ގައްދުއާއި ވާދުއާއި ދެމެދު އެކުވެރިކަމުގެ މެޗެއް ކުޅެފި
މިމެޗް ސީދާ 3 ސެޓުން ކާމިޔާބުކުރީ ވާދޫ ޓީމް
ގައްދުއާއި ވާދު އާއި ދެރަށުގެ މެދުގައި އެކުވެރިކަމުގެ ވޮލީ މެޗެއް އިއްޔެ ބާއްވައިފިއެވެ. ގައްދޫ ޒުވާނުން އިސްނަގައިގެން ދެރަށުގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމުގެ މަގްސަދުގައި ކުޅުނު މިމެޗް ސީދާ 3 ސެޓުން ކާމިޔާބްކޮށްފައިވަނީ ގދ. ވާދޫ ޓީމެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ގައްދޫ އޭޝިއާ އަލްފާޟިލް އިލްޔާސް ރަޝީދެވެ. މިމެޗް ބައްލަވާލެއްވުމަށްޓަކައި ގައްދޫގެ ގިނަ ބަޔަކު ވާދުއަށް ދިޔައިރު ވާދޫގެ ގިނައަދެއްގެ ބަޔަކުވެސް މެޗްބައްލަވާލެއްވުމަށްޓަކައި ދިޔަކަން ފާހަގަކުރެވެއެވެ.
މިމެޗް ކުޅުމަށްޓަކައި ގައްދޫއިން ވާދުއަށް ދިޔަ ޓީމަށާއި ބެލުންތެރިންނަށް ވާދޫރައްޔިތުން އަދާކުރެއްވި މެހްމާން ދާރީއާއި ބެހެއްޓި ގާތްކަން ގައްދޫ ރައްޔިތުން ޝުކުރުވެރިކަމާއި އެކު ފާހަގަކޮށްފައި ވެއެވެ.



ކޮމެންޓްސް ފުނުއްވާ