ވާދަވެރި ފުޓްބޯޅައެއްކުޅެ 2-2 އިން މިއަދުގެ މެޗް ނިމިއްޖެ
މިހާތަނަށް މިމުބާރާތުގައި ދެއްކި ރަތްކާޑު ދައްކާފަވަނީ ދެކޮނުކޮޑާގެ ޖިނާހު އަށް
އީދު ޗުއްޓީއާއި ދިމާކޮށް ޔޫތުސޮސައިޓިން ގައްދޫގައި ކުޅެމުންދާ ފުޓްބޯލް މުބާރާތުގައި އިއްޔެކުޅުނީ އޯކިޑް ޓީމާއި ދެކޮނުކޮޑާ ޓީމެވެ. މެޗްގެ 16 ވަނަމިނުޓްގައި އޯކިޑުޓީމުން ވަނީ ސްކޯކޮށްފައެވެ. މުޅިމެޗްގައިވެސް ރަނގަޅަށް ކުޅެމުންދިޔައީ އޯކިޑުޓީމެވެ. ފުރަތަމަހާފް ނިމުއިރުވެސް އެއްގޯލުގެ ތަފާތަކާއިއެކު ކުރީގައި އޮތީ އޯކިޑުޓީމެވެ. ފުރަތަމަހާފްގައި އޯކިޑުޓީމުން ސްކޯކުރީ އެޓީމުގެ 4 ނަމްބަރު ފަޒުމީންއެވެ. ދެވަނަހާފްގައި ވެސް ރަނގަޅަށް ކުޅެ އޯކިޑްޓީމުގެ 11 ނަމްބަރ ވަނީ ލަނޑެއްޖަހައި ލީޑު އިތުރުކޮށްފައެވެ. ނަމަވެސް ފަހުހާފްގެ 55 ވަނަމިނުޓްގައި ދަނޑުގެ ހުޅަނގުފަރާތުގެ އޯކިޑް ހާފްގެ މެދެއްހާހިސާބުން ދެކޮނުކޮޑާގެ 4 ނަމްބަރ ތޯހާ އަށް ލިބުނު ހިލޭޖެހުމެއް ސީދާ ގޯލުގެތެރެއަށް ފޮނުވައިލައިގެން މެޗްގެ ސްކޯ ދޭއް އެކަކަށްވަނީ ބަދަލުކޮށްފައެވެ. މިލަނޑަށްފަހު ދެކޮނުކޮޑާގެ ކުޅުން ރަގނޅުކޮށް މެޗްގެ 80 ވަނަމިނުޓްގައި ކުރީގެ ހިލޭޖެހުން ލިބުނު ހިސާބުން ދެކޮނުކޮޑާއަށް ލިބުނު ހިލޭޖެހުމަކުން މެޗްގެ ސްކޯވަނީ އެއްވަރުކޮށްފައެވެ. މިޖެހުންވެސް ކުރިޔަށްފޮނުވާލީ 4 ނަމްބަރ ތޯހާ އެވެ. މިހާތަނަށް އެއްމެޗެއްގައި ދެލަނޑުޖެހިކުޅުންތެރިއަކީ ދެކޮނުކޮޑާގެ 4 ނަމްބަރ ތޯހާ އެވެ. ލަނޑުގެގޮތުން ޕޮލިސްޓީމުގެ ކޭޓީ އާއި ދެކޮނުކޮޑާގެ ތޯހާ ވަނީ އެއްވަރުވެފައެވެ. ކޭޓީ ދެމެޗްކުޅެ ދެގޯލް ޖަހާފާވެއެވެ. ތޯހާ ވެސް ޖަހާފާވަނީ ދެގޯލްއެވެ. ފަހުހާފުގައި މެޗް ކޮންމެވެސްވަރަކަށް ހޫނުވިކަން ފާހަގަކުރެވުނެވެ. ދެރީދޫ ކާޑު ދެޓީމަށް ދެއްކި މިމެޗް ނިމުނީ ދެލަނޑު ދެލަނޑުން އެއްވަރުވެގެންނެވެ. މެޗްނިންމި ކަށިގަނޑަށްފަހު ދެކޮނުކޮޑާގެ ކެޕްޓަން ޖިނާހު އަށް ރެފްރީ ވަނީ ރަތްކާޑެއްވެސް ދައްކާފައެވެ. ރެފްރީގެ އަމުރަށް ނުކިޔަމަންތެރިވެ އިދިކޮޅު ޓީމުގެ ބެންޗު ކުރިމަށްޗަށްގޮސް ޓީޝާޓު ބާލައި ކެޕްޓަންބޭންޑް ހޫރާލާ އިދިކޮޅު ޓީމުގެ ކުޅުންތެރިންނާއިދިމާއަށް އެއްޗެހިކިޔުމުން ފުޓްބޯލް ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ރެފްރީ އަށް ލިބިދޭ އިޚުތިޔާރާއި ބާރުގެ ދަށުން ޖިނާހު އަށް ދެއްކިމިކާޑުގެ ސަބަބުން ދެކޮނުކޮޑާ ދެންކުޅޭ މެޗަކަށް ޖިނާހު އަކަށް ނުކުޅަވޭނެއެވެ.
ރޭޓިންގ އެއް ދިނުމަށް



ކޮމެންޓްސް ފުނުއްވާ