ފުރަތަމަ ސަފްހާ | ރިޕޯރޓް | ގައްދޫގެ ނަރުދަމާނިޒާމްގެ މަސައްކަތް ފެއްޓޭނީ ކިހާ ހިސާބެއްގައިބާ؟

ގައްދޫގެ ނަރުދަމާނިޒާމްގެ މަސައްކަތް ފެއްޓޭނީ ކިހާ ހިސާބެއްގައިބާ؟

ފޮންޓް ސައިޒް: Decrease font Enlarge font
image ނަރުދާގެ މައްސަލައިގައި ރައްޔިތުން މުޒާހަރާ ކުރަނީ

ރައްޔިތުން ތިބީ ފައްޓާނެ ދުވަހެއްގެ އިންތިޒާރުގައި.

 ގައްދޫގެނަރުދަމާ ނިޒާމްގެ އަމަލީމަސައްކަތް ޔަގީން ކަމާއި އެކު ފެއްޓޭނެ ތާރީޚެއް އަދި އެނގިފައެއް ނެތެވެ. މިމަސައްކަތް ވަރަށް އަވަހަށް ފެއްޓިދާނެ ކަމުގެ އިންތިޒާރު ގައި ރައްޔިތުން ތިއްބާ ރެޑްކްރޮސް އިން ވަނީ ގައްދޫގެ ނަރުދަމާގެ މަސައްކަތް އެމީހުންގެ ލިސްޓުން އުނިކޮށްފައިވާކަން އަންގާފައެވެ. ސަބަބެއްކަމަށް އަންގާފައި ވަނީ 3 ރަށުގެ މަސައްކަތް އެއްފަހަރާ ފެއްޓޭ ވަރުގެ ބަޖެޓެއް އެމީހުންގެ އަތުގައި ނެތުމުގެ ސަބަބުން ރެޑްކްރޮސް ގެ ފަރާތުން މަސައްކަތް ކުރަންވީ ކޮންކޮން ރަށްތަކެއްގައިތޯ ސަރުކާރުގައި ދެންނެވުމުން ސަރުކާރުން ކަނޑައެލުއްވި ދެރަށަކީ ގއ. ވިލިނގިއްޔާއި ގއ. ދާންދޫކަމަށް ވުމެވެ. މިހެން މިކަން ވުމުގެ ސަބަބުން ގައްދޫގެ ރައްޔިތުން ވަނީ ވަރަށްބޮޑަށް މާޔޫސްވެ އަދި ވަރަށްބޮޑަށް ނުރުހުން ފާޅުކޮށް މުޒާހަރާ ވެސް ކޮށްފައެވެ. މިވަގުތު ގައްދޫ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލަ ކަމަށްވާ ނަރުދަމާގެ މަސައްކަތް ވިލިގިއްޔާއި ދާންދޫގެ މަސައްކަތާއި އެއްކޮށް ފެއްޓޭތޯ މަސައްކަތް ކުރާކަމަށް ސަރުކާރުން ވިދާޅުވެފައި ވިޔަސް އެމަސައްކަތް އެގޮތަށް ކުރިޔަށް ގެންދާނެ ކަން ރައްޔިތުން ފުރިހަމަ އަށް ގަބޫލެއް ނުކުރެއެވެ. ސަބަބަކީ ގައްދޫ އަކީ އާބާދީ ގޮތުން ބޮޑު ރަށަކަށް ވެފައި ރަށުގެ ފެނުގެ ހާލަތު ވަރަށްބޮޑަށް ގޯސްވެފައިވާއިރު ގައްދޫ އަށް ވުރެ ބޮޑަށް އެހެން ރަށްތަކަށް އިސްކަންދީފައިވާތީއެވެ. އެހެންނަމަވެސް ގައްދޫގެ މަސައްކަތް ވިލިނގިއްޔާއި ދާންދުއާއި އެއްކޮށް ފައްޓާނެ ކަމުގެ ޚަބަރު ލިބިފައި ވުމުން އެކަމާއި ވެދު ރައްޔިތުން ތިބީ ކޮންމެވެސް ވަރެއްގެ އުންމީދެއްގައެވެ. ނަރުދަމާގެ މަސައްކަތް އަވަސް މުސްތަގްބަލެއްގައި ފައްޓާނެ ކަމަށް ކުރިން އަންގާފައި ވުމުގެ ސަބަބުން ރައްޔިތުން ވަނީ އަލަށް ހަދާ ފާޚާނާ ތަކުގެ ނަރުދަމާ ނިޒާމް ވަރަށް އާދައިގެ ގޮތަކަށް ކޮށްފައެވެ. އެހެންވުމުގެ ސަބަބުން މިހާރު އެގޮތަށް ބޭނުން ކޮށްފައިވާ ފީފާ ތަކާއި އެހެންވެސް ތަކެތި ފުރި ވަރަށް ބޮޑު ދަތިތަކެއް ރައްޔިތުންނަށް ކުރިމަތި ވަމުންދެއެވެ. އެހެން ކަމުން މިމަސައްކަތް ވީހާވެސް އަވަހަކަށް ފެޓެވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެކެވެ.   

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (3 ލިބިއްޖެ):

  22 April, 2008 02:25:56
avatar
އަނެއް ދެ ރަށާއި އެއްކޮށް ގައްދޫގައި ނަރުދަމާ ނިޒާމް ގާއިމުކުރެވެންޖެހޭނެ.
ބަރާބަރު ސަކަރާތް
0
  18 April, 2008 06:51:35
avatar
ގައްދޫގެ ނަރުދަމާ ނިޒާމް ކެންސަލް ވެފައި ވަނީ ގައްދޫގެ ވެރީންގެ ދޯދިޔާކަމުގެ ސަބަބުން.
ބަރާބަރު ސަކަރާތް
0
  15 April, 2008 09:03:37
avatar
ގައްދޫ ގެ ނަރުދަމާ ނިޒާމްކެންސަލްކުރުމަކީ ސަރުކާރުން ގައްދުއަށް ވެދެއްވި ބޭއިންސާފީކަމެއް.
ބަރާބަރު ސަކަރާތް
0
ޖުމްލަ: 3 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 3

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
4.50