ފުރަތަމަ ސަފްހާ | ކުޅިވަރު | ބޮޑުއީދުގެ ޗުއްޓީއާއި ދިމާކޮށް ގައްދޫގައި ފުޓްބޯޅަ މުބާރާތެއް ހިނގަމުން އެބަދޭ

ބޮޑުއީދުގެ ޗުއްޓީއާއި ދިމާކޮށް ގައްދޫގައި ފުޓްބޯޅަ މުބާރާތެއް ހިނގަމުން އެބަދޭ

ފޮންޓް ސައިޒް: Decrease font Enlarge font
image ފުޓްބޯލް މުބާރާތުގެ ތެރެއިން ނެގިފައިވާ ފޮޓޯއެއް

މިމުބާރާތް ހިންގަވަނީ ގައްދޫގެ ކުލަބެއްކަމަށްވާ ޔޫތުސޮސައިޓީއިން

ގައްދޫގައި ބޮޑުއީދުގެ ބަންދާއި ދިމާކޮށް ފުޓުބޯލް މުބާރާތެއް ކުރިޔަށްއެބަދެއެވެ. މިމުބާރާތް އިންތިޒާމް ކޮށް ހިންގަވަނީ ގައްދޫގެ ޖަމްއިއްޔާއެއްކަމަށްވާ ޔޫތު ސޮސައިޓީގެ ފަރާތުންނެވެ. ޔޫތު ސޮސައިޓީގެ ފަރާތުންހާމަކުރެއްވިގޮތުގައި އީދުބަންދާއި ދިމާކޮށް މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދުތަކުގެތެރޭގައި މިފަދަ ބޮޑެތިބަންދު ތަކަކީ ގިނައަދަދެއްގެ ޒުވާނުން ރަށަށް އަންނަދުވަސްވަރަކަށް ވެފައި ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމާއި ހުސްވަގުތު ބޭކާރުކޮށްނުލައި އީދުޗުއްޓީ އެންމެފުރިހަމަ ގޮތުގައި ޒުވާނުންނަށް ހޯއްދަވައިދެއްވުމެވެ. އަދި ގައްދޫގެ ފުޓުބޯޅަ ތަރައްގީކުރުމާއި މޮޅުކުޅުންތެރިން އުފެއްދުންވެސްހިމެނެއެވެ.

މިމަހުގެ ފަސްވަނަދުވަހު ފެށުނުނު މިމުބާރާތުގެ ޝަރަފުވެރި މެހުމާނަކީ ގައްދޫގެ އިއްޒަތްތެރިއެއްކަމަށްވާ ގައްދޫ ފޫޅުމާގެ އަހުމަދު ސައީދެވެ. ޝަރަފުވެރިމެހުމާނުގެ ވާހަކަފުޅުގައި ކުޅިވަރުގެ ރޫހާއި އެއްގޮތަށް ކުޅުމާއި ރެފްރީންގެ ނިޔާއަށް ހުރިހާކުޅުންތެރިންވެސް އިހުތިރާމް ކުރުމަށް ކުޅުންތެރިންނަށާއި ޓީމުތަކުގެ އިސްވެރިންނަށް ގޮވާލެއްވިއެވެ.

މިމަހުގެ ފަސްވަނަދުވަހު ފެށުނު މިމުބާރާތުގައި މިހާތަނަށް ދެމެޗުވަނީ ކުޅެފައެވެ. މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ "ގެނޭޑާ" އާއި "ދެކޮނުކޮޑާ" މިދެޓީމެވެ. ދެޓީމަށްވެސް ލަނޑުޖަހަން ގިނަފުރުސަތުލިބުނު މިމެޗް ނިމުނީ އެއްލަނޑު ސުންލަޑުން ދެކޮނުކޮޑާ މޮޅުވެގެންނެވެ. ދެވަނަމެޗުގައި ބައްދަލުކުރީ ޕޮލިސް ޓީމާއި އޯކިޑު ޓީމެވެ. ދެލަނޑު ސުންލަނޑުން މިމެޗު ކާމިޔާބުކުރީ ޕޮލިސްޓީމެވެ.

ގައްދޫގައި މިފަދަ މުބާރާތެއް ކުރިޔަށްދާއިރު މިކަމުގައި އާއްމުންގެ ޚިޔާލުހުރީ ކިހިނެއްތޯ ބަލާލުމުން އެނގުނުގޮތުގައި ގައްދޫގައިބާއްވާ މިފަދަގިނަ މުބާރާތްތައް ފެށުން ރަނގަލުނަމަވެސް ނިމުން އެހާރަގަޅުނޫންކަން ފާހަގަކޮށްލެވެއެވެ.  

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0