ފުރަތަމަ ސަފްހާ | ވީޑިއޯއިން | ގައްދޫގެ ދޯންޏަކުން އާދަޔާ ޚިލާފް މަހެއް ބާނައިފި

ގައްދޫގެ ދޯންޏަކުން އާދަޔާ ޚިލާފް މަހެއް ބާނައިފި

ފޮންޓް ސައިޒް: Decrease font Enlarge font

ގައްދޫ ކެޓްރީނާ ދޯނިން ބޭނި މިމަސް އެންމެ ވައްތަރީ ވެލަޔަކާ.

   ގައްދޫ އޯކިޑްވިލާ އަބްދުލް އަޒީޒްގެ "ކެޓްރީނާ" ދޯނިން މިއަދު ވަރަށް އާދަޔާ ޚިލާފް މަހެއް ބާނައިފިއެވެ. ދޯނިން މިމަސް ބާނައިފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 10:30 އެހާކަން ހާއިރުގައެވެ. މިއީ މާރޮނޑު އާއިލާގައި ހިމެނޭ މަހެކެވެ. މަހުގެ މަތީ ބައިގަޔާއި އަދި ތިރީބައިގައި ފިޔަގަނޑެއްވެއެވެ. އަދި މަހުގެ ނިގޫ އޮތީ ވައްކޮށެވެ. މަހުގެ ދިގުމިނުގައި 6'7" ހުރި އިރުގައި ފުޅާމިނުގައި 4' ހުއްޓެވެ. އަދި ކޮންމެ ފިޔަ ގަނޑެއްގައި 2'10"ހުއްޓެވެ.  

މިމަސް ބެލުމަށްޓަކައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ދޯންޏަށް ދިޔައެވެ. އަދި ބައެއް މީހުން ވަނީ މަހުގެ ކައިރީގައި ތިބެ ވީޑިއޯ ކޮށް އަދި ފޮޓޯ ވެސް ނަގައި ހަދާފައެވެ. މަސް ބަލަން ބޭނުންވާ މީހުން މަސް ބަލާ ނިމުމުން މިރޭގެ ވަގުތެއްގައި ކަނޑުގެ އަޑިޔަށް ފައްތައިގެން މަސް ނައްތާލާ ގޮތަށް ހަމަޖެހިފައިވާ ކަމަށް "ކެޓްރީނާ" ދޯނީގެ ފަރާތުން ސައިޓަށް މައުލޫމާތު ދެއްވެވިއެވެ. މި މަހަކީ އާންމުކޮށް ނުފެންނަ ވައްތަރުގެ މަހަކަށް ވިޔަސް މިއީ ކުރިން ހޯދިފައިވާ މަހުގެ ވައްތަރެކެވެ. އިނގިރޭސި ބަހުން މިވައްތަރުގެ މަހަށް ކިޔަނީ "ސަން ފިޝް" އެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ރޭޓިންގ އެއް ދިނުމަށް
3.36