2007 ވަނަ އަހަރު އައިލެންޑް ޔުނައިޓެޑުން އިންތިޒާމް ކޮށްގެން ބޭއްވި ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރއަޕް ޓީމަށް ފައިސާގެ އިނާމް ހަވާލު ކޮއްފި
2007 ވަނަ އަހަރު އައިލެންޑް ޔުނައިޓެޑުން އިންތިޒާމް ކޮށްގެން ބޭއްވި ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރއަޕް ޓީމަށް ފައިސާގެ އިނާމް ހަވާލު ކޮއްފިކަމަށް ޚަބަރު ލިބިއްޖެއެވެ.
އެގޮތުން 01 ޖުލައި 2008 ވަނަ ދުވަހުގެރޭ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފޮއްތޭ ޓީމްގެ މެނޭޖަރ އަބްދުﷲ ނަސީރާއި މަގުމަތިން ބައްދަލުކޮށް އައިލެންޑް ޔުނައިޓެޑްގެ ޖެނެރަލް ސެކެޓްރީވަނީ އެޓީމަށް =/3000 ހަވާލުކޮށްފައި ކަމަށްވެއެވެ. އަދި މީގެ އިތުރުން މުބާރާތުގެ ރަނައަޕް ޓީމް ކަމަށްވާ އެމް ޓީ ސީ ސީ ޓީމްގެ މެނޭޖަރު ޝަމްއޫން އިބްރާހިމް އޭނަގެ އޮފީހުގެ މަސައްކަތުގައި އުޅެނިކޮށް =/1500 ދިއްކޮއްލާފައި "މީ ރަނަރއަޕް ޓީމަށް ލިބެން ޖެހޭ ފައިސާ" ކަމަށް ޖެނެރަލް ސެކެޓްރީ އަލީ މުނީރު ބުނުއްވިކަމަށް ވެއެވެ.
މިބާވަތުގެ ކަންކަން އާންމުކޮށް ކޮށް އުޅެނީ ކޮންމެވެސް ވަރެއްގެ ހަފްލާއަކާ ގުޅުވައިގެން ނަމަވެސް އައިލެންޑް ޔުނައިޓެޑުން މިގޮތަށް މިކަން ކޮއްފައިވަނީ އެ ޖަމިއްޔާގެ މާލީ ހާލަތު ތަންނުދިނުމުގެ ސަބަބުން ކަމުގައި ވެއެވެ. ޓީމުތަކަށް ދީފައިވާ =/4500 ރުފިޔާއަކީވެސް އެޖަމިއްޔާގެ ހިންގާ ކޮމެޓީގެ ބައެއް މެންބަރުންނާއި ދެ މަސްއޫލް ވެރިއަކު ދީފައިވާ ފައިސާކަމަށްވެސް އެނގިފައިވެއެވެ.
އައިލެންޑް ޔުނައިޓެޑްގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ފައިސާގެ އިނާމް ދިނުން ލަސްވެފައިވާތީ އެ ޖަމްއިއްޔާ އަށް ވަރަށް ބޮޑެތި ފާޑު ކިޔުންތައް ކުރިމަތިވެފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.



ކޮމެންޓްސް (4 ލިބިއްޖެ):
ކޮމެންޓްސް ފުނުއްވާ