ތިންއަށެއްފާހަގަ ކުރުމުގެ ގޮތުން ގައްދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމުގެ ފުޓްބޯލް މެޗެއް ކުޅެފި.
މިމެޗް 4،2 އިން ކާމިޔާބްކުރީ 26 އަހަރުން ދަށުގެ ޓީމް.
ތިންއަށެއް ފާހަގަ ކުރުމުގެ ގޮތުން ގައްދޫގެ ޒުވާނުންގެ ތެރެއިން 26 އަހަރުން މަތީގެ ޒުވާނުންނާއި 26 އަހަރުން ދަށުގެ ޒުވާނުންނާއި ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް މިއަދު ބާއްވައިފިއެވެ. 26
އަހަރުން ދަށުގެ ޒުވާނުން އިންތިޒާމުކުރި މި ފުޓްބޯލް މެޗުގެ ޝަރަފުވެރި ކޮށްދެއްވާފައިވަނީ ގައްދޫ ކަތީބު އިސްމާއީލް ޝަމީމު އެވެ. ޝަމީމުގެ ވާހަކަފުޅުގައި މި މެޗު ކުޅެވެނީ ވަރަށް ތާރީޚީ ދުވަހެއްގައި ކަމަށް ފާހަގަކުރެއްވިއެވެ.
"މިއަދަކީ ދުނިޔޭގެ އޮލިމްޕިކް ކުޅިވަރު ޗައިނާގެ ބީޖިންގގައި ފެށިދުވަސް. މިއަދު ހަތަރެއްޖެހިއިރު އޮލިމްޕިކު ކުޅިވަރުފެށުނީ. އަޅުގަނޑުމެންގެ މިމެޗުވެސް މިފެށީހަމަ އެވަގުތުގައި. ޒުވާނުން މިފަދަ މުނާސަބު ވަގުތަކާއި ދިމާކޮށް އެކުވެރިކަމުގެ ފުޓުބޯލް މެޗެއް ރޭވިކަމީ ޒުވާނުންގެ ހިތްތަކުގައި ކުޅިވަރަށް ދެވިފައިވާ މަގާމުގެ މަތިވެރިކަން. އަދި މިފަދަ މެޗްތަކުން ހާމަވެގެންދަނީ ޒުވާނުންގެ ތެރޭގައި އޮންނަ ގުޅުންތެރިކަމާއި އެއްބައިވަންތަކަން. ކުޅިވަރުގެ ރޫހާއި އެއްގޮތަށް ގައްދޫގެ ޒުވާނުން އިސްނަގައިގެން ކުޅޭ ކޮންމެ ކުޅިވަވަރަކަށް ގައްދޫ އޮފީހުގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެން." ކަތީބު ޝަމީމު ވިދާޅުވިއެވެ
08/08/2008 ގައި ބޭއްވުނު މިމެޗު ކުޅުނު ދެޓީމަށް އިނާމު ހުށަހަޅުއްވާފައިވަނީ ގައްދޫ އޮފީހުގެފަރާތުންނެވެ. މިމެޗް ހަތަރެއް ދޭކުން ކާމިޔާބްކުރީ 26 އަހަރުން ދަށުގެ ޓީމެވެ.



ކޮމެންޓްސް (1 ލިބިއްޖެ):
ކޮމެންޓްސް ފުނުއްވާ