ފުރަތަމަ ސަފްހާ | ކުޅިވަރު | ވަތަބަނޑޭރި މުބާރާތުގެ ފޯރި ގަދަވަނީ

ވަތަބަނޑޭރި މުބާރާތުގެ ފޯރި ގަދަވަނީ

ފޮންޓް ސައިޒް: Decrease font Enlarge font
image މިދިޔަ އަހަރުގެ މުބާރާތުގެ ތެރެއިން

ބައެއް ޓީމް ތަކަށް ރާއްޖެއިން ބޭރުން ކުޅުންތެރިން ހޯދުމުގެ މަސައްކަތް މިހާރުވެސް ފަށައިފައިވާ ކަމަށްވޭ.

އަސަރީ ކްލަބްގެ ފަރާތުން ކޮންމެ އަހަރެއްގެ އަހަރު ޗުއްޓީގައި ބާއްވަމުން ގެންދަވާ ވަތަބަނޑޭރި މުބާރާތް ކުރީގެ އަހަރުތަކާއި ޚިލާފަށް މިއަހަރު މާބޮޑުތަން ވެސް ފޯރި ގަދަވާނެކަމަށް ބެލެވެން ފަށައިފިއެވެ. ސަބަބަކީ މުބާރާތުގެ އަގު ކުރިއަށް ވުރެ މާބޮޑުތަންވެސް ރަނގަޅު ކޮށްފައިވުމުގެ ސަބަބުންނާއި، އަންހެން ޑިވިޝަންގެ ތަށި، ކުރަނގި ޓީމް މިއަހަރު ކާމިޔާބު ކޮށްފިނަމަ އެޓީމަށް މުބާރާތުގެ ތަށި މިލްކުވާތީވެ އެހެންޓީމް ތަކުން ކުރަނގި ޓީމަށް ތަށި ކާމިޔާބް ވިޔަނުދިނުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރާނެކަމަށް ބެލެވޭތީއެވެ.

މުބާރާތުގެ ކުރީގެ އަގަކީ ކޮންމެ ޑިވިޝަނަކަށް 5000 ރުފިޔާ ކަމުގައި ވީ ނަމަވެސް މިހާރު ވަނީ އެއަގު ކޮންމެ ޑިވިޝަނަނަކަށް 15000 ރުފިޔާ އަށް ބޮޑުކޮށްފައެވެ. ސަބަބަކީ މިދިޔަ އަހަރު، މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ޓީމް ތަކުން ވަރަށް ބޮޑެތި ޚަރަދު ތަކެއް ކޮށްފައިވާތީ އާއިއެކު މިފަދަމުބާރާތަކަށް 5000 ރުފިޔާ އަކީ އެކަށީގެންވާ އަގެއް ކަމަށް ގަބޫލުނުކުރެވޭތީއެވެ. މިގޮތުން ބައެއް ޓީމް ތަކުން ވަނީ މިދިޔަ އަހަރު ރާއްޖޭގެ ގައުމީ ޓީމްގެ ކުޅުންތެރިންނާއި އަދި މިނޫންވެސް ރާއްޖޭގެ ވަރަށް ނަން މަޝްހޫރު ކުޅުންތެރިން މުބާރާތަށް ގެނެސްފައެވެ. އެހެން ކަމުން މުބާރާތުގެ އަގު ބޮޑުކޮށްފައިވަނީ ޓީމްތަކުގެ ޕްރެޝަރވެސް ވަރަށް ބޮޑަށް އޭގައި ހިމެނިގެން ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. މިދިޔަ އަހަރު ބައެއް ޓީމް ތަކުން ވަނީ މުބާރާތަށް ގާތްގަނޑަކަށް 30،000 ރުފިޔާ ޚަރަދު ކޮށްފައި ކަމަށް އެޓީމް ތަކުން ބުނެފައިވެއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފެންވަރު އެހާބޮޑަށް ރަނގަޅުވިކަމަށް ބެލެވެނީ މުބާރާތުގެ ދެ ޓީމެއްގެ ދެމެދުގައި އުފެދުނު ވާދަވެރިކަމެއްގެ ސަބަބުން އެއްބަޔަކަށްވުރެ ފެންވަރު ރަނގަޅު ކުޅުންތެރިން އެމީހެއްގެ ޓީމަށް ގެނައުމަށް މަސައްކަތް ކުރުމުގެ ސަބަބުން ކަމަށްވާތީވެ، ޓީމް ތަކުން ދުރާލާ މިފަދަ ބޮޑު ޚަރަދު ތަކެއް ކުރަން ތައްޔާރުވެފައި ނެތުމުގެ ސަބަބުން މުބާރާތް ނިމުނު އިރު އެ ޓީމް ތައް ވަނީ މާލީ ގޮތުން ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިއަހަރުގެ މުބާރާތުގެ ފޯރި މިހާ ގަދަވުމުގެ އެއްސަބަބަކީ މިދިޔަ އަހަރުގެ މުބާރާތުގެ ފޯރި އެހާ ގަދަވުމުގެ ސަބަބުން މިއަހަރު މުބާރާތަށް ޚަރަދު ކުރުމަށް ގައްދޫގެ ކަމުވޮށިގެންވާ ވަރަށް ގިނަ ބަޔަކު ބޭނުން ވެފައިވާތީއެވެ. މީގެ އިތުރުން ބައެއް ޓީމް ތަކުން މިހާރުވެސް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފަންޑް ހޯދުމާއި ސްޕޮންސަރ ހޯދުމުގެ ކަންތައް ކުރިޔަށް އެބަގެންދާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ބައެއް ޓީމްތަކުން ރާއްޖެއިން ބޭރުގެ ކުޅުންތެރިން ހޯދުމުގެ މަސައްކަތް މިހާރުވެސް ފަށައިފައިވާ ކަމަށް ވެސް ޚަބަރު ލިބިފައިވެއެވެ.

މިއަހަރު ގެ މުބާރާތް ބައްލަވާލެއްވުމަށްޓަކައި ރަށުން ބޭރުގައި ދިރިއުޅޭ ގިނައަދަދެއްގެ މީހުންނާއި ކައިރި ރަށްރަށުގެ ބައެއް މީހުން، ގައްދުއަށް ވަޑައިގަންނަވާނޭކަމަށް ބެލެވެއެވެ. މިދިޔައަހަރުގެ މުބާރާތުގައި ކޮންމެވެސް ވަރަކަށް މައްސަލަތައް ކުރިމަތި ވިޔަސް ޖުމްލަ ގޮތެއްގައި މިދިޔަ އަހަރުގެ މުބާރާތަކީ ވަރަށް ކާމިޔާބު މުބާރާތެއް ކަމަށް ގަބޫލުކުރެވެއެވެ. މި މުބާރާތުގައި ގައުމީ ޓީމް ގެ ކެޕްޓަން ކަމުގައިވާ ޔުމްނާއާއި ނާޒިމާ ވަނީ ކުރަނގި ޓީމަށް  ކުޅެފައެވެ. 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (7 ލިބިއްޖެ):

  17 August, 2008 10:48:48
avatar
މިފަދަ މުބާރާތްތަކާއި ކަންތައްތަކަކީ ރައްޔިތުންގެ ވަރަށް ބޮޑު ސަޕޯޓެއް ލިބިގެން ކުރިޔަށްދާ ކަންތައްތައް. ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ ގައްދޫގެ ރައްޔިތުންގެ ގިނަބައެއް މިފަދަ ކަންތައްތަކަށް ސަޕޯޓްކުރެޔޭ. ނަމަވެސް ދެރަވާންޖެހޭ ކަމަކީ މިފަދަ މުބާރާތްތައް ކުރިޔަށް ގެންދިޔުމުގައި އިންތިޒާމް ކުރާ ފަރާތުން ވަކިގޮތަކަށް ވިސްނާފައިވާކަން. މިހެން ދަންނަވަން މިޖެހެނީ ގައްދޫގައި ބާއްވާ މުބާރާތެއްގައި ގައްދޫގައިތިބި ފުންނާބު އުސް ކުޅުންތެރިން ކޯޓުން ބޭރުގައީ ބައިތިއްބާފައި ރަށުން، ޤައުމުން ބޭރުން ކުޅުންތެރިން ގެނެސްގެން ފުރުސަތު ދިނުމަކީ ވަރަށް ނާއިންސާފީ ކަމެއް. މިގޮތަށް ވާންޖެހެނީ މުބާރާތުގެ ޤަވާއިދު އެކަމަށް ފުރުސަތު ދޭތީ. މިދިޔަ މުބާރާތުގައިވެސް އަޅުގަނޑުމެންގެ ރަށުގެ ކުޅުންތެރިންނަށް ޙާޞިލް ކުރެވުނު އެއްޗެއް ނެތްކަހަލަ. މަޝްހޫރު ކުޅުންތެރިންގެނެސް ދަނޑުން ބޭރުގައި ބޭތިއްބުމުގެ ބަދަލުގައި ރަނގަޅު ފެންވަރެއްގެ ކޯޗެއްގެނެސްގެން ޕްރެކްޓިސް ކުރުން ރަނގަޅުކަމަށް ފެނޭ... (ހށނ)
ބަރާބަރު ސަކަރާތް
0
  13 June, 2008 10:23:32
avatar
މި ލިޔުމާގުޅޭ ފޮޓޯތަކުގެ %85 އަކީ ނާޒިމާގެ ފޮޓޯކަން ފާހަގަކުރަން.
ބަރާބަރު ސަކަރާތް
0
  13 June, 2008 12:03:14
avatar
ރަށުން ބޭރު ސީނިއަރ ކުޅުންތެރިން ގެނެސްގެން ކުޅުމަކީ ގައްދޫގެ ވޮލީގެ ކުރިމަގު އުޖާލާވާނެކަމެއް. އަދި މުބާރާތުގެ ފޯރި ގަދަވާނެކަމެއްކަމަށް އަޅުގަނޑަށް ފެނޭ. ކޮންގުރާ ކުރަގިޓީމް....
ބަރާބަރު ސަކަރާތް
1
  04 June, 2008 12:31:02
avatar
ރަޓުމެދާގައި އެކަނިއެއްނޫން މޮޅެތި ކުޅުންތެރިން ތިބީ ޖޫނިއާރސްގަވެސް އެބަތިބި މޮޅެތި ކުޅުންތެރިން
ބަރާބަރު ސަކަރާތް
0
  03 June, 2008 04:04:05
avatar
އެބުނާހެން ރަޓުމެދާގައި އެބަތިބި ގައްޑާ ކުޅުންތެރިން.ކުރީބައިގައި ޕްރެކްޓިސް ކުރީމަ ކާމިޔާބުވެދާނެ. އިރާދަކުރެއްވިއްޔާ.ކާމިޔާބަކީ މޮޅެތި، އަދި މަޝްހޫރުމީހުންގެ އެއްޗެއްނޫން. އެއީ ހިތްމަތްތެރިންގެ އެއްޗެއް ދޮގެއްތޯ؟ ރަޓުމެދާ އަށް ކުޅެވިދާނެ.
ބަރާބަރު ސަކަރާތް
0
  03 June, 2008 03:30:18
avatar
ކުރަނގި ޓީމް ތަށި ގެންދިޔުމުން ހުރިހާ ކްރެޑިޓް ގައްދޫ ކުރަނގިޓީމުގެ ކުޅުންތެރިންނަށް ލިބިގެންދިޔަނަމަވެސް، އެއީ މުޅިން ކަމާނުބެހޭ ބައެއްގެ މަސައްކަތެއް.ގައްދޫ ގެ ކުޅަދާނަ ވޮލީ ކުޅުންތެރިޔާ ޝަރީ އެކަނި ނުދަންނަ ބީރައްޓެހިންތަކެއް ލައިގެން ދައްކައިދިން ކުޅުމެއް އެއީ. ދަންނަވާލަން އޮތީ ގައްދޫ ގައި ބޭއްވޭ މިވަރުގަދަ ވަތަބަނޑޭރި މުބާރާތަށް ބޮޑު އަގު ދީގެން ބޭރުން ކުޅުންތެރިން ގެނައުމުގެ ބޭނުމަކީ ކޮބައިބާއޭ؟ހަމަ ގައްދޫއިން އެކަނި ވެސް އެތައް ބައިވަރު ކުޅުންތެރިންތަކެއް ފެންނަންތިބިއިރު..ބޭރުން އެގެންނަ ކުޅުންތެރިންގެ އެއްވެސް ބޭނުމެއްނެތް؟ރަށުން ބޭރަށް ދާ ބޭކާރު ލާރިތަކެއް؟
ބަރާބަރު ސަކަރާތް
0
  23 May, 2008 09:11:11
avatar
ވަތަބަނޑޭރި ކަޕަށް ގައްދޫ މީހުން ޕްރެކްޓިސް ކުރިއްޔާ ކީއްތަ ވާނީ...އަންސޫ މެނަށް އެކަން ކުރެވޭނެ...އަސްލު ބުނެވޭނީ ނާޒިމާ މެނަށްވުރެ ގައްދޫ ކުޅުން ތެރިންނަށް މޮޅަށް ކުޅެވޭނޭ.....ކުރަނގި ޓީމް ކިތަންމެ ޓްރައި ކުރިޔަސް ތަށި ހަމަ ނުލިބިދާނެ.. ބަޓް ޕްރެކްޓިސް މޭކްސް ތިންގްސް ޕާރފެކްޓް....
ބަރާބަރު ސަކަރާތް
0
ޖުމްލަ: 7 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 7

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ލިޔުމާއިގުޅޭ ފޮޓޯތައް
ރޭޓިންގ އެއް ދިނުމަށް
2.50