ގައްދޫ ކޯޓްގައިވެސް ގައްދޫ ޓީމް ބަލިވެއްޖެ.
އިއްޔެ ހަވީރު ކުޅުނު މިމެޗް ވާދޫ ޓީމް ކާމިޔާބް ކޮށްފައިވަނީ 1-3 އިން
ގައްދުއާއި ވާދު އާއި ދެމެދުގައި ކުޅެވުނު އެކުވެރިކަމުގެ ވޮލީ މެޗް ގދ. ވާދޫގައި ސީދާ 3 ސެޓުން ކާމިޔާބް ކުރުމަށްފަހު މިދެޓީމް ގައްދޫގައި ކުޅުނު މެޗްވެސް 1-3 ގެ ސްކޯއަކުން ވާދޫ ވޮލީޓީމް އިއްޔެ ކާމިޔާބްކޮށްފިއެވެ.
ފޯރިގަދަކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ސެޓް 22-25 އިން ކާމިޔާބް ކޮށްފައިވަނީ ގައްދޫ ވޮލީޓީމެވެ. އެހެންނަމަވެސް އޭގެ ފަހުގެ ހުރިހާ މެޗްތަކެއްވެސް ވަރަށް މޮޅު އަދި އެހާމެ ފޯރިގަދަ ކުޅުމެއް ކުޅެގެން ކާމިޔާބް ކޮށްފައިވަނީ ވާދޫގެ ޓީމެވެ. މިގޮތުން މެޗްގެ 2 ވަނަ ސެޓް 16-25 އިން ވާދޫޓީން ކާމިޔާބްކުރިއިރު 3 ވަނަ ސެޓް 18-25 އިން ކާމިޔާބް ކޮށްފައިވަނީ ވެސް ވާދޫ ޓީމެވެ.
މިމެޗްގެ މޭން އޮފް ދަ މެޗްގެ މަގާމަށް ހޮވިފައިވަނީ ގދ. ވާދޫގެ ކުޅުންތެރިޔެއް ކަމަށްވާ ކަށިމާ އެވެ.
މިމެޗަކީވެސް ދެރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމުގެ މަގްސަދުގައި ބޭއްވި މެޗެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިމެޗްބަލާލުމަށްޓަކައި ގައްދޫގެ ގިނައަދަދެއްގެ މީހުންގެ ހާޒިރުވުމުގެ އިތުރަށް ވާދޫއިން ވެސް ގިނައަދެއްގެ ބައެއް އައިސްފައިވެއެވެ.



ކޮމެންޓްސް ފުނުއްވާ