރު ސަކަރާތް
1
ޖުމްލަ: 5 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 5

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
5.00