ނިއުސް ލެޓަރ
އީމެއިލް:
"ޔޫތް ޗެލެންޖް ކަޕް" ގެ ނަމުގައި ގައްދޫގައި ފުޓްބޯޅަ މުބާރާތެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެ | ކުޅިވަރު | ފުރަތަމަ ސަފްހާ

"ޔޫތް ޗެލެންޖް ކަޕް" ގެ ނަމުގައި ގައްދޫގައި ފުޓްބޯޅަ މުބާރާތެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެ

ފޮންޓް ސައިޒް: Decrease font Enlarge font
image މިދިޔަ އަހަރު އައިލެންޑް ޔުނައިޓެޑުގެ ފަރާތުން ބޭއްވި ފުޓްބޯޅަ މުބާރާތުގެ ތެރެއިން

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 15000ރ. ހުށަހަޅައިފައިވޭ.

"ޔޫތް ޗެލެންޖް ކަޕް" ގެނަމުގައި އަންނަ ޑިސެމްބަރ މަހު ގައްދޫގައި ފުޓްބޯޅަ މުބާރާތެއް ބާއްވާގޮތަށް ގައްދޫ ޔޫތު ސޮސައިޓީ ( ކުރީގެ އެކުވެރިންގެ ކާމިޔާބު) ން ނިންމައިފިއެވެ.

މިމުބާރާތަކީ ގައްދޫ ޒުވާނުންނަށް ފުޓްބޯޅައިގެ ހުނަރު ވާދަވެރި މާހައުލެއްގައި ދައްކާލުމުގެ ފުރުސަތު ވޭތުވެދިޔަ އަހަރު ތަކުގައި ލިބިފައި ނުވާތީވެ އެ ފުރުސަތު ތަނަވަސް ކޮށްދިނުމަށްޓަކައި ޔޫތު ސޮސައިޓީން އިންތިޒާމް ކުރާ މުބާރާތެކެވެ. ޗެމްޕިއަން ޓީމަށް 15000ރ. ހުށަހަޅައިފައިވާ މިމުބާރާތް ފަށަން މިހާރު ހަމަޖައްސާފައިވަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

މިމުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ރަށުގެ ޖަމިއްޔާ ތަކަށާއި މުބާރާތައްޓަކައި އުފައްދާ ޓީމް ތަކަށްވެސް ވަނީ ހުޅުވާލެވިފައެވެ. އަދި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމްތަކުން އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ޔޫތު ސޮސައިޓީއަށް އެންގެވުން އެދެމެވެ.މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް މާދަމާއިން ފެށިގެން އަދި މުބާރާތުގެ ގަވާއިދު އޮގަސްޓް 20 ވަނަ ދުވަހުން ފެށިގެން ގައްދޫ އޮންލައިނުންނާއި، ޔޫތު ސޮސައިޓީން ލިބެން ހުންނާނެ ވާހަކަ ވެސް ދަންނަވަމެވެ.

އަދި މުބާރާތުގެ ގަވާއިދު ފާސްކޮށް މުބާރާތާއި ގުޅޭ އެނޫންވެސް ބައެއް މުހިއްމު ކަންތައްތައް ނިންމުމަށް މިބާރާތުގެ ބައިވެރިވާން ބޭނުންވާ ޓީމް ތަކާއިއެކު އަންނަ ހުކުރު ދުވަހުގެ ރޭ (އެމް.އީ.އެސް ހޯލުގައި) ޚާއްސަ ބައްދަލުވުމެއް ބާއްވާ ގޮތަށް ވަނީ ނިންމައިފައެވެ. ވީމާ މިބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖަމިއްޔާއަށް އެކަން އެންގެވުން އެދެމެވެ.

ޔޫތް ޗެލެންޖް ކަޕުގެ ކަންތައްތައް އިސްވެ ގައްދޫގައި ބަލަހައްޓަވަމުން ދާނީ ޖަމިއްޔާގެ މެމްބަރ އިބްރާހިމް ފުޒޫލް އާއި އިމްރާން ޖައުފަރު އެވެ. އަދި މާލެއިން މިކަމުގެ މައުލޫމާތާއި އެނޫން ކަންތައްތައް ކުރިއަށް ގެންދާނީ ޖަމިއްޔާގެ ވަގުތީ ހިންގާ ކޮމިޓީގެ ފަރާތުން އަހުމަދު ޔާމިން 7773602 އާއި އަބުދުﷲ އަޒްމީން 7943776 އެވެ.

ކޮމެންޓްސް (13 ލިބިއްޖެ):

  26 July, 2008 07:54:36
avatar
ގައްދޫގެ ޒުވާނުން އިސްނަގައިން ގައްދޫގެ ފުޓްބޯޅާއާއި އަދި އެހެނިހެންވެސް ކަންތައްތަކުގައި ހަރަކާތް ތެރިވަމުން ގެއްދިޔުމަކީ ގައްދޫގައި ވަޅުޖެހިފައިވާ ކުޅިވަރުގެ ހަރަކާތްތައް ދިރުވުމަށް ލިބޭ ބާރެއްކަމަށް ޔަގީނެވެ. އަޅުގަނޑުމެންގެ އުންމީދަކީގައްދޫގެ ޒުވާނުން ގައްދޫގެ ތަރއްގީގެ ތަފާތު ކަންކަމުގައި ޝާމިލްވެ ގައްދު އަށް ރީތި ނަން ހޯދައި ދިނުމެވެ. ހަމަ މިއާއިއެކު ކުޅިވަރުގެ އަޚްލާގް ހިފެހެއްޓުމަށް ކުޅުންތެރިންނާއި އޮފިޝަލުންނަށް ހަނދާންކޮށްދެމެވެ.
  26 July, 2008 09:15:45
avatar
އަސްލުވެސް ވަރަށް ރަނގަޅު ކަމެއް. މިކަހަލަ ބައިވަރު ކަންތައްތައް ކޮއްގެން އަޅުގަނޑު މެންގެ ރަށް ކުރިއަރުވަން ވީ. ވީވަރަކުން ރަށް ތަރައްގީ ވެސް ކުރަން ވީ. ގައްދޫ މީހުންނަކީ ވެސް ވަރަށް ހުނަރުވެރި ތަރައްގީ އަށް ލޯބި ކުރާ ބައެއްކަން އަންގަންވީ. އަޅުގަނޑު އެންމެފަހުން ރަށަށް ދިޔައިރުވެސް އަޅުގަނޑަށް ފާހަގަ ވީ އެއްކަމަކީ މާބޮޑު ތަރައްގީ އެއް ރަށަށް އައިސްފަ ނެތްކަން. އިންޖީނުގެ (ޕަވަރ ހައުސް) ގެ ބޭރު ފާރުގަ ކުލަވެސް ހުރީ ދުވަސްވެގެން ގޮސް ކުލަގޮއްސަ. ދެން މިކަހަލަ ބައިވަރު ކަންތައްތައް ފާހަގަވި. މިކަހަލަ ވާހަކަ ދެއްކީމަ ބައެއް މީހުން ހިތް ހަމަ އެއް ނުޖެހޭނެ ކަން ވެސްއިނގޭ. އެކަމަކު ދައްކަންވެސް ޖެހޭނެދޯ. / ފަޒްނާ
  27 July, 2008 12:17:55
avatar
ކޮންމެ ބަޔަކުވެސް ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި ވަރަށް ކަންތައް ކުރެވޭ ކަމަށް ދައްކަން މަސައްކަތް ކުރޭ. އެކަމަކު ވަކި ހިސާބުން ޖަމިއްޔާ އޮންނާނީ މަރުވެފައި. ޖަމިއްޔާތަކުގެ ހިންގުން ވަރަށް ޓްރާންސްޕެރެންޓް ވެގެންނޫނީ މެމްބަރުންނާއި އާންމުންގެ އިތުބާރު ލިބުން އޮންނާނީ ވަރަށް ދުރުގައި.
  27 July, 2008 12:47:47
avatar
އަޅުގަނޑުމެން މަސައްކަތްކުރާނީ ވީހާވެސް ޓްރާންސްޕޭރެންޓްކޮށް ހިންގޭތޯ. ހަޤީޤަތުގައި ވަކިހިސާބަކުން ޙަރަކާތްތެރިނުވެވޭގޮތް ވަނީ ވަރަށް ގިނަ ސަބަބުތައް ހުރެގެން. މާލީ ދަތިކަން އެއީ މައިގަނޑު މައްސަލައަކީ. އިރާދަކުރެއްވިއްޔާ ޖަމްޢިއްޔާއަށް އާމްދަނީއެއް ލިބޭނެ ކޮންމެވެސް ކަންތައްތަކެއް ކުރަން އަޅުގަނޑުމެން ވަރަށް މަސައްކަތްކުރާނަން. ޔާމީން
  27 July, 2008 01:14:32
avatar
ޖަމިއްޔާތަކުން ހަމައެކަނި ކުޅިވަރު ކުޅެގެން ރަށުގައި މިހާރު ހުރި އިޖްތިމާޢީ މައްސަލަތައް ޙައްލުނުކުރެވޭނެ. ރަށުގައި މިހާރު ވަރަށް ބޮޑެތި އިޖްތިމާޢީ މައްސަލަތަކެއް އުފެދިފައިވޭ. ރަށުގައި އޮތް ބައިބައިވުން ނައްތާލުމަށް ޖަމިއްޔާތަކުން މަސައްކަތްކުރުން އެއީ މިހާރު ވަރަށް މުހިންމު ކަމެއް. ރަށުގެ ކަމުވޮށިވެގެންވާ މީހުންގެ ތެރޭގައި މިހާރު ވަނީ ވަރަށް ބޮޑެތި ޚިޔާލުތަފާތުވުން އުފެދިފައި. މިކަން މިހާރު ނައްތާލެވޭނީ ޒުވާނުންނަށް. ހުރިހާ ޒުވާނުން ގުޅިގެން މިކަން ކުރެވިދާނެ.
  27 July, 2008 03:15:25
avatar
ޔާމިންގެ ވާހަކައަށް ތާއީދު ކުރެވޭ. ރަށުންވެސް ޖަމްޢިއްޔާތަކަށް އެހިތެރިކަން ފޯރުކޮށްދީގެން ޖަމްޢިއްޔާތަކުގެ ބޭނުނު ފުރިހަމަގޮތުގައި ހިފޭނީ. ގައްދޫގެ ތަފާތު ޖަމްޢިއްޔާތަކުން ތިފަދަ ތަފާތު ޙަރަކާތްތަށް ހިންގާތީ ވަރަށް އުފާވޭ. އިރާދަކުރެއްވިއްޔާ ގައްދޫގެ މުސްތަގުބަލް އޮތީ ކުރިޔަށް. ގދ. އަތޮޅު މަދަރސާގެ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާގެ މެމްބަރެއް
  27 July, 2008 05:28:46
avatar
އަޅުގަނޑަށް ވަރަށް ފެނޭ ގައްދޫގައި އުފެދިފައިވާ ހުރިހާ ޖަމިއްޔާ ތަކާއި، ގައްދޫގެ ކުރިއަށް ތިއްބެވި ބޭފޫޅުންނާއި، ގައްދޫ ޒާހިރާއި، ވާހޫ ޒާހިރާއި، ޝަހީދުއާއި އަދި ގައްދޫގެ މިހާރުގެ ވެރިންނާއި އެންމެން ޝާމިލްވާ ގޮތެއްގައި މިހާރު އުފެދިފައިވާ މައްސަލަތަކާއި ބެހޭގޮތުން ވާހަކަ ދެއްކުމަށްޓަކައި ބައްދަލުވުމެއް ބާއްވަން. މިފަދަ ބައްދަލުވުމަކުން ވަރަށް ގިނަ ކަންތައްތަކެއް ހައްލުވެގެންދާނެ ކަމަށްފެނޭ. =ޓޮންގާ=
  27 July, 2008 07:19:23
avatar
'ޓޮންގާ' ގެ ޚިޔާލު ވަރަށް ރަނގަޅު. ތިޔަ ގޮތަށް މައްސަލަތައް ޙައްލުކުރެވިދާނެ ކަމަށް ވާނަމަ އަޅުގަނޑުމެން އެކަމަށް ތާއީދުކުރާނަން. ނަމަވެސް އޭގެ ކުރިން ކޮންމެވެސް އަންޑަސްޓޭންޑިންއެއް ހުރިހާ އެންމެންގެ މެދުގައި ވެސް އޮންނަންޖެހޭ. އެހެން ނޫނީ ވާހަކަ ދެއްކުމެއް ވެސް ކުރިއަކަށް ނުދާނެ.
  27 July, 2008 10:26:41
avatar
ޔޫތު ސޮސައިޓީ ކުރީގެ( އެކުވެރިންގެ ކާމިޔާބު)ގެ ދިގުމާޒީގައި ރަށުގެތަރްގީ އަށް އެއްވެސް ކަމެއްކޮށްދެވިފަ ނެތްކަން ހިތާމައާއިއެކު ފާހަގަކުރަން.ގިނަ ފުޓްބޯޅަ މުބާރާތް ތަކެއްބޭއްވިޔަސް ކާމިޔާބު ހާސިލްވެފައެއް ނުވޭ.މިއަދާހަމައަށްވެސް މޮޅު ކުޅުންތެރިޔަކު ގައްދުއަކުނެތް. ފަސާދަކުރުންފިޔަވައި އިތުރުކަމެއް ކުރެވިފައެއްނެތް.
  27 July, 2008 11:49:16
avatar
ތިއީ މުޅިއަކުން ރަގަނޅު ވާހަކައެއް ނޫން. ފަސާދަކުރުމުގެ ގޮތުން ޔޫތު ސޮސައިޓީން އެއްވެސް ކަމެއް ކުރިކަމެއް އެގިފައެއް ނެތް. ނަމަވެސް އެމީހުން ފުޓް ބޯޅަ މުބާރާތް ބޭއްވުނަ ނުދޭން އޭރު ރަށު އޮފީހުން މަސައްކަތްކުރިކަން އަޅުގަނޑުމެންނަށް އެނގޭ އެހެންވީމާ އެކަށީގެންވާ ގޮތަށް އެކަން ކުރަން އުނދަގޫވާނެ ކަމަށް ފެންނަނީ. ކޮންމެ ކަމެއް ވެސް ކާމިޔާބު ކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން.
  27 July, 2008 11:54:18
avatar
ގައްދޫގެ އެއްވެސް ޖަމިއްޔާ އަކީ މާކަބޮޑު މާލީ ތަނަވަސްކަމެއް ލިބިގެން ކަންކަންކުރާ ބައެއް ނޫން. ކޮންމެ ކަމެއްވެސް ކުރަންވީމާ އެކަމަކަށް ފަންޑް ހޯދަނީ. ދެން ކޮބާ ތިބުނާ ތަރައްގީއަށް ކަންތައްކުރި ޖަމިއްޔާއަކީ. އެއްވެސް ބަޔަކު ފެންނަން ހުރި އެއްވެސް ކަމެއް ކުރިކަމެއް ނުދެނެހުރިން. ގައްދޫ މީހެއް.
  27 July, 2008 12:02:12
avatar
ޓޮންގާ. ތިކަން ވެއްޖެއްޔާ ކިތައްމެހާވެސް ރަނގަޅު. އެކަމަކު ހަމަ ސުވާލު އުފެދޭ. މިތަނުން ޒުވާނުން ގުޅިގެން އެކަން ކުރެވިދާނެ ކަމަށް ބުނެފައިވާ ކޮމެންޓަށް ވަރަށް ތާއީދުކުރެވޭ. ޓޮންގާ އެބުނާ މީހުން މިހާރުވީ ދޫކޮށްލަން. ޒުވާނުން އަދި ތިބީ އެފަދަ އެކުވެރި ގުޅުމަކަށް މަރުހަބާ ކިޔާ ގުޅިގެން މަސައްކަތްކުރުމަށް އެކަށޭނެ މާހައުލެއްގައި ކަމަށް ފެނޭ. އެހެންވީމާ ހުރިހާ ޖަމުއްޔާއަށް އަޅުގަނޑު ގޮވާލަނީ އެންމެން ގުޅިގެން ވަރުގަދަ ޑިވެލޮޕްމަންޓް ބޭސްއެއް ހެދުމަށް.
  28 July, 2008 12:23:58
avatar
ޓޮންގާ ހާދަ ފަނި ވާހަކަ ތިދައްކަނީ. ވެދިޔަތަނުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ. ވިސްނަންވީ ކުރިއަކަށްނު!

ކޮމެންޓްސް ފުނުއްވާ comment

ރޭޓިންގ އެއް ދިނުމަށް
2.56