ފުރަތަމަ ސަފްހާ | ރިޕޯރޓް | ގަމުގެ ދަނޑުވެރިކަން- ކޮންގޮތަކަށް ކުރެވޭ މަސައްކަތެއްބާ؟

ގަމުގެ ދަނޑުވެރިކަން- ކޮންގޮތަކަށް ކުރެވޭ މަސައްކަތެއްބާ؟

ފޮންޓް ސައިޒް: Decrease font Enlarge font

ރކ ކޮމެޓީގެ ފަރާތުން ގދ.ގަމުން ދޫކުރި ދަނޑު ބިންތަކަށް ކުރިމަތިލައި ބިން ނެގި ފަރާތްތަކަކީ ނިސްބަތުން ގިނަ އަދަދެކެވެ.

ރކ ކޮމެޓީގެ ފަރާތުން ގދ.ގަމުން ދޫކުރި ދަނޑު ބިންތަކަށް ކުރިމަތިލައި ބިން ނެގި ފަރާތްތަކަކީ ނިސްބަތުން ގިނަ އަދަދެކެވެ. ނަމަވެސް މިފަރާތްތަކުގެ ތެރެއިން އެގްރިމެންޓަކާ ހަމަޔަށް ދެވުނީ ކިތައްފަރާތައްތޯއެވެ. ރކ.ކޮމެޓީގެ ރައީސް ވިދާޅުވާ ގޮތުގައި މިހާހިސާބަށް އެގްރިމެންޓް ކުރެވިފައިވަނީ ދެފަރާތަކާއެވެ. ނަމަވެސް އިތުރުފަރާތްތަކަކާ އެކީ އެގްރިމެންޓް ވަރައްއަވަހަށް ކުރެވިދާނެ ކަމަށް ބެލެވެއެވެ. ހިތާމައަކީ އަދި ފެންނަން އޮތް ހަގީގަތަކީ އެރަށުގައި އަމަލީގޮތުން ގަވާއިދާ އެއްގޮތަށް މަސައްކަތްކުރަމުންދަނީ އެންމެ ދެފަރާތުން ކަމެވެ. ނަމަވެސް ބަޔެއް ނުފޫޒްގަދަ ބޭބޭފުލުން އެގްރިމެންޓް ކުރުމަކާއިނުލައި އަދި ކުލިދިނުމަކާއި ނުލައި އެރަށުގައި ވިޔަފާރި އުސުލުން ދަނޑުވެރިކަން ކުރަމުން ގެންދާކަން ފާހަގަކުރެވެއެވެ. މިއީ ގަވާއިދުން ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ކުރެވޭ ބޭއިންސާފަކަށް ނޫނީ ނުވާނެއެވެ. އަދި ހަމަ ބަޔެއް ފަރާތްތަކުން އެގްރިމެންޓް ނުކޮށް ބިން ރިޒާވް ކޮށްގެންވެސް އެބަތިއްބެވެ. މިކަމުގެ ސަބަބުން އިތުރުފަރާތްތަކަށް ދަނޑުވެރިކަން ކުރުމަށް ހުރަސްވެސް އެބައެޅެއެވެ.

މިކަމާއިބެހެގޮތުން ރކ.ކޮމެޓީގެ ރައީސް ވިދާޅުވަނީ އެއްވެސް ފަރާތަކަށް ގަމުން ބިން ރިޒާވް ނުކުރެވޭނެކަމަށާއި، އެފަދަ ބިން ބޭނުން އެހެން ފަރާތްތަކަށް ދޫކުރެވޭނެ ކަމަށެވެ. ނަމަވެސް ނަން ހާމަކުރަން ނޭދޭ ރކ.ކޮމެޓީގެ އެހެން މެމްބަރަކު ވިދާޅުވީ ގައްދޫ ގެ ބައެއް ނުފޫޒްގަދަ ބޭބޭފުޅުންކަމަށްވާ މުހައްމަދު ޒާހިރުއާއި، ވައްހާބް ފަދަބޭފުޅުންގެ ގެ ބިން އަތުލުމަކީ އެކޮމެޓީއަށް ދަތިކަމަކަށް ވާނެކަމަށެވެ. މިކަން މިގޮތައްވުމަކީ މިމަސައްކަތް ގަވާއިދުން ކުރަމުންދާ ފަރާއްތަކަށް ވެވޭ ބޭއިންސާފަކަށް ނޫނީ ނުވާނެއެވެ.

މިގޮތަށް ރކ.ކޮމެޓީން އަމަލުކޮށްފިނަމަ އަމަލުކުރަން ގަސްދުކުރަނީ ކޮންގޮތަކަށްތޯ ދެންނެވުމުން ގަމުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުން ވިދާޅުވީ ތިމަންމެންވެސް މިތިބީ ތިކަންތައްތައް ބަލަބަލާ ކަމަށާއި މިހާރު ބިން ރިޒާވް ކޮށްގެން ތިބި ފަރާއްތަކުން ކުލިނުދައްކާނަމަ އެމީހުންވެސް ކުލިނުދައްކާނެކަމަށެވެ.

މިމައްސަލައާއި ދޭތެރެ ވިސްނާލާއިރު ރކ.ކޮމެޓީ ވާންވާނީ ވަރަށް އިންސާފުވެރި އެއްވެސް ފަރާތެއްގެ ނުފޫޒް ނުފޯރާ ކޮމެޓީއަކަށްކަމަށް ފެނެއެވެ. އެހެންނޫނީ އެކޮމެޓީގެ މިދަނޑުވެރިކަމާއިބެހޭ ޕްލޭން ފޮލޮޕަކަށް ގޮސްދާނެކަމި ޝައްކެއްވެސް އޮތްކަމެއްނުނެވެ.

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް